Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް މެންބަރުން ވަކިވުން

ޕާޓީ ބަދަލުކުރުމަކީ ގޮނޑި ގެއްލެންޖެހޭ ކަމެއް ކަމަށް އަބަދުވެސް ގަބޫލުކުރަން: އަބްދުއްރަހީމް

ބަންޑާރަ ނައިބު ވަނީ މެންބަރުންގެ ގޮނޑި ގެއްލެންޖެހޭނެ ގޮތްތަކެއް ހިމެނޭ މައްސަލައެއް ސުޕްރީމްކޯޓަށް ވައްދާފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 10 ޖުލައި 2017 | ހޯމަ 11:26
މެންބަރު އަބްދުއްރަހީމް އަބްދުﷲ

މެންބަރު އަބްދުއްރަހީމް އަބްދުﷲ

މަޖިލީހުގެ މެންބަރުން އެ މެންބަރަކު އިންތިހާބު ކުރި ޕާޓީން ބަދަލު ކުރުމަކީ ގޮނޑި ގެއްލެންޖެހޭ ކަމެއް ކަމަށް އަބަދުވެސް ގަބޫލު ކުރައްވާ ކަމަށް ފޮނަދޫ ދައިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ޓްވީޓް ކުރައްވާފައިވާއިރު ބަންޑާރަ ނައިބު ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީއަކުން އިންތިޚާބް ވުމަށްފަހު އެ ޕާޓީން ވަކިވުމާއި، ޕާޓީ ބަދަލަކުރުމާއި އަދި ޕާޓީން ވަކިކުރާ ހާލަތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

Advertisement - newsAdvertisement

ނަމަވެސް މި މައްސަލަ ހުށަހަޅަން އުޅޭކަން އެނގުމާ ގުޅިގެން މީގެ ކުރިން ރާއްޖެއެމްވީން ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވެފައި ވަނީ ޕާޓީ ބަދަލު ކުރާ މެމްބަރުން ނުވަތަ ޕާޓީގެ ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކޯޓުން ކަނޑައަޅަން ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުން ތާއިދު ނުކުރާ ކަމަށެވެ. އެފަދަ އެއްވެސް މަޝްވަރާއެއް ޕީޕީއެމް ޕީޖީ ގުރޫޕްގައި ކުރެވިފައި ނުވާ ކަމަށާއި އަދި އެފަދަ އެއްވެސް މައްސަލަ އެއް ޕީޕީއެމްގެ ފަރާތުން ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީންގެ ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް ވެސް ވަނީ ގޮނޑި ގެއްލޭ ގޮތަށް ހެދުމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މައްސަލަ ހުށަހަޅުއްވަމުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ޕާޓީއަކަށް ތާއީދުކޮށް، އެ ފިކުރު ޕްރޮމޯޓްކުރާނެ ކަމުގެ ޔަގީންކަންދީގެން އެ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކޮށް، އެ ސިޔާސީ ފިކުރު ރައްޔިތުންނަށް ވިއްކައިގެން، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރެއްގެ ގޮތުގައި އިންތިޚާބުވުމަށް ފަހު އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން ނުވަތަ ފްލޯ ކްރޮސް ކުރުމަކީ އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ސިޔާސީ ފިކުރާއި ޚިލާފުވެ އެ ރައްޔިތުންނާއި ޕާޓީއަށް އޮޅުވާލުން ކަމަށެވެ. އެއީ އިންތިޚާބުކޮށްދިން ރައްޔިތުންނާއެކު ހެދިފައިވާ އިޖުތިމާއީ އަގުދާ ޚިލާފުވުން ކަމަށް އަނިލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް މިފަދަ ގޮތަކަށް ޓްވީޓް ކުރައްވާފައިވާ އިރު އެ ޕާޓީއަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް ވަނީ ހޯމަ ދުވަހު ޕާޓީން ވަކިވެވަޑާއިގެންފަ އެވެ.

އެގޮތުން މައްޗަންގޯޅި ދެކުނު ދައިރާގެ މެންބަރު އަބްދުﷲ ސިނާން އާއި އިހަވަންދޫ ދައިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ތިމަރަފުށީ ދައިރާގެ މެންބަރު މުހައްމަދު މުސްތަފާގެ އިތުރުން ތިނަދޫ އުތުރު ދައިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި މަހިބަދޫ ދައިރާގެ މެންބަރު އަހްމަދު ތޯރިގާއި ތިނަދޫ ދެކުނު ދައިރާގެ މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ވެސް ވަނީ ވަކިވެވަޑައިގެންފަ އެވެ.

މަޖީލީޙުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން މެންބަރުން ސޮއި ހުށަހެޅި ލިސްޓުގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނޭ 11 މެންބަރުން ހިމެނިފައިވާ އިރު މިހާރަނަށް މި ލިސްޓުގައި ހިމެނޭ 10 މެންބަރުން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވި އިރު އެހެން ޕާޓީތަކުންނާއި އަމިއްލަ ގޮތުން ހޮވިވަޑައިގެންނެވި ގިނަ މެންބަރުންތަކެއް ޕީޕީއެމްގައި ވެސް އެބަ ތިއްބެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު