Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބައްސާމް އަދީލް ޖަލީލު

އެފްއޭއެމްގެ ރައީސްކަމުން އިތުބާރު ގެއްލިފައިވާ ބައްސާމް ދުރުކުރަންޖެހޭ؟

ބައްސާމް މަގާމުން ދުރުކުރަން ކްލަބްތަކުން ބޭނުންވޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2019 | ހޮނިހިރު 07:34
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމަށް ބައްސާމް އަދީލް ޖަލީލް ގެނައީ އެތައް ބަޔެއްގެ ބުރަ މަސައްކަތުންނެވެ. ބައްސާމް މަގާމާ ހަވާލުވީ ބޮޑު ޓީމެއްގެ އިތުބާރާއެކުގައެވެ. އޭނާގެ ފަހަތުގައި ގިނަ ބަޔަކު އޭރު ތިއްބެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ބައްސާމްގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ، ކުރި ތާއީދު އަނބުރާ ގެންގޮސްފައެވެ. ގިނަ ބަޔަކު ހިފާފައިހުރީ މަގާމުން ބައްސާމް ދުރުކުރާށެވެ. ސަބަބުތައް ބައިވަރެވެ.

އެފްއޭއެމްގެ ރައީސްކަމުގެ މަގާމާ ބައްސާމް ހަވާލުވީ އެތައް ވައުދުތަކެއް ވެގެންނެވެ. ސިޔާސީ ނުފޫޒުން އެފްއޭއެމް ސަލާމަތްކުރާނެ ކަމަށް ވިދާޅުވިއެވެ. ލީޑާޝިޕްގައި ހިމެނޭ ސިޔާސީ ބޭފުޅުން ދުވަސްގަނޑަކަށްފަހު ދުރުކުރާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) ގައި ރައްޔަތުންގެ މަޖިލިސްގެ ބައެއް މެމްބަރުން ހިމެނެއެވެ. އެކްސްކޯއަކީވެސް ނަމަކަށް އޮންނަ އެއްޗަކަށް ވަނީ ވެފައެވެ. އެ ކޮމިޓީން ބައްދަލުވުމެއް ބާއްވަނީ ހާލަކުން ފަހަރެކެވެ.

އެފްއޭއެމްގެ ކަންކަން ކުރިޔަށްދާނީ ވަރަށް ބޮޑަށް ދެފުށް ފެންނަ ގޮތަށް ކަމަށް މަގާމާ ހަވާލުވިއިރު ބައްސާމް ވިދާޅުވިއެވެ. ނަމަވެސް ފަހުން އައިސް މީޑިއާތަކާ ބައްސާމް ދުރުވިއެވެ. އެފްއޭއެމްގެ ގިނަ ކަންކަން ސިއްރުކުރަން ފެށިއެވެ. ބޮޑެތި ބަދަލުތަކެއް ގެންނައިރު މަޝްވަރާއެއް ނުކުރެއެވެ. އެފްއޭއެމްގެ ކަންކަމާ ނުވެސް ބެހޭ މީހުން ޗެއާކޮށްގެން ބައްދަލުވުންތަކެއް ބޭއްވުމަށްފަހު ކުއްލިއަކަށް ބަޔާންތައް ނެރެއެވެ. މިއީ ކަން ހިނގާ އުސޫލެވެ. އެފްއޭއެމްއަކީ ތިމާމެންގެ އަމިއްލަ ހަރު މުދަލެއް ކަހަލައެވެ.

ބައްސާމް އިންތިހާބުކުރުމަށް ނިކުތް ޓީމު. ގިނަބަޔަކު މިހާރު ފަހަތުގައި ނެތްއިރު، ތާއީދުވެސް ވަނީ އަނބުރާ ގެންގޮސްފައި

އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރަން ކްލަބްތަކުން ތެދުވެފައި ކަމަށް މައުލޫމާތު ލިބެއެވެ. އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރެވޭނީ 12 ކްލަބްގެ ސޮޔާއެކު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވާ ބައްސާމްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ، މަގާމުން ދުރުކޮށްގެންނެވެ. އެއީ ފުރަތަމަ ކުރަން ޖެހޭ ކަމެވެ.

އެގޮތުން މައުލޫމާތު ލިބޭގޮތުގައި ބައްސާމް މަގާމު ދުރުކުރުމަށް، ފުރަތަމަ ޑިވިޝަންގެ ފަސް ކްލަބްގެ ސޮޔާއެކު، ޖުމްލަ 15 ކްލަބެއްގެ ސޮއި މިހާރު ވަނީ ހޯދާފައެވެ. އަދި އަންނަ ހަފްތާގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވާނެ ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.

ގަބޫލުކުރަން ބޭނުންވިޔަސް ނުވިޔަސް ކަރަޕްޝަނުން ފުރިގެންވާ، ގިނަ ބަޔަކު އިތުބާރުނުކުރާ އަދި އެތައްބަޔެއްގެ ނުފޫޒު ވަދެފައިވާ އެފްއޭއެމް ސަލާމަތްކުރަން ސަރުކާރުންވެސް ބޭނުންވެއެވެ. ކްލަބްތަކުންވެސް ބޭނުންވެއެވެ. ފުޓުބޯޅައިގެ މުޅި އާއިލާވެސް ބޭނުންވެއެވެ. އެގޮތުން އެންމެން އިއްތިފާގުވާގޮތުން އެފްއޭއެމް ސަލާމަތްކުރެވޭނީ މަގާމުން ބައްސާމް ދުރުކޮށް، މިހާރު އޮތް ލީޑާޝިޕް ބަދަލުކޮށްގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ކޮށްގެން އިންތިޚާބަށް ދިއުމަކީ މޮޔަކަމެއް!

އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ކޮށްގެން އިންތިޚާބަށް ދިއުމަކީ މޮޔަކަމެއް!

21 ޖޫން 2018
މަސީހުގެ އިތުބާރު ނެތްކަމުގެ އަލުން ކުރިއަށް ގެންދަންޖެހޭނެތަ؟

މަސީހުގެ އިތުބާރު ނެތްކަމުގެ އަލުން ކުރިއަށް ގެންދަންޖެހޭނެތަ؟

02 ފެބުރުއަރީ 2018
ސީޕީ އަރީފަށް: ތިޔަ އިތުބާރުގެ މަޅިއަކީ އާ މަޅިއެއް ނޫނެވެ.

ސީޕީ އަރީފަށް: ތިޔަ އިތުބާރުގެ މަޅިއަކީ އާ މަޅިއެއް ނޫނެވެ.

29 ޖެނުއަރީ 2018
ބައްސާމް ހިތްޕުޅާ ހަމަނުވިޔަސް ރާއްޖެ ފުޓުބޯޅަ ދަނީ ދަށަށް!

ބައްސާމް ހިތްޕުޅާ ހަމަނުވިޔަސް ރާއްޖެ ފުޓުބޯޅަ ދަނީ ދަށަށް!

22 ޑިސެމްބަރު 2017
ދިވެހި ފުޓުބޯޅައަށް ބޮޑު ލަދެއް؛ ހިރުވާތަން ކަހާލާނަމޭވެސް ބައްސާމްގެ ހިތްޕުޅަށް ނާރާ!

ދިވެހި ފުޓުބޯޅައަށް ބޮޑު ލަދެއް؛ ހިރުވާތަން ކަހާލާނަމޭވެސް ބައްސާމްގެ ހިތްޕުޅަށް ނާރާ!

16 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު