Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2018

އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ކޮށްގެން އިންތިޚާބަށް ދިއުމަކީ މޮޔަކަމެއް!

އިލެކްޝަންސް ކޮމިޝަނާ ހަވާލުވުމާ ހަމައަށް ޝަރީފް އުޅުއްވީ ޕީޕީއެމަށް މެމްބަރުން އިތުރު ކުރަން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 21 ޖޫން 2018 | ބުރާސްފަތި 13:03
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފަކީ ކޮން ބޭފުޅެއްކަން އެންމެ ރަނޅަށް އެނގޭނީ އެ ބޭފުޅާ އާއި ގާތް ބޭފުޅުންނަށެވެ. އެގޮތުން ޝަރީފަކީ ކޮންބޭފުޅެއްކަން އެންމެ ރަނގަޅަށް އެނގޭ އެއް ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީން ކަމަށް ވެދާނެއެވެ. އެއީ، ޝަރީފަކީ ރައީސް ޔާމީންގެ އަރިހުގައި އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ރައީސް ޔާމީން އިތުބާރު ކުރައްވާ ބޭފުޅެކެވެ. ރައީސް ޔާމީން ހަވާލު ކުރައްވާ ކަންކަން އިހުލާސްތެރި ކަމާއެކު ކޮށްދެއްވާ ބޭފުޅެކެވެ.

ސިޔާސީ ކަންކަމުގެ ތެރެއިން އެންމެ ފުރަތަމަ ޝަރީފް ފެނިގެން ދިޔައީވެސް ރައީސް ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސްއިންނެވެ. ރައީސް ޔާމީންގެ އަރިހުގައި ހުންނަވަނިކޮށެވެ. މީގެކުރިން އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި އުޅުއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ގޮނޑި ސަރުކާރުގެ ނުފޫޒާއެކު ސުޕްރީމް ކޯޓުން ގެއްލިފައިވާ ކަމަށް ނިންމުމާއެކު ތިމަރަފުށީ ދައިރާގެ ބައި އިލެކްޝަނުގައި ވާދަކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުން ވަކިވިއެވެ. ވަކިވިއިރު ވަކިވީ އެދާއިރާގެ ވޯޓުލުމުގެ ހައްގުލިބިގެންވާ މީހުންގެ ލިސްޓަށް ގޮތެއް ހަދާފަ ތޯއްޗެކެވެ. އިސާހިތަކުން އެގޮނޑި ޝަރީފް ކާމިޔާބު ކުރައްވައިފިއެވެ.

އެއަށްފަހު ދެން ބޭއްވި މަޖިލިސް އިންތިހާބުގައިވެސް ތިމަރަފުށި ދާއިރާއަށް ޝަރީފް ވާދަ ކުރެއްވިއެވެ. ވާދަކުރެއްވީ ވެސް ހަމަ އެއްކަލަ މުއްސަތަފާ އާއިއެވެ. އެ އިންތިޚާބުން ޝަރީފް ބަލިވުމާއި ގުޅިގެން ޕީޕީއެމްގެ ސަރުކާރުން ޝަރީފަށް ސިޔާސީ މަގާމުތައް ދެމުން ދިޔައެވެ.

އެންމެ ފާހަގަ ކޮށްލެވެނީ ސަރުކާރުގެ ކުންފުނި ފެނަކަ ކޯޕަރޭޝަންގައި ޝަރީފް ހޭދަކުރެއްވި ދުވަސްވަރާއި މިހާރު އިލެކްޝަންސް ކޮމިޝަނުގައި ހޭދަ ކުރައްވަމުން ގެންދަވާ ދުވަސްވަރު ކުރައްވަމުން ގެންދަވާ ކަންކަމެވެ.

މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ އިސް މުވައްޒަފުންތަކަކާއިއެކު ޝަރީފް ސްޓެލްކޯގައި ބައްދަލު ކުރެއްވިއެވެ. އެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ ދޮޅު އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި ކުރިއަށް އޮތް ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެހެން ދިމާލަށް ދާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޝަރީފް ވިދާޅުވެފައި ވަނީ އޭނާ ފެނަކައިގެ އެމްޑީގެ މަގާމަށް އައީ ދޮޅު އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި އެވާހަކަ މިހާތަނަށް އެއްވެސް މީހެއް ކައިރީ ވިދާޅުވެފައި ނުވާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވެފައިވަނީ އެހެން "އެސައިންމެންޓަކާ" ހަވާލުވެވަޑައިގެންނަވަން ޖެހިދާނެ ކަމުގެ އިޝާރާތެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ހަތަރުވަރަކަށް މަސް ތެރޭގައި އެހެން ދިމާއަކަށް ދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް ހަވާލުވާ އެ "އެސައިންމެންޓަކީ" އަދި ކޮބައިކަމެއް ޝަރީފް އެބޭފުޅުންގެ ގާތުގައި ވިދާޅެއް ނުވެއެވެ.

ޝަރީފް ވިދާޅުވާ ގޮތުން އޭނާ ފެނަކައާ ހަވާލުވީ ވަކި ކަންތައްތަކެއް ހާސިލް ކުރުމަށެވެ. ޝަރީފް ވިދާޅުވަނީ އޭނާގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ފެނަކައިގެ ހިންގުމަށް އައިސްފައިވާ ބަދަލު ސީދާކޮށް ބަލާ ބަޔަކަށް ނުފެނި ދާނެކަމަށެވެ. ސަބަބަބަކީ ފެނަކައަށް އައިސްފައިވާ ބަދަލުތަކަކީ ސީދާ ގޮތުން އައިސްފައިވާ ނުވަތަ ގެނެސްފައިވާ ބަދަލުތަކެއް ކަމަށް ނުވުމެވެ. ޝަރީފް އެވިދާޅުވަނީ ރަނގަޅު ވާހަކައެކެވެ. ފެނަކަ މެދުވެރިވެގެން ވަކި ބަޔަކު ބޮޑެތި މަހުޖަނުންނަށް ވެއްޖެއެވެ. ފެނަކައިގެ މައިގަނޑު މަސައްކަތަކީ ރާއްޖޭގެ ރަށްތަކަށް ފެނާއި ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުމެވެ. އެކަން ހަދާން ނައްތާލާ ވިޔަފާރީގެ ބޮޑެތި ޑީލްތައް ހަދަމުންދިޔައިރު، 24 ގަޑިއިރު ކަރަންޓް ޔަޤީންވެގެންގޮސް ގިނަ ރަށްރަށުން ކަރަންޓް ކެނޑެނީއެވެ. މާލެއިން ދެއިރު ދެދަޅައަށް ކަރަންޓް ކެނޑޭ ދުވަސްދުވަސްވެސް ދިޔައެވެ. ފެނަކައިގެ މުވައްޒަފުންނަށް ޕީޕީއެމްގެ ހަރަކާތްތަކުގައި ޝާމިލުވެގެން އުޅެން ޖެހިއްޖެއެވެ. އޮފީހުގައި ހޭދަ ކޮށްލާނެ ވަގުތު ކޮޅެއްވެސް ނުލިބެއެވެ. އެންމެފަހުން މެނޭޖިންގް ޑިރެކްޓަރ ޝަރީފްވެސް މަގުމަތީގައި ޕީޕީއެމް ފޯމް ބޮނޑިއެއް ހިފައިގެން އެފުރުއްވަން އުޅުއްވިއެވެ. މިފެންވަރަށް ޝަރީފާއި ފެނަކައިގެ ހާލަތު ވެއްޓިފައި ވަނިކޮށް، އެއްކަލަ ހަތަރުމަސް ނިމި، އެއްކަލަ ވަރުގަދަ "އެސައިންމަންޓް" ހަވާލު ކޮށްފިއެވެ.

އާދެ، އިލެކްޝަންސް ކޮމިޝަން، ޝަރީފުއާ ހަވާލުކޮށްފިއެވެ. ކުރިއަށް އޮތީ ރިޔާސީ އިންތިޚާބެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމާއި ހަވާލުވުމާއި ހަމައަށް ޝަރީފް އުޅުއްވީ ޕީޕީއެމަށް މެމްބަރުން އިތުރު ކުރުމަށާއި ރައީސް ޔާމީންގެ ކެމްޕެއިންގެ ހަރަކާތްތަކުގައެވެ.

އެހެންވީމާ ރައީސް ޔާމީންގެ ކެމްޕެއިން ހިންގާ ޖަގަހަތަކުގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާއި އޮފިޝަލުން ވަޑައިގެން އުޅުއްވާ ކަމުގެ އަޑުތައް ފެތުރުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އަދި އަމުދުން ޝަރީފް ވިދާޅުވާގޮތަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި ޝަރީފް ހުންނެވުމެކޭ ރައީސް ޔާމީން އެމަގާމުގައި ހުންނެވުމެކޭ އެއްވެސް ތަފާތެއް ނުފެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސީހުގެ އިތުބާރު ނެތްކަމުގެ އަލުން ކުރިއަށް ގެންދަންޖެހޭނެތަ؟

މަސީހުގެ އިތުބާރު ނެތްކަމުގެ އަލުން ކުރިއަށް ގެންދަންޖެހޭނެތަ؟

02 ފެބުރުއަރީ 2018
ސީޕީ އަރީފަށް: ތިޔަ އިތުބާރުގެ މަޅިއަކީ އާ މަޅިއެއް ނޫނެވެ.

ސީޕީ އަރީފަށް: ތިޔަ އިތުބާރުގެ މަޅިއަކީ އާ މަޅިއެއް ނޫނެވެ.

29 ޖެނުއަރީ 2018
ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން މޮޅެއް ނުލިބޭ، ފެންނަނީ ސަރުކާރު ރޭރުވާތަން!

ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން މޮޅެއް ނުލިބޭ، ފެންނަނީ ސަރުކާރު ރޭރުވާތަން!

10 ޖެނުއަރީ 2018
ޑިވައިޑް އެންޑް ރޫލް: ބައިބައިކޮށްގެން ވެރިކަން ކުރުމުގެ ފަލްސަފާ!

ޑިވައިޑް އެންޑް ރޫލް: ބައިބައިކޮށްގެން ވެރިކަން ކުރުމުގެ ފަލްސަފާ!

23 އޮކްޓޯބަރު 2017
ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!

ކެންޔާގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބަށް ނަޒަރެއް!

23 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު