Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްލޭނިން މިނިސްޓްރީ

ރަނގަޅު މައުލޫމާތު ނެތި ކުރާ ކޮންމެ ކަމެއްގައި ނުރަނގަޅު އެތައް ކަމެއް އެކުލެވޭނެ: މިނިސްޓަރ އަސްލަމް

24 ޖެނުއަރީ 2019 | ބުރާސްފަތި 12:31

ވަރަށް ގިނަ މިނިސްޓްރީތަކުންވެސް ޑޭޓާއާއި މައުލޫމާތުތަށް އެއްކުރޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 24 ޖެނުއަރީ 2019 | ބުރާސްފަތި 12:31
ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް

ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް

ރަނގަޅު މައުލޫމާތު ނެތި ކުރާ ކޮންމެ ކަމެއްގައި ނުރަނގަޅު އެތައް ކަމެއް އެކުލެވޭނެ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ތަފާސް ހިސާބުގެ އަހަރީ ފޮތް ލޯންޗްކުރުމަށް ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދަޅުވީ ވަރަށް ގިނަ މިނިސްޓްރީތަކުންވެސް ޑޭޓާއާއި މައުލޫމަތުތަށް އެއްކުރާ ކަމަށާއި ނަމަވެސް އެއްކުރާ މައުލޫމާތު އެހެންފަރާތްތަކުގެ ބޭނުމަށް ދޭންބޭނުން ނުވާކަމަށެވެ. އެގޮތުން ސައިންޓިފިކް ޑޭޓަރތައްވެސް އެހެން ބަޔަކަށް ޝެއާކުރަން ބޭނުން ނުވާކަމަށާއި ބައެއް މީހުން އެ މައުލޫމާތުތަށް ހިފަހަށްޓާކަމަށެވެ. ނަމަވެސް އެއްކުރާ މައުލޫމަތުތަށް އެއްތަނަކަށް ޖަމާކޮށްގެން ތިބުމުން އޭގެ މަންފާ އެބަޔަކަށް ނުކުރާނެކަން ފަހަގަ ކުރައްވާ އަސްލަމް ވިދާޅުވީ ކޮންމެ ބަޔަކުވެސް އަދި ކޮންމެ މިނިސްޓްރީއަކުންވެސް އެކި ކަހަލަ މައުލޫމާތުތަށް ބޭނުންވާ ހިނދު އެބަޔަކަށް އެ ފޯރުކޮށްދޭން ޖެހޭކަމަށެވެ.

Advertisement - newsAdvertisement

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ޝަހުދާ ވިދާޅުވީ އެ ބިއުރޯގެ ފަރާތުން ކުރިއަށްގެންދާ މަސައްކަތަކީ ރާއްޖޭގެ ތަފާސް ހިސާބު ތަރަށްގީ ކުރާނެ ދުރު މުސްތަގުބަލްގެ ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށާއި މިހާރު އެކުލަވާލާފައިވާ ޕްލޭންގެ މުއްދަތު 2019 އާއި ހަމައަށް ހަމަވާނެ ކަމަށެވެ. އަދި މިހާރު ތައްޔާރުވަމުންދަނީ 2020 އިން ފެށިގެން 2030 އަހަރާއި ހަމައަށް ރާއްޖޭގެ ތަފާސް ހިސާބު ތައްޔާރު ކުރާނެގޮތުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭނުމަކީ އެވިޑެންސް ޕޮލިސީމޭކިންނަށް މަގުފަހިވާކަހަލަ ގޮތަކަށް މައުލޫމާތުގެ އަލީގައި ކަންކަން ނިންމަން ބާރުއަޅާދޭކަހަލަ ގޮތްތަކެއް. މި ޕްލޭންގެ ޒަރީއާއިން މިކަމަށް ހުރިގޮންޖެހުންތަކާއި ބެހޭގޮތުން އެސެސްމެންޓްތަކެއް ކޮންމެވެސް ވަރަކަށް ހެދިފައި މިހިރީ. ޔޫ.އެނާއި އެސްކެޕުންނާއި އަދި އެކިއެކި ބޭފުޅުންގެ އިންޑިޕެންޑެންޓް ރިވިއުއެއްވެސް ވަނީ ހަދާފަ. މިހާރު މިހެދެނީ އިދާރީގޮތުން ސަރުކާރުގެ ތެރޭގައި އެއްކުރެވިފައި ހުރި މައުލޫމާތު ތަކުން ތަފާސްހިސާބު ނެރެވޭނެ ގޮތްތަކުގައި ހުރި ގޮންޖެހުންތަށް ދިރާސާކުރާނެގޮތްތަށް." ނޭޝަނަލް ބިއުރޯއޮފް ސްޓެޓިކްސްގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ޝަހުދާ ވިދާޅުވިއެވެ.

މި މަސައްކަތުގައި އެހީތެރިވަނީ ޕެރިސް 21ގެ ފަރާތުން އެތަނުގެ ކޮންސަލްޓެންޓުން ކަމަށެވެ.

ތަފާސް ހިސާބުގެ އަހަރީ ފޮތް ނެރެދެއްވީ މިނިސްޓަރ އަސްލަމެވެ. ތަފާސް ހިސާބުގެ އަހަރީފޮތަކީ އެކި ވުޒާރާތަކުން އެކި ދާއިރާތަކާއި ގުޅޭގޮތުން ލިބެންހުރި މައުލޫމަތު ތަކުގެ މަށްޗަށް އެކުލަވާލައިގެން ކޮންމެ އަހަރަކު އެއްފަހަރު ނެރެމުންދާ ސީރީޒްއެކެވެ. މިއަދު ނެރުނީ އެ ސިލްސިލާގެ ޕޮކެޓް ބުކްގެ ހާޑް ކޮޕީ އެއްކަމަށް އެބިއުރޯއިން މައުލޫމަތު ދެއެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް