Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޮންޒާލޯ ހިގުއެން

ލޯން އެއްބަސްވުމެއްގެ ދަށުން ހިގުއެން ޗެލްސީއަށް ބަދަލުވެއްޖެ

24 ޖެނުއަރީ 2019 | ބުރާސްފަތި 07:25

ހިގުއެން ޗެލްސީއަށް ބަދަލުވީ ގިނަ ކްލަބްތަކުން އޭނާއަށް ފާރަލަނިކޮށް

ލީވާން އަލީ
ލީވާން އަލީ | 24 ޖެނުއަރީ 2019 | ބުރާސްފަތި 07:25
ގޮންޒާލޯ ހިގުއެން (ވ) ޗެލްސީއަށް ބަދަލުވުން

ގޮންޒާލޯ ހިގުއެން (ވ) ޗެލްސީއަށް ބަދަލުވުން

ލޯން އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއެން ޗެލްސީއަށް ބަދަލުވެއްޖެއެވެ.

ޔުވަންޓަސްގެ ލޯނެއްގެ ދަށުން މި ސީޒަނުގައި ހިގުއެން އޭސީ މިލާނަށް ކުޅެމުންދިޔަ ނަމަވެސް އެ ލޯން ކެންސަލްކޮށް، ޔުވަންޓަސްއިން ވަނީ ލޯނެއްގެ ދަށުން މި އަހަރުގެ ނިޔަލަށް ހިގުއެން ޗެލްސީއަށް ދޫކޮށްފައެވެ.

ލޯނެއްގެ ދަށުން މިއަހަރުގެ ނިޔަލަށް ހިގުއެން ޗެލްސީއަށް ދޫކުރި ނަމަވެސް އެއްބަސްވުމުގައިވާ ގޮތުން 31.6 މިލިއަން ޕައުންޑު ޔުވަންޓަސްއަށް ދިނުމަށްފަހު ހިގުއެން ގަތުމުގެ ފުރުސަތު ޗެލްސީއަށް އެބައޮތެވެ. އަދި 15.7 މިލިއަން ޕައުންޑު ދިނުމަށްފަހު 2020 ވަނަ އަހަރުގެ ނިޔަލަށް ހިގުއެންގެ ލޯން އެއްބަސްވުން އާކުރުމުގެ ފުރުސަތު ޗެލްސީއަށް އޮންނާނެއެވެ.

ޗެލްސީއާ ގުޅުމަށްފަހު ހިގުއެން ބުނީ، ޗެލްސީފަދަ ކްލަބަކާ ގުޅުމަށް ލިބޭ ފުރުސަތަކީ ދޫކޮށްލެވޭވަރުގެ ފުރުސަތެއް ނޫން ކަމަށާއި، އަބަދުވެސް ޗެލްސީއަށް ކުޅެން ބޭނުންވެފައި ހުރި ކަމަށެވެ.

އުމުރުން 31 އަހަރުގެ ހިގުއެން ޗެލްސީއަށް ކުޅޭ ފުރަތަމަ މެޗަށް ވެގެންދާނީ ބުރާސްފަތި ދުވަހު ލީގް ކަޕްގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅޭ މެޗެވެ. ހިގުއެން ބޭނުންކުރާނީ ނުވަ ނަމްބަރު ޖޯޒީއެވެ.

ރިވާ ޕްލޭޓުން 2004 ވަނަ އަހަރު ކެރިޔަރު ފެށި ހިގުއެން ވަނީ އެ ކްލަބަށް 41 މެޗު ކުޅެ، 15 ލަނޑު ކާމިޔާބުކޮށްފައެވެ. އެއަށްފަހު އޭނާ ބަދަލުވީ 2006 ވަނަ އަހަރުގެ ސީޒަނުގައި ރެއާލްއަށެވެ.

އޭނާ ވަނީ ރެއާލްއަށް ކުޅުނު 264 މެޗުގައި 121 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ރެއާލްއާއެކު ހިގުއެން ވަނީ ތިން ލަލީގާ، އެއް ކޮޕާޑެލްރޭ އަދި ދެ ސްޕެނިޝް ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

ރެއާލް ދޫކޮށް ހިގުއެން ދެން ގުޅުނީ 2013 ވަނަ އަހަރުގެ ސީޒަނުގައި ނަޕޯލީއާ އެވެ. އޭނާ ވަނީ ނަޕޯލީއަށް ކުޅުނު 146 މެޗުގައި 91 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ކޮޕާ އިޓަލިއާ އަދި އިޓާލިއަން ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

ހިގުއެން ވަނީ 2016 ވަނަ އަހަރުގެ ސީޒަނުގައި ޔުވަންޓަސްއަށް ބަދަލުވެ އެޓީމަށް ކުޅުނު 105 މެޗުގައި 55 ލަނޑު ކާމިޔާބުކޮށް، ދެ ލީގު ތަށި އަދި ދެ ކޮޕާ އިޓަލިއާ ކާމިޔާބުކޮށްފައެވެ.

އާޖެންޓީނާއާއެކު 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ދެވަނަ ހޯދި ހިގުއެން ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 75 މެޗުގައި 31 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް

17 އެޕްރީލު 2017
ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީއަށް އިތުރު ހާސްކަމެއް
08 އެޕްރީލު 2017

ނިއުރޭޑިއަންޓްގެ ފުޓްބޯލް އެކަޑަމީ ލޯންޗްކޮށްފި

08 އެޕްރީލު 2017
ނިއުރޭޑިއަންޓްގެ ފުޓްބޯލް އެކަޑަމީ ލޯންޗްކޮށްފި
19 މާރިޗު 2017

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017
ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް
07 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

07 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި
25 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

09 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި
02 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް