Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހި ފުޓުބޯޅަ ދަށަށް

ބައްސާމް ހިތްޕުޅާ ހަމަނުވިޔަސް ރާއްޖެ ފުޓުބޯޅަ ދަނީ ދަށަށް!

ގައުމީ ކޯޗު އެނބުރި ފުރައިގެންދިޔައީ ޝަކުވާތަކާ އެކު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2017 | ހުކުރު 19:26
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު

ފުޓުބޯޅަ އަކީ ހުރިހާ ދިވެހިންވެސް ގަޔާވާ ކުޅިވަރެވެ. މި ކުޅިވަރު ފަހަތަށް ދިއުމަކީ އެކަކުވެސް ދެކެން ބޭނުންވާނެ ކަމެއް ނޫނެވެ. އެހެންނަމަވެސް މިއަދު ރާއްޖެ ފުޓުބޯޅަ ހިންގަން ތިބި ބޭފުޅުންނަކީ އެއްގޮތަކަށް ވެސް މިކަން ކުރަން ދަންނަ ބައެއް ނޫންކަން މިއީ މިއަދު ގަބޫލުކުރަން ޖެހިފައި އޮތް ހަގީގަތެވެ.

ފަހަރެއްގައި އެފަރާތްތަކަށް އެކަން ކުރަން ބަޔަކު މީހުން ފުރުސަތު ނުދެނީހެއްޔެވެ؟ މިއީވެސް ހަމަ އުފެދޭ ސުވާލެކެވެ. އެހެން ނޫންނަމަ އެ ފަރާތްތަކުން ފުޓުބޯޅަ ކުރިއަރުވަން އެދެވޭ މަސައްކަތް ނުކުރަނީ ކީއްވެބާއެވެ. ދިވެހި އެއްވެސް ކުޅިވަރަކަށް އެދެވޭ މިންވަރެއްގެ ބަޖެޓެއް ނުލިބެއެވެ. އެހެންނަމަވެސް ފުޓުބޯޅަ އަށް ދޭ ބަޖެޓު މާ ބޮޑެވެ. އެހެން ކުޅިވަރުތައް ކުރިއަރަމުންގޮސް ތަފާތު ދައްކާ މެޑަލްތައް ހޯދަމުންދާއިރު، ފުޓުބޯޅަ ކުރިއަރާތަނެއް ނުފެނެއެވެ. ފެންނަ މަންޒަރަކީ ގައުމީ ޓީމުވެސް ބޮޑު ތަފާތުތަކުން ބަލިވަމުންދާތަނެވެ.

އެފްއޭއެމް އެކްސްކޯ ބައްދަލުވުމެއްގެ ތެރެއިން

އެފްއޭއެމްގެ އާ ލީޑާޝިޕުން ކުރި ރަނގަޅުކަންތައްވެސް އެބަހުއްޓެވެ. އެގޮތުން އަތޮޅު ތެރެއިން ހަތަރު ޓީމެއް ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓްވާފަދަ ފޯމެޓެއް ހަދާ އެގޮތަށް އަމަލުކުރަން ފެށުމުން އަތޮޅު ތެރޭގެ ފުޓުބޯޅަ އަށް ފައިދާތަކެއް ކުރިއެވެ. އާ ހުނަރުތައް ގަލޮޅު ދަނޑުން ފެނިގެންދިޔައެވެ. އެހެންނަމަވެސް އާ ކަމެއް ކުރުމުން ރަނގަޅު ކުރަންޖެހޭ ކަންތައްވެސް ހުންނާނެކަން އެއީ ގަބޫލުކުރަންޖެހޭ ކަމެކެވެ. އެގޮތުން އެފްއޭއެމް އިން އެކަންތައް އަންނަ އަހަރަށް ރަނގަޅުކުރާނަމޭ ބުނުން އެއީ އުފާވާ ކަމެކެވެ.

ކޮންމެއަކަސް އަންނަ އަހަރަކީ ފުޓުބޯޅަ އަށް މުހިންމު އަހަރެކެވެ. ދިވެހިން އެންމެ އުންމީދު ކުރާ ސާފް ޗެމްޕިއަންޝިޕް އޮތީ އަންނަ އަހަރެވެ. ގައުމީ ޓީމުގެ ކޯޗެއް އަދި ފެންނަން ނެތެވެ. އެންމެ ފަހުން ޓީމާ ހަވާލުވެގެން ހުރި ކޯޗު އެއްބަސްވުން އާނުކޮށް ފުރައިގެންދިޔައީ އެތަކެއް ޝަކުވާތަކެއް ކުރުމަށް ފަހު އެވެ.

ގައުމީ ޓީމުގެ ފަރިތަކުރުމުގެ ތެރެއިން

ގައުމީ ސީނިއާ ޓީމުކޮޅަށް މި އަހަރު އެކަނި 26 ލަނޑު ވަނުމުން، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، އެ ލަނޑުތައް ރާއްޖެ ކޮޅަށް ވަނީ ކޮންމެވެސް ބަޔަކު އެކަމަށް މަސައްކަތްނުކޮށް އޮތުމުން ކަމަށެވެ. މިއީ ފަހަރެއްގައި ތެދަކަށް ވެދާނެއެވެ. އެހެން ނަމަވެސް އުފެދޭ ސުވާލަކީ ބައްސާމްގެ ލީޑާޝިޕް އެފްއޭއެމްއާ ހަވާލުވެ، އަހަރެއް ވެގެންދިޔައިރު އެކަން ނުދަނެ އޮތީ ކީއްވެތޯއެވެ. ފަލަސްތީން އަތުން ރާއްޖެ 1-8 ގެ ނަތީޖާއިން ބަލިވި މެޗުގެ ކުރިން އެ މެޗަށް ކަންތައްތައް ރޭވިފައި އޮތް ގޮތާ މެދު ކޯޗު ސުވާލުކުރުމުން އެއީ މުހިންމު މެޗެއް ނޫންކަމަށްބުނެ ވާންއޮތް ގޮތެއް ވާން ދޫކޮށްލީ ކީއްވެތޯއެވެ. މިވަރުން ކިހިނެއްތޯ ފުޓުބޯޅަ ކުރިއަރާނީ؟ މިއީ ހަމަ އުފެދޭ ސުވާލެވެ.

އެފްއޭއެމަށް ފީފާގެ ސަސްޕެންޝަނެއް އައުމަކީ ވަރަށް ގާތްކަމެއް ކަމަށް ތަކުރާރުކޮށް މި ކިޔަނީ ކަމެއް ނުވެއެއްނޫނެވެ. އެފްއޭއެމް އަކީ ސިޔާސަތުތައް ކަނޑައަޅާތަނެކޭ ބައްސާމް ވިދާޅުވިޔަސް އެތާ ތެރޭގައި ސިޔާސީ ކަމެއް ހިނގައިގެން ނުވާނެއެވެ. އެތަނުގެ ތެރޭގައި ހިނގަންވާނީ ފުޓުބޯޅައިގެ ކަންކަމެވެ. ވަކި ސިޔާސީ ޕާޓީއެއްގެ އޮފީހެއް އެތަނުގައި ހިންގިގެން ނުވާނެއެވެ. ވަކި ބަޔަކަށް މަންފާކޮއްދޭން އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެއްވެސް ކުޅިވަރެއް ތެރެއަށް ސިޔާސީ އެއްވެސް ކަމެއް ވަނުމަކީ އެއްވެސް މީހަކު ބޭނުންވާނެކަމެއް ނޫނެވެ. ކުޅިވަރާއި ސިޔާސީ ކަންކަން މިއީ ދެކަމެކެވެ. މި ދެކަން އެއްނުކުރެވޭނެއެވެ. އެހެން ނަމަވެސް މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެފްއޭއެމް ތެރެއަށް ސިޔާސީ ނުފޫޒު އިންތިހާއަށް ވަދެފައިވާކަމެވެ.

އެފްއޭއެމް އެވޯޑްސްގެ ތެރެއިން

ފުޓުބޯޅަ އާއިލާއޭ ކިޔާ އާއިލާއެއް މިހާރު ފެންނާކަށް ނެތެވެ. އެކަން އެންމެ ފަހުން ބޭއްވުނު އެފްއޭއެމް އެވޯޑުންވެސް ހާމަވެގެންދިޔައެވެ. ބާސެލޯނާ އަދި ސްޕެއިންގެ ތަރި ކާލޯސް ޕިޔޯލްއާއެކު ބޭއްވުނު އެވޯޑު ހަފްލާގެ ހާޒިރީ މާބޮޑަށްވެސް ދަށެވެ. އެވޯޑު ހަފްލާގައި ބައްސާމް ދެއްކެވި ބައެއް ވާހަކަތަކަށް ފުޓުބޯޅަ އާއިލާގައި ހިމެނޭ ފުންނާބު އުސް ގިނަ ބަޔަކު ރައްދު ދިނެވެ. ބައެއް މީހުން ފާޅުގައި ރައްދު ދިން އިރު، ދެން ތިބި މީހުން ރައްދު ދެއްވީ ނުސީދާކޮށެވެ. އެ މީހުން ބުނާގޮތުން ރާއްޖޭގެ ފުޓުބޯޅަ ދަނީ ފަހަތަށެވެ. ކުރިއަށްދާ މަންޒަރެއް ނުފެނެއެވެ.

އެފްއޭއެމް އިން ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނައެވެ. ދައުރު ހަމަވާއިރުވެސް ވަގުތު ނުލިބޭކަމަށް ބުނެ ޝަކުވާ ކުރުމަށްވުރެ ކަންކަން ހަމައަކަށް އެޅުވުން މާ މުހިންމެވެ. އަންނަ އަހަރަށް ޕްލޭންތަކެއް ހަދަން ޖެހެއެވެ. މިހާރުއްސުރެ އެކަންތައް ރާވާ އާންމުކުރަންޖެހެއެވެ. ރާއްޖޭގެ ފުޓުބޯޅަ ވެއްޓިފައިވާ މިވާ އަނދަވަޅުން ސަލާމަތްކުރަންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު