Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޯލިޝަން އެއްބަސްވުން

ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަންގެ އެގްރީމަންޓެއްގައި ސޮެއެއް ނުކުރަން: ހަސަން ލަތީފް

27 ޖެނުއަރީ 2019 | އާދީއްތަ 04:47

ޖޭޕީއާ ވަކިން ސޮއިކޮށްފަ އޮތް އެއްބަސްވުމެއް އޮތީ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ޖެނުއަރީ 2019 | އާދީއްތަ 04:47
ހަސަން ލަތީފް

ހަސަން ލަތީފް

ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން އެގްރީމަންޓެއްގައި ސޮއި ކުރައްވާފައި ނުވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާރސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ވަރަށް ގިނަ ލިއެކިއުންތަކުގައި ސޮއި ކުރައްވާ ކަމަށާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވާފަދަ ކޯލިޝަން އެގްރީމަންޓެއްގައި ސޮއިކުރައްވާފައި ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement
" އެއްޗެހީގަ ސޮއި ކުރެވިފަ ހުންނާނެ. ކޮށްފަވެސް ހުންނާނެ. އެކަމަކު ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަން އެއްބަސްވުމެއްގައި އަޅުގަނޑުމެން ސޮއިކޮށްފައެއް ނޯންނާނެ. ސަރުކާރު ބަހާނެ ގޮތަކަށްވެސް، އަނެއް ކަމެއް ކުރާނެ ގޮތަކަށްވެސް އެ އެއްބަސްވުމެއް އޮންނާނީ ހަމައެކަނި ވަކިވަކިން ޕާޓިތަކާ އެކީގަ. އެއީ ޖުމްހޫރީ ޕާޓިއާ އެމްޑީޕީއާވެސް އޮންނާނެ. އެއްބަސްވުމަށް ވުރެ ބޮޑަށް އަޅުގަނޑުމެން ބޭނުންވާ ގޮތް، ހުށައަޅާ ހުށައެޅުން އޮންނާނީ، ދެން އެޔައް އެބޭފުޅުން އެއްބަސްވުމޭ ކިޔާކިޔާ މިހާރު މީހުންނަށް ހީވަނީ އެއީ އެއްބަސްވުމެކޭވެސް. އެއްބަސްވުމެއް ނޫން އެއީ. އެއީ ހުށައެޅުމެއް. " ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް އެހެން ވިދާޅުވެފައިވާއިރު، މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީން ނިންމީ ކޯލިޝަންގެ އެއްބަސްވުމާއި، ވައުދާއި، އަހުދާއި ހިލާފުވެގެން ކަމަށް ގާސިމް އިބްރާހިމް ވަނީ ވިިދާޅުވެފައެވެ.

އެމްޑީޕީގެ ޕްރައިމަރީގަ ވާދަކުރައްވާ ކާމިޔާބު ހޯއްދެވި އަދި ކުރިން ވަޒީރުކަންވެސް ކުރައްވާފައިވާ ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީން ހުށައެޅި ހުށައެޅުންތަކުގައި އެމްޑީޕީން ސޮއިކުރައްވާފައިވާނީ އެބޭފުޅާގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.

" އޮނަރަބަލް ޤާސިމް އެތައް ފަހަރަކު އެތައް ގޮތަކަށް އޭރުގަ ދެން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގަ ވިދާޅުވެގެން ދަންނަވައިގެން އެތައް ގޮތެއް ހައްދަވައިގެން އެންމެފަހުން އިބްރާހިމް މުހައްމަދު ސޯލިހު ސޮއިކުރެއްވީ އޭގަ ޖުމްހޫރީ ޕާޓީ އެއްކޮޅުން ސޮއިކޮށްފަ ކެނޑިޑޭޓުންގެ ހައިސިއްޔަތުން އިނިޝިއަލްއެއް ވިޔަސް ޖަހާލަދޭށޭ ވިދާޅުވީމަ، އޭގަ ސޮއި ކުރެއްވީ.އެކަމު އެއީ ގުޅިފައިވާ ޕާޓީތަކުން ވެވުނު އެއްބަސްވުމެއް ނޫން. " ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ، ޖުމްހޫރީ ޕާޓީއާ ވަކިން އެއްބަސްވުނަތަކެއް އޮތް ހާލަތެއްގައިި ވިޔަސް ކޯލިޝަން ސަރުކާރެއްގައި ހަމައެކަނި އެ އެއބަސްވުމަކަށް ރިއާޔަތްކޮށް ކަންކަން ނުނިންމޭނެ ކަމަށާއި، ސަރުކާރުގެ ކަންކަން ނިންމާނީ ކޯލިޝަންގެ ހުރިހާ ޕާޓީއެއްގެވެސް ؛ލަފަޔާ އިރުޝާދާއެކު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 86 ދާއިރާއަށް އެމްޑީޕީން ވާދަކުރުމަށް ނިންމުމާއި ގުޅިގެން ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ތެރެއިން ޖޭޕީން ދަނީ އެކަމާއި ދެކޮޅަށް އެމްޑީޕީއަށް ބަހުގެ ހޫނު ހަމަލާތައް ދެމުންނެވެ. ޖޭޕީން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ތައްޔާރު ކަމަށެވެ.

ނަމަވެސް ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އާއި، އަދާލަތުން ވަނީ ކޯލިޝަން ދެމެހެއްޓުމަށް ގޮވާލާ، އަދި އެ އަޒުމުގައި ތިބި ކަމަށް ބުނެފައެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

4

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

5

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

އިތުރަށް ކިޔާލަން

24 މެއި 2017

ސަރުކާރު ކޯލިޝަންގެ ޖަލްސާއަށް ދާ މީހުން މަދުވެގެން އަލީ އާރިފް ހިތްހަމަ ނުޖެހިއްޖެ

24 މެއި 2017
ސަރުކާރު ކޯލިޝަންގެ ޖަލްސާއަށް ދާ މީހުން މަދުވެގެން އަލީ އާރިފް ހިތްހަމަ ނުޖެހިއްޖެ
12 މެއި 2017

ރައްޔިތުންގެ ވާޖިބް އަދާކޮށްފި، ގުޅިފައިފާ ސިޔާސީ ޕާޓީތަކުގެ މަސައްކަތް ކާމިޔާބްކުރާނަން: އަލީ ޒާހިރު

12 މެއި 2017
ރައްޔިތުންގެ ވާޖިބް އަދާކޮށްފި، ގުޅިފައިފާ ސިޔާސީ ޕާޓީތަކުގެ މަސައްކަތް ކާމިޔާބްކުރާނަން: އަލީ ޒާހިރު
04 މެއި 2017

ކައުންސިލް އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ރައީސް މައުމޫން އެދިލައްވާ: ޔުމްނާ

04 މެއި 2017
ކައުންސިލް އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ރައީސް މައުމޫން އެދިލައްވާ: ޔުމްނާ
26 އެޕްރީލު 2017

ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި

26 އެޕްރީލު 2017
ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ހާލަތު އޮސްޓްރޭލިޔާ އެމްބެސެޑަރާ ހިއްސާކޮށްފި
19 އެޕްރީލު 2017

ގުޅިފައިވާ ޕާޓީަތކުން ބޭއްވި ކަންމަތީ ބައްދަލުވުން އިންޒާރެއް ނުދީ ރޫޅާލައިފި

19 އެޕްރީލު 2017
ގުޅިފައިވާ ޕާޓީަތކުން ބޭއްވި ކަންމަތީ ބައްދަލުވުން އިންޒާރެއް ނުދީ ރޫޅާލައިފި
18 އެޕްރީލު 2017

ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދެވޭނީ އދ. ގެ ބައިވެރިވުމާއެކު: އިދިކޮޅު ޕާޓީތައް

18 އެޕްރީލު 2017
ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދެވޭނީ އދ. ގެ ބައިވެރިވުމާއެކު: އިދިކޮޅު ޕާޓީތައް
09 އެޕްރީލު 2017

ގަވާއިދަށް ގެނައި އިސްލާހު ގާނޫނާ އަސާސީއާ ހިލާފު، އެޖެންޑާ ވެސް ނުކުރެވޭނެ: ގުޅިފައިވާ ޕާޓީތައް

09 އެޕްރީލު 2017
ގަވާއިދަށް ގެނައި އިސްލާހު ގާނޫނާ އަސާސީއާ ހިލާފު، އެޖެންޑާ ވެސް ނުކުރެވޭނެ: ގުޅިފައިވާ ޕާޓީތައް
30 މާރިޗު 2017

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރަނީ

30 މާރިޗު 2017
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތައް އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރަނީ
28 މާރިޗު 2017

ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ

28 މާރިޗު 2017
ރާއްޖެ ހަމަމަގަށް އެޅުވުމަށް ގުޅިފައިވާ ކޯލިޝަނެއް މުހިއްމު: ޗަންދްރިކާ
22 މާރިޗު 2017

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

22 މާރިޗު 2017
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް