Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)

އީސީއިން ޕީއެންސީއާ ޒާތީވެފައިވާ ކަމަށް އަބްދުއްރަހީމް ތުހުމަތުކުރައްވައިފި

23 ޖެނުއަރީ 2019 | ބުދަ 11:39

5000 ފޯމްގެ ތެރެއިން ސައްހަވެފައިވަނީ 2300 ފޯމް ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 23 ޖެނުއަރީ 2019 | ބުދަ 11:39
ޕީއެންސީ ރެޖިސްޓްރީ ކުރުމުގައި ގާނޫނީ ގޮތުން ދެވެން އޮތް ހުރިހާ މަގަކުން ދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައި

ޕީއެންސީ ރެޖިސްޓްރީ ކުރުމުގައި ގާނޫނީ ގޮތުން ދެވެން އޮތް ހުރިހާ މަގަކުން ދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައި

ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތް ކުރައްވަމުން އަންނަ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އާ އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ޒާތީވެފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންސްއާ ދޭތެރޭ ޕީއެންސީން ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އެ ޕާޓީން ބުދަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ޕާޓީ ރެޖިސްޓްރީ ނުވެ ލަސްވަމުންދަނީ، އީސީން އެ ޕާޓީއާ މެދު ޒާތީކޮށް އަމަލުކުރަމުންދާތީ ކަމަށެވެ.

Advertisement - newsAdvertisement

ޕީއެންސީ އުފެއްދުމުގައި އިސްކޮށް ހުންނަވާ ފަރާތް ކަމަށްވާ އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ އިން އީސީއަށް ހުށަހަޅާފައިވާ މެމްބަރޝިޕް ފޯމްތައް ސައްހަ ނޫން ކަމަށް ބުނެ، ކެންސަލްކުރަމުންދާތީ، އެއީ އުސޫލީ މައްސަލައެއްތޯ އޮޅުން ފިލުއްވުމަށް އިސީގެ މެމްބަރު އިސްމާއިލް ހަބީބަށް ގުޅުއްވުމުން ޕީއެންސީގެ ފޯމްތައް ސައްހަކަން ކަށަވަރުނުވެ ލަސްވަމުން ދަނީ "ޒާތީ" މައްސަލައެއް ޕީއެންސީއާ މެދު އޮވެގެން ކަމަށް ހަބީބު ވިދާޅުވެފައިވާ ކަމަށެވެ.

އީސީ އިން އެ ޕާޓީއާ މެދު ޒާތީ ވެފައި ވަނީ ކޮން ސަބަބަކާ ހެދީތޯ ރާއްޖެ އެމްވީން ސުވާލު ދެންނެވުމުން އަބްދުއްރަހީމް ވިދާޅުވެފައި ވަނީ "ރިޔާސީ އިންތިޚާބުގެ އަމަލުތައް" ކަމަށެވެ. އަބްދުއްރަހީމް އާއި ޕީޕީއެމްގެ ލީޑަރޝިޕުން ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބު އެ ޕާޓީއަށް ނާކަމިޔާބުވުމުން އީސީގެ މެމްބަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް، އީސީގެ މެމްބަރުންގެ ބޮލުގައި ބޮޑެތި ތުހުމަތުތައް އަޅުވާފައެވެ.

ޕީއެންސީގެ ގިނަ މެމްބަރޝިޕް ފޯމްތައް ސައްހަ ނޫން ކަމަށް އީސީން ނިންމުމާ ގުޅިގެން އަބްދުއްރަހީމް ވަނީ އީސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަބްދުއްރަހީމް ވިދާޅުވީ މި މަހުގެ 9 ވަނަ ދުވަހު 4000 ފޯމް އިސީއަށް ހުށަހެޅިއިރު، އޭގެ ތެރެއިން އީސީއިން ސައްހަ ކަމަށް ކަނޑައެޅީ 1945 ފޯމް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ސިޔާސީ ޕާޓީއެއް ރެޖިސްޓްރީ ކުރާ ނަމަ ސައްހަ 3000 ފޯމް ހުށަހަޅަންޖެހެއެވެ.

"މައްސަލަތައް ޖެހިފައިވާ ފޯމްތައް ދިނުމަށް އީސީގައި އެދުނިން. ދޭނަމޭ ބުނި. އަދިވެސް ނުލިބޭ" އަބްދުއްރަހީމް ވިދާޅުވިއެވެ.

އީސީއިގެ އެދުމުގެ މަތިން އަނެއްކާ ވެސް އާދީއްތަ ދުވަހު އިތުރު 1100 ފޯމް އީސީ އަށް ހުށަހެޅި ކަމަށާއި، އެ ފޯމްތަކުގެ ތެރެއިން ވެސް ސައްހަ ކަމަށް އީސީން ނިންމާފައި ވަނީ އެންމެ 300 ފޯމް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އީސީއަށް ޖުމްލަ 5000 ފޯމް ހުށަހެޅިއިރު، އޭގެ ތެރެއިން އެންމެ 2300 ފޯމް ސައްހަ ކަމަށް އީސީ އިން ނިންމުމުން، އެއީ "ޒާތީވުން" ނޫންތޯ އަބްދުއްރަހީމް ވަނީ ސުވާލު އުފައްދަވާފައެވެ. އަބްދުއްރަހީމް ވަނީ އީސީއިން އެ ޕާޓީއާ މެދު އަމަލުކުރަމުންދާ ގޮތުން އެ ޕާޓީ އަވަސް މުސްތަގްބަލެއްގައި ރަޖިސްޓްރީ ވާނެ ކަމާ މެދު ސުވާލު އުފައްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީ މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ބާއްވާ ނިންމަންޖެހޭއިރު، ޕީއެންސީ ރެޖިސްޓަރ ކުރުން އީސީން ލަސްކުރަނީ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީއަށް ގެއްލުވާލުމަށް ކަމަށް އަބްދުއްރަހީމް ވަނީ ތުހުމަތުކުރައްވާފައެވެ.

"ރައީސް ޔާމީންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުމުގެ ގޮތުން އީސީއިން އެހެން ހަދަނީ" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީ ރެޖިސްޓްރީ ކުރުމުގައި ޤާނޫނީ ގޮތުން ކުރިއަށް ދެވެން އޮތް، ހުރިހާ ގޮތަކުން ކުރިއަށްދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

16 ޖުލައި 2017

މި ޤައުމާއި ރައްޔިތުންނަށް އެންމެ މަސްލަހަތު އޮތް ގޮތަކީ ރައީސް ޔާމީނާއެކު ކުރިއަށް ދިއުން: އަބްދުއްރަހީމް

16 ޖުލައި 2017
މި ޤައުމާއި ރައްޔިތުންނަށް އެންމެ މަސްލަހަތު އޮތް ގޮތަކީ ރައީސް ޔާމީނާއެކު ކުރިއަށް ދިއުން: އަބްދުއްރަހީމް
11 ޖުލައި 2017

އަޅުގަނޑުމެންގެ މެމްބަރުންގެ ގޮނޑިތައް ގެއްލުނަސް މައްސަލައެއް ނެތް: އަބްދުއްރަހީމް

11 ޖުލައި 2017
އަޅުގަނޑުމެންގެ މެމްބަރުންގެ ގޮނޑިތައް ގެއްލުނަސް މައްސަލައެއް ނެތް: އަބްދުއްރަހީމް
10 ޖުލައި 2017

ޕާޓީ ބަދަލުކުރުމަކީ ގޮނޑި ގެއްލެންޖެހޭ ކަމެއް ކަމަށް އަބަދުވެސް ގަބޫލުކުރަން: އަބްދުއްރަހީމް

10 ޖުލައި 2017
ޕާޓީ ބަދަލުކުރުމަކީ ގޮނޑި ގެއްލެންޖެހޭ ކަމެއް ކަމަށް އަބަދުވެސް ގަބޫލުކުރަން: އަބްދުއްރަހީމް
06 ޖުލައި 2017

ގޮނޑި ގެއްލޭ ގޮތަށް ކޯޓުން ކަނޑައަޅަން ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުން ތާއީދު ނުކުރޭ: އަބްދުއްރަހީމް

06 ޖުލައި 2017
ގޮނޑި ގެއްލޭ ގޮތަށް ކޯޓުން ކަނޑައަޅަން ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުން ތާއީދު ނުކުރޭ: އަބްދުއްރަހީމް
16 ޖޫން 2017

ރައީސް މައުމޫނަށް އަމާޒު ކޮށް އަބްދުއްރަހީމް އެއްލެވި ގާގަނޑު އަނބުރާ އައިކޮޅަށް ޔުމްނާ ފޮނުއްވާލައްވައިފި!

16 ޖޫން 2017
ރައީސް މައުމޫނަށް އަމާޒު ކޮށް އަބްދުއްރަހީމް އެއްލެވި ގާގަނޑު އަނބުރާ އައިކޮޅަށް ޔުމްނާ ފޮނުއްވާލައްވައިފި!
06 ޖޫން 2017

އީސީއިން ޖޭޕީ އުވާލުމާއި ދިމާލަށްވެސް ގޮސްދާނެ: ހުސެއިން ރަޝީދު

06 ޖޫން 2017
އީސީއިން ޖޭޕީ އުވާލުމާއި ދިމާލަށްވެސް ގޮސްދާނެ: ހުސެއިން ރަޝީދު
13 މެއި 2017

އަބްދުއްރަހީމް ކުރީގެ ދެ ރައީސުންނަށް ވަރުގަދަ ރައްދެއް

13 މެއި 2017
އަބްދުއްރަހީމް ކުރީގެ ދެ ރައީސުންނަށް ވަރުގަދަ ރައްދެއް
20 މާރިޗު 2017

ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި

20 މާރިޗު 2017
ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް