Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސި އިންތިޚާބު 2018

ރައްޔިތުން އަނިޔާ އަށް ދީލާނުލާނެކަން ދައްކުވައިފި

ރައްޔިތުން ނޫނެކޭ ބުނީ މި ސަރުކާރުގެ އަނިޔާވެރިކަަމަށް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 25 ސެޕްޓެމްބަރު 2018 | އަންގާރަ 08:01
2018ގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުމާ އެކު ރައްޔިތުން އުފާފާޅުކުރަނީ

2018ގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރުމާ އެކު ރައްޔިތުން އުފާފާޅުކުރަނީ

ޤައުމަށް އައި މިނިވަން ނޫރާނީ ދައުރުން މި ހަދާންތައް އާކުރަނީ

އައުދާނަ އިތުރު އަބްތާލުންނަށް ޒިކުރާގެ މަލުން މި ވެދުން ކުރަނީ

މިއީ މުޅި ގައުމުގައި އެއް އަޑަކުން ކިޔަމުންދާ ގައުމީ ލަވައެވެ. ދިވެހި ރައްޔިތުން އުފަލުން ފޮޅިއްޖެއެވެ. ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހޮރިގެން ހިގައްޖެއެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި މިއަދު އެ މީހުންނަށް ގަބޫލުކުރެވިގެން މި ދިޔައީ އަޅުވެތި ކަމަކަށް ފަހު މިނިވަންކަމުގެ އިހްސާސް ލިބުނު ކަމުގެ އުފަލެވެ. ހަތުރުން މިތުރުންނަށް ވެއްޖެއެވެ. ޒަމާންތަކަށް ފަހު އެކަކު އަނެކަކަށް ބައްދާލެވި ސަލާމްގަލާމް ކުރެވިއްޖެއެވެ. ޖަލުގެ ތޭރިތަކުގައި ތިބި ބައެއް މީހުން ވީއްލި އެ މީހުންގެ އާއިލާތަކުގައި އުފާވެރިކަމުގެ ކުލަ ޖެހިއްޖެއެވެ. މިއީ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާންކުރެވުނު ވަގުތުން ފެށިގެން މި ދިވެހި ފަސްގަނޑުން ފެނިގެންދާ މަންޒަރެވެ.

ހަތް އަހަރު ފަހުން ދިވެހިންނަށް އުފާވެރިކަން ހާސިލް ކުރެވި، އެ މީހުންގެ ދޫތަކުން އުފާވެރިކަމުގެ ޖުމްލަތައް ހިފެހެއްޓުމެއް ނެތި ވީއްލިގެން މި ދަނީ ސަބަބުތަކެއް ނެތިއެއް ނޫނެއެވެ. ދިވެހިންނަކީ މިނިވަން ކަމަށް ލޯބިކުރާ، އެ މީހުންގެ ސަޤާފަތާއި، އަމިއްލަވަންތަކަމާއި، އިސްލާމްދީން ހިފެހެއްޓެމުގައި އަބަދުވެސް ނަމޫނާ ދައްކަމުން އަންނަ ބައެކެއެވެ. ދިވެހިންނަކީ އަޅުވެތި ކަމަށް ދީލާލާނެ ބައެއް ނޫނެވެ. އަމިއްލަ ފުރާނަ ގުރުބާންކޮށްގެން ވެސް އަނިޔާވެރި ކަމަށް ނޫނެކޭ ބުނާނެ ބައެއް ކަން ދައްކުވައިދީފިއެވެ.

މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ނޫނެކޭ ބުނީ ސަބަބުތަކެއް ހުރެގެންނެވެ. އެ މީހުން "ނޫނެކޭ" ބުނީ މި ވެރިކަމުގައި އަޅުވެތިކަމުގެ އިހްސާސް ކުރެވޭތީއެވެ. އެ މީހުން "ނޫނެކޭ" ބުނީ މި ސަރުކާރުގެ ފަސް އަަހަރުގެ ތެރޭގައި އެތައް ބަޔަކަށް އަނިޔާ ލިބިފައިވާތީއެވެ. މުށުތެރެއަށް ބާރުތައް ލައްވައިގެން، މާ ބާރުގަދަ ފަރާތެއްގެ ގޮތުގައި ހުންނެވިޔަސް ރައްޔިތުންނަށް ބާރު ލިބުނު ދުވަހު ކުޑަކަކޫ މައްޗަށް ތިރިކުރެވޭނެކަން ދެއްކުމުގެ ގޮތުންނެވެ. ގައުމު ހަމަމަގަށް އެޅުވުމުގައި ރައްޔިތުންގެ ދައުރަކީ ކޮބައިކަން އެ މީހުން ދައްކުވައިފިއެވެ. ރައްޔިތުންނަށް އަނިޔާވެރިވި ވެރިއަކަށް އެ މީހުން ދީލާނުލާނެކަން އެ މީހުން ދައްކުވައިފިއެވެ.

ދެން އޮތީ އުންމީދެވެ. އެ އުންމީދުތައް ގުޅިފައި ވަނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެވެ. ގައުމުގެ ހުންގާނު އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ރައްޔިތުން މި ހަވާލުކުރީ އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ސަބަބުންނެވެ. ހަމަހަމަކަމާއި، އިންސާފު ރައްޔިތުންނަށް ހޯއްދަވައިދެއްވާނެ ކަމަށް ވި ވައުދުތަކުގެ މައްޗަށެވެ. އަސާސީ ހައްގުތަށް ދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުގެ މައްޗަށެވެ. ދިވެހިރައްޔިތުން ޔަޤީންކުރަނީ މަނިކުފާނަކީ ވައުދު އުވާލާނެ ވެރިއަކަށް ނުވާނެ ކަމަށެވެ. މަނިކުފާނަކީ އަދުލުވެރި ވެރިއަކަށް ވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންގެ ހިތުގައި އޮތްކަން އެ ވަނީ ވޯޓުން ދައްކުވައިދީފައެވެ. ރައްޔިތުންގެ ފަހަރު ރައްޔިތުން ސާބިތުކޮށްދީފިއެވެ. ވައުދު ފުއްދައިދީފިއެވެ. ދެން އޮތީ މަނިކުފާނުގެ ފަހަރެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
08 މާރިޗު 2017

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު