Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޖުޑީޝަލް ރިފޯމް

އެމްޑީޕީ ޖުޑީޝަލް ރިފޯމް އެޖެންޑާ: ފަނޑިޔާރުންގެ ޝަރުތު ބަދަލުކޮށް، ސުޕްރީމް ކޯޓަށް ބަދަލުތަކެއް!

ސުޕްރީމް ކޯޓަށް އަމިއްލަ އިސްނެގުމަށް މައްސަލަ ނުބެލޭނެ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2019 | ހޮނިހިރު 20:27
މަޖިލިސް އިންތިހާބުގައި ވާދަ ކުރާ އެމްޑީޕީ ކެންޑިޑޭޓުންނާ އެކު ބޭއްވި މަސައްކަތުގެ ބައްދަލުވުމުގެ ތެރެއިން

މަޖިލިސް އިންތިހާބުގައި ވާދަ ކުރާ އެމްޑީޕީ ކެންޑިޑޭޓުންނާ އެކު ބޭއްވި މަސައްކަތުގެ ބައްދަލުވުމުގެ ތެރެއިން

ޑީޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށާއި ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުތަކަށް ބަދަލުތައް ގެންނަންޖެހޭ ގޮތަށް އެމްޑީޕީގެ ޖުޑީޝަލް ރިފޯމް އެޖެންޑާ، މަޖިލިސް އިންތިހާބަށް ވާދަ ކުރައްވާ އެމްޑީޕީ ކެންޑިޑޭޓުންނާ ހިއްސާކޮށްފިއެވެ.

އެމްޑީޕީގެ ޖުޑީޝަލް ރިފޯމް އެޖެންޑާގައި ހުރި ބައެއް ކަންކަން ކެންޑިޑޭޓުންނާ ހިއްސާ ކުރީ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޕޮލިސީ ވޯކްޝޮޕްގައެވެ. ހުޅުމާލެ ބްރައިޓް ވޭ އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި މަސައްކަތު ބައްދަލުވުމުގައި ޖުޑީޝަލް ރިފޯމް އެޖެންޑާ ހުށަހެޅުއްވީ ތުޅާދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވާ ގާނޫނީ ވަކީލު ހިސާން ހުސައިންނެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އެމްޑީޕީ މެޖޯރިޓީ އޮންނަ މަޖިލީހަކުން ކުރާނެ ކަންތައްތައް ހިމެނޭ ގޮތަށް ހިސާން ހުށަހެޅުއްވި ކަރުދާހުގައި ވަނީ ޑީޖޭއޭ އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ކޯޓުތައް އިސްލާހު ކުރުމެވެ. ޑީޖޭއޭ ހިންގާނީ ސުޕްރީމް ކޯޓުގެ ދަށުން ނޫން ކަމަށާއި އެ ޑިޕާޓްމަންޓް ހިންގާނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ ދަށުން ކަމަށް ހިސާން ހުށަހެޅުއްވި ކަރުދާހުގައިވެއެވެ. އެ ކަރުދާހުގައިވާ ގޮތުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކޮށް، ވަކިކުރާނީ މަޖިލީހުންނެވެ. ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ވެސް ބުނެފައި ވަނީ އެ ގޮތަށެވެ.

"ކޯޓުތަކަށް ރަޖިސްޓްރާ އައްޔަންކޮށް ވަކިކުރާނީ ވެސް، އެއީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ ޒިންމާއެއް ގޮތަށް މި ކަނޑައަޅަނީ. އެހެންކަމުން ކޯޓުތަކުގެ ދައުރެއް ނޯންނާނެ، ރަޖިސްޓްރާ ކަނޑައެޅުމުގަ. އަދި ވަކިކުރުމުގަ ވެސް. ރަޖިސްޓްރާ ކަނޑައެޅުމަށްފަހު އަޅުގަނޑުމެން މި ދެނީ ބާރުތަކެއް. މައްސަލަތައް ބަލައިގަތުން އެއީ ރަޖިސްޓްރާގެ ޒިންމާއެއް،" ހިސާން ވިދާޅުވިއެވެ.

ކޯޓުތަކަށް ރަޖިސްޓްރާ އައްޔަން ކުރުމުގެ ބާރު ޑީޖޭއޭއަށް

  • ކޯޓަށް ހުށަހަޅާ މައްސަލަތައް ފަނޑިޔާރުންނާ ހަވާލު ކުރާނީ ރަޖިސްޓްރާ
  • ތަރުތީބުން ފަނޑިޔާރުންނާ މައްސަލަތައް ހަވާލުކޮށް، ކިއު ތަރުތީބު ހާމަ ކުރުން
  • ވަކި މައްސަލައެއް، ވަކި ފަނޑިޔާރަކަށް ދޭ އުސޫލު ބަދަލު ކުރުން
  • މައްސަލަ ބަލާނެ ފަނޑިޔާރުންގެ ބެންޗު އެކުލަވާލާނީ ރަޖިސްޓްރާ
  • ކޯޓުތަކުގެ އިދާރީ ހިންގުމުން ފަނޑިޔާރުން ދުރުހެލިވާންވާނެ

އެމްޑީޕީ ޖުޑީޝަލް ރިފޯމް އެޖެންޑާގައި، ސުޕްރީމް ކޯޓަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ހުޅުވާލާފައިވާ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވައި، އެއްވެސް ނިންމުމެއް ނުވަތަ އަމުރެއް ނުނެރުމަށާއި އަމިއްލަ އިސްނެގުމަށް މައްސަލަ ބެލުން ހުއްޓާލުމެވެ. ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ފައިލްތައް ނެގުމުގެ ބާރު ހުއްޓާލުމާއި ވަކީލުންނަށް ހުއްދަ ދިނުމުގެ ބާރު ބާ އެސޯސިއޭޝަނަށް ދިނުން ވެސް އެމްޑީޕީގެ ޖުޑީޝަލް ރިފޯމް އެޖެންޑާގައިވެއެވެ.

"އެއާއެކު ރަށު ކޯޓަށާއި ހައި ކޯޓަށް ސުޕްރީމް ކޯޓުން ލަފާ އާއި އިރުޝާދު ނުދެވޭ ގޮތަށް ހަމަޖެއްސުމަށާއި ހައި ކޯޓަށާއި ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ ދައުރެއް ނެތުން،" ޖުޑީޝަލް ރިފޯމް އެޖެންޑާއަށް ހުށަހަޅާ އިސްލާހުތައް އިއްވަމުން، ހިސާން ވިދާޅުވިއެވެ.

ކޯޓުތަކަށް ގެންނަން ހުށަހަޅާ ބައެއް ބަދަލުތައް:

  • އަމިއްލަ އިސްނެގުމަށް ސުޕްރީމް ކޯޓުން މައްސަލަ ނުބެލުން
  • ހައި ކޯޓުގެ އުތުރު އަދި ދެކުނު ގޮފި އުވާލުން
  • ސުޕްރީމް ކޯޓުން ހުޅުވާލައިގެން އަޑުއެހުމެއް ނުބާއްވައި، އަމުރު ނުނެރުން
  • ކޯޓުތަކުން ބަލާ މައްސަލަތަކުގެ ފައިލްތައް ސުޕްރީމް ކޯޓަށް ނެގުން ހުއްޓާލުން
  • ކޯޓުތަކަށް ސުޕްރީމް ކޯޓުން ލަފަޔާއި އިރުޝާދު ދިނުން ހުއްޓާލުން
  • އެމްޑީޕީ ޖުޑީޝަލް ރިފޯމް އެޖެންޑާގައި ހުރި ބައެއް ކަންކަން

26 ޖެނުއަރީ 2018: މަޖިލިސް އިންތިހާބަށް ނުކުންނަވާ ކެންޑިޑޭޓުންނާ އެކު ބޭއްވި މަސައްކަތު ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ.

ހިސާން ހުށަހެޅުއްވި ކަރުދާހުގައިވާ ގޮތުން، ހައި ކޯޓުގެ ދެކުނު ގޮތްޕާއި އުތުރު ގޮފި އުވާލައި، ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި ޑިސްޓްރިކް ކޯޓެއް އުފައްދައި، ހައި ކޯޓުން ބަލަންޖެހޭ މައްސަލަތައް އެ ކޯޓަކުން ބެލޭނެއެވެ. ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި އުފައްދާ ޑިސްޓްރިކް ކޯޓުތަކަކީ މާލޭގައި ހުންނަ ސުޕީރިއާ ކޯޓުތަކާ އެއް ލެވެލްގެ ކޯޓުތަކެއް ކަމަށް ކަނޑައަޅަން ހިސާން ހުށަހެޅުއްވި ކަރުދާހުގައިވެއެވެ.

ހިސާން ހުށަހެޅުއްވި ކަރުދާހުގައި އިތުރަށް ފާހަގަކޮށްފައި ވަނީ ފަނޑިޔާރުންގެ ޝަރުތުތައް އަލުން ރިވިއު ކުރުމަށެވެ. އެގޮތުން ގާނޫނު އަސާސީގެ 149 ވަނަ މާއްދާގައިވާ ޝަރުތުތައް އިތުރަށް ދިރާސާކޮށް، ފަނޑިޔާރުންގެ ސުލޫކީ އަހުލާގީގެ މާނަ ފުޅާ ކުރުން ހިމެނެއެވެ. އެމްޑީޕީގެ ޖުޑީޝަލް ރިފޯމް އެޖެންޑާގައި ފަނޑިޔާރުންގެ ޝަރުތު އިތުރަށް ކުރުމަށް ހުށަހަޅާ ކަންތައްތަކުގެ ތަފްސީލެއް ދީފައެއް ހިމެނިފައެއް ނުވެއެވެ.

ހުޅުމާލެ ބްރައިޓް ވޭ އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި މަސައްކަތު ބައްދަލުވުން

ޖޭއެސްސީއަށް ގެންނަން ހުށަހަޅާ ބަދަލުތަކުގެ ތެރޭގައި ކާކުކަން ނޭނގޭ ގޮތަށް މައްސަލަ ހުށަހެޅޭނެ ނިޒާމެއް ގާއިމު ކުރުމަށާއި ފަސް ދުވަހުގެ ތެރޭގައި މައްސަލަ ބެލޭނެކަން އެ ކޮމިޝަނުން ކަށަވަރުކުރުމެވެ. އަދި ކޮމިޝަނުން ނިންމަންޖެހޭ މައްސަލައެއް، ނިންމުމަށްޓަކާ އެހެން ފަރާތަކާ ހިއްސާ ނުކުރުމަށާއި ފަނޑިޔާރުންގެ ފެންވަރު ބެލުން ޖޭއެސްސީއަށް ލާޒިމު ކުރުމަށާއި މުސާރަ ރިވިއު ކުރަންޖެހޭނީ ޕާފޯމަންސަށް ބަލާފައި ކަމަށް ވެސް ހިސާން ހުށަހެޅުއްވި ކަރުދާހުގައިވެއެވެ.

ނެޝަނަލް ޕަބްލިކް ޑިފެންޑާސް ގާނޫނެއް އެކުލަވާލައި، މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ގާނޫނީ ވަކީލުން ހަމަޖައްސައި ދިނުމަށް އުސޫލުތަކެއް ކަނޑައެޅުމަށް ވެސް އެމްޑީޕީގެ ރިފޯމް އެޖެންޑާގައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު