Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގދ ފަރެސްމާތޮޑާ

ފަރެސްމާތޮޑާ ދާއިރާގެ ޕްރައިމަރީގެ މައްސަލަތަކަށް ގޮތެއް ނިންމުމަށް ޤައުމީ މަޖިލީހަށް ހުށަހަޅަނީ

21 ޖެނުއަރީ 2019 | ހޯމަ 13:53

އެމައްސަލަތައް އިތުރު ހެއްކާ އެކު ވަނީ ހުށަހަޅާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖެނުއަރީ 2019 | ހޯމަ 13:53
ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދަނީ

ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދަނީ

ފަރެސްމާތޮޑާ ދާއިރާގެ ވޯޓުފޮށިތަކުގެ މައްސަލަ ގައުމީ މަޖިލީހުން ގޮތެއް ނިންމުމަށް، ޕާޓީގެ ޗެއާޕާސަނަށް ހުށަހެޅުމަށް އެމްޑީޕީ މަޖިލިސް ޕްރައިމަރީއާގުޅޭ ޝަކުވާ ކޮމިޓީން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ ވޯޓު ލީ ދުވަހު، 48 ފަރާތަކުން ގދ. ރަތަފަންދޫގައި ވޯޓު ކަރުދާސް ފާޅުގައި ދެއްކި ކަމަށް ފަރެސްމާތޮޑާ ދާއިރާގެ ކެންޑިޑޭޓް، ޢަލީ ޝާމް، ޝަކުވާ ކޮމިޓީއަށް ހުށަހެޅުމުން، މި މައްސަލަ ބެލެން ނެތް ކަމަށް ކަނޑައަޅާފައި ވަނިކޮށް، ދާއިރާގެ އެހެން ކެންޑިޑޭޓުން ކަމުގައިވާ ޙަމްދޫން ޢަބްދުﷲ އާއި ފަރީޝާ ޢަބްދުﷲ ވެސް މި މައްސަލަ އާއި އަދި އެހެން މައްސަލަތަކެއް އިތުރު ހެއްކާ އެކު ހުށަހަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެމްޑީޕީން ބުނީ މި ދެ ބޭފުޅުން ވަކިވަކި ހުށަހެޅުއްވި ޝަކުވާގައި ބުނެފައި ވަނީ ވޯޓަކީ ސިއްރު ވޯޓެއް ކަމުގައިވީ ނަމަވެސް، ރަތަފަންދޫގައި ވޯޓުލީ ބައެއް ފަރާތްތަކުން ވޯޓުކަރުދާހުގައި ފާހަގަ ލުމަށް ފަހު އެ ވޯޓު ކަރުދާސް ވޯޓުލާ މަރުކަޒުގެ ބޭރުގައި ތިބި ފަރާތްތަކަށް ދައްކާފައިވާ ކަމަށެވެ. މިކަން މިހެން ހިނގަމުން ދިޔަ ނަމަވެސް އެކަން ވަނީ ނުހުއްޓުވި ކަމަށް ފާހަގަކޮށްފައި ވެއެވެ. އަދި ރަތަފަންދޫގައި ބެހެއްޓި ފޮށްޓައް ލައިފައިވާ ވޯޓެއް ނަގައި، ވޯޓު ކަރުދާސް ވީދާލުމަށް ފަހު އަލުން އިތުރު ކަރުދާހެއް ހޯދައި ވޯޓުލައިފައިވާ ކަމުގެ ޝަކުވާ ވެސް ހުށަހަޅާފައިވާ ކަމަށެވެ.

އެމްޑީޕީން ބުނީ މާލޭގައި ވޯޓުލީ މަރުކަޒު ކަމުގައިވާ އަމީނިއްޔާ ސްކޫލުގެ ކްލާސް 6ޑީ ގައި ހުރި ފޮށްޓަށް، ގަދަވެ ސަލާމަތުން ހުރި މީހަކުގެ ވޯޓު، އެހެން ފަރާތަކުން ލުމާއި ދެ މީހެއްގެ ވޯޓުގައި އެކަކު ފާހަގަ ޖެހުމުގެ މައްސަލަ ވެސް ހުށަހަޅާފައިވާ ކަމަށެވެ.

ކޮމިޓީއަށް ބަޔާންދިން މީހުންގެ ބަޔާންތަކަށް އަލިއަޅުއްވާލައްވާ އެމްޑީޕީން ބުނީ ވޯޓުލުމަށް އެއް ދުވަހަށް ވެފައި ވަނިކޮށް ރަތަފަންދޫގެ ގޭބިސީތަކަށް 5000 ރުފިޔާގެ މަގުން، އެހެން ޕާޓީތަކުން ބަހާފައިވާކަމަށާއި، ވަކި ކެންޑިޑޭޓެއް ހޮވުމަށް އެހެން ޕާޓީތަކުން 6 ލައްކަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، މި މައްސަލަތަކަށް ގޮތެއް ނިންމައި، ދާއިރާއިން އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓުކަމުގައިވާ ފަތުޙުﷲ އަޙްމަދުގެ ކެންޑިޑަސީ ބާޠިލު ކުރުމަށް ނުވަތަ ވޯޓު އަލުން ނެގުމަށް ޤައުމީ މަޖިލީހުން ގޮތެއް ނިންމުމަށްޓަކައި މި މައްސަލަ އެ މަޖިލީހަށް، ޗެއާޕާސަން މެދުވެރިކޮށް، ހުށަހަޅާފައިވާ ކަމަށް އެމްޑީޕީގެ ޝަކުވާ ކޮމިޓީން ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް