Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބުރުގާގައި ޖަހާ ޕިން

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ފާއިތުވި ހަތަރު އަހަރު ތެރޭގައި ކަރު ތެރެއަށް ޕިން ދިއުމުގެ 15 ކޭސް އަަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2019 | ހޮނިހިރު 13:42
ޕިން ކަރުތެރެއަށް ގޮސްގެން ފަރުވާދީފައި ވަނީ ޒުވާން އުމުރުފުރައިގެ އަންހެނުންނަށް

ޕިން ކަރުތެރެއަށް ގޮސްގެން ފަރުވާދީފައި ވަނީ ޒުވާން އުމުރުފުރައިގެ އަންހެނުންނަށް

"ބުރުގާ އަޅާއިރު، އަނގައަށް އެއްގޮތަކަށް ވެސް ޕިން ލާކަށް ނުވާނެ. ކޮންމެވެސް ކަހަލަ ގޮތަކަށް ޕިން ހަމަ އަނގައިގެ ތެރެއަށް ހިނގައިދާނެ. ކޮށި އެރުން ނުވަތަ ކޮންމެވެސް އެހެން ކަމެއް ދިމާވެގެން ވެސް،" މިއީ އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ މެޑިސިންގައި މަސައްކަތް ކުރައްވާ ޑރ. ނަޒްމީ އަބްދުއްލަތީފް ބުރުގާ އަޅާ ހުރިހާ އަންހެންނަށް ދެއްވި ނަސޭހަތެކެއެވެ.

މި މަހުގެ 23 ވަނަ ދުވަހު މިފަދަ ހިތާމަވެރި ހާދިސާއެއް ވަނީ ހިނގާފައެވެ. އުމުރުން 14 އަހަރުގެ އަންހެން ކުއްޖެއްގެ ކަރު ތެރޭގައި ޕިން ތާށިވުމުގެ ސަބަބުން ވަނީ އޮޕަރޭޝަނެއް ކުރަންޖެހިފައެވެ. ބުރުގާ އެޅުމުގެ ތެރޭގައި ދެ ދަތް ދޭތެރެއަށް ޕިނެއް ލައްވައިގެން އުޅެނިކޮށް، ކޮށިއެރުމުން ޕިން ކަރު ތެރެއަށް ދިޔައީއެވެ. އެ ޕިން ނެގީ އައިޖީއެމްއެޗްގައި "ބްރޮންކޮސްކޮޕީ" އެއް ހަދައިގެންނެވެ.

ޑރ. ނަޒްމީ އަބްދުއްލަތީފް ވިދާޅުވީ ޒުވާން އަންހެންކުއްޖާގެ ކަރުތެރެއަށް ދިޔަ ޕިން ވޯކަލް ކޯޑާއި ކައިރީގައި ހުރުމުގެ ސަބަބުން ނަގަން ތަންކޮޅެއް ފަސޭހަވި ކަމަށެވެ. މި ހާދިސާގައި ޕިން ނަގަން ފަސޭހަވި ނަމަވެސް ހުރިހާ ފަަހަރަކު މި ގޮތަށް ކަންތައް ނުހިނގާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަދި ޕިން އެތެރެއަށް ދިޔަ ނަމަ ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮތް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.

ޑރ ނަޒްމީ ވިދާޅުވީ ބުރުގާ އެޅުމުގެ ތެރޭގައި އަނގަޔަށް ޕިން ލުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނގުން އިތުރުވެފައިވާ ކަމަށެވެ. އަދި މިއީ ސީރިއަސް މައްސަލައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފާއިތުވި ހަތަރު އަހަރު ތެރޭގައި 15 ކޭސް ރިޕޯރޓްކޮށްފައިވޭ

ޕިން ކަރުތެރެއަށް ދިއުމުގެ ސަބަބުން މީގެ ކުރިން ވެސް ނުރައްކާތެރި ގިނަ ހާދިސާތަކެއް ވަނީ ހިގާފައެވެ. ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މިފަދަ 15 ހާދިސާއެއް ރިޕޯޓް ކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އުމުރުން 13 އަހަރާއި 30 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ޑރ. ނަޒްމީ ވިދާޅުވިއެވެ. ޑރ. ނަޒްމީ ވިދާޅުވީ ޕިން ހެރުމުގެ އިތުރުން ވެސް ކަރުތެރޭގައި ތަފާތު އެއްޗެހި ތާށިވުމާއި ގޮހޮރުގެ ތެރެއަށް ދިއުމުގެ ތަފާތު ހާދިސާތައް ރިޕޯޓްކުރާ ކަމަށެވެ.

"ބުރުގާ އަޅާ ގަޑީގައި ކޮށި އަރައިގެން ކަމެއް ދިމާވެއްޖިއްޔާ، ކުއްލިއަކަށް ސަޕްރައިޒް ވެއްޖިއްޔާ އޭތި މި ދަނީ އެތެރެއަށް ވަދެގެން ގޮސް ނޭވާ ހޮޅީގައި މި ތާށިވަނީ."

ބުރުގާ އަޅާއިރު ޕިން އަނގައިގެ ތެރެއަށް ނުލުމަށް ސަމާލުކަންދޭންޖެހޭ

ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތަކެއް މިހާތަނަށް ހިނގާފައި ނުވިޔަސް ޕިން ކަރުތެރެއަށް ގޮސް ނޭވާ ހޮޅި ތެރޭގައި ތާށިވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެ ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ. ޕިން ކަރުތެރޭގައި ތާށިވެއްޖެ ނަމަ އިންފެކްޝަން އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ޑރ. ނަޒްމީ ވިދާޅުވިއެވެ. މީގެ ސަބަބުން ގިނަ ސައިޑް އިފެކްޓްތަކާ ކުރިމަތިލާންޖެހިދާނެ ކަމަށެވެ.

"ޕިން ހެރިފައި ކޮންމެވެސް ވަރަކަށް ޑެމޭޖްވެ އިންފެކްޝަން ފެތުރޭ ގޮތް ވެދާނެ. ފޮރިން ބޮޑީއެއް އެތާ އިނުމުގެ ސަބަބުން ނޭވާލުމަށްވެސް އުދަގޫވެ އަބަދު ކޮށި އަރާ ކެއްސާ އެކަހަލަ ކަންތައް ދިމާވުމުގެ ޗާންސް އޮންނާނެ. އޭތި އެއްތަނުން އަނެއް ތަނަށް މައިގްރޭޓްވެ، ނޭވާ ހޮޅި ހަލާކުވާ ގޮތް ވެސް ވެދާނެ،" ޑރ. ނަޒްމީ ވިދާޅުވިއެވެ.

މިއީ އާދައިގެ ކަމެއްގެ ގޮތުގައި ހީވެފައި އޮތަސް ބުރުގާ އަޅާ ފަރާތްތަކުން ސަމާލުވާންޖެހެއެވެ. ފަރުވާ ކުޑަކޮށްލެވޭ ކުޑަކުޑަ ކަމަކުން ވެސް ބޮޑު ހާދިސާއެއް ހިނގައިފާނެވެ. ބުރުގާ އަޅާ އިރު ޕިން އަނގަޔަށް ލުމުގެ ބަދަލުގައި ޕިން ހެރުމަށް ހާއްސަ އެއްޗެހި ވެސް ހުރެއެވެ. އެފަދަ އެއްޗެއް ނެތް ކަމަށް މޭޒު މަތީގައި ނުވަތަ ކޮންމެ ވެސް ތަނެއްގައި ބޭއްވުން މުހިންމެވެ. އަމިއްލަ ސަލާމަތްތެރިކަމުގެ ގޭގައި ކުޑަ ކުދިން އުޅޭ ނަމަ އިތުރަށް ސަމާލުވާންޖެހެއެވެ. ޕިން ފަދަ ތަކެތި ކުޑަކުދިންގެ އަނގަޔަށް ލުމުގެ ސަބަބުން ވެސް ހިތާމަވެރި ހާދިސާތައް ހިނގާފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮންކޮންގް މުޒާހަރާތަކުން ޝީ ޖިންގްޕިންގްގެ ސަރުކާރަށް ގޮންޖެހުންތަކެއް

ހޮންކޮންގް މުޒާހަރާތަކުން ޝީ ޖިންގްޕިންގްގެ ސަރުކާރަށް ގޮންޖެހުންތަކެއް

18 ޖެނުއަރީ 2020
ހޯހޯ. ކޯޓު އަމުރަކާ ނުލާ މީހުން ހައްޔަރުކުރުން ގޯސް!

ހޯހޯ. ކޯޓު އަމުރަކާ ނުލާ މީހުން ހައްޔަރުކުރުން ގޯސް!

12 ސެޕްޓެމްބަރު 2019
\'ސައްހަ ވީސާއަކާ ނުލާ ރާއްޖެއިން ބޭރުގައި އުޅުން؛ މައްސަލައިގެ ސީރިއަސްކަން ދިވެހިންނަށް އިނގެން ޖެހޭ

\'ސައްހަ ވީސާއަކާ ނުލާ ރާއްޖެއިން ބޭރުގައި އުޅުން؛ މައްސަލައިގެ ސީރިއަސްކަން ދިވެހިންނަށް އިނގެން ޖެހޭ

01 މެއި 2019
ރައްޔިތުން އަނިޔާ އަށް ދީލާނުލާނެކަން ދައްކުވައިފި

ރައްޔިތުން އަނިޔާ އަށް ދީލާނުލާނެކަން ދައްކުވައިފި

25 ސެޕްޓެމްބަރު 2018
ޕީޕީއެމްގެ ވެރިން ފުރަން ވީމަ ގްރީން ޒޯން ޕިންކް ޒޯނަށް!

ޕީޕީއެމްގެ ވެރިން ފުރަން ވީމަ ގްރީން ޒޯން ޕިންކް ޒޯނަށް!

22 ޖުލައި 2018

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު