Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ކޯލިޝަނަށް އެންމެ ފައިދާ ބޮޑީ ބޮޑާނުހާކައި ރައްޔިތުންގެ ވޯޓު ހޯދުން!

21 ޖެނުއަރީ 2019 | ހޯމަ 13:47

އެންމެ މޮޅު ގޮތަކީ ހުރިހާ ދާއިރާއަކަށް ހުރިހާ ޕާޓީއަކުން ވާދަކުރުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 21 ޖެނުއަރީ 2019 | ހޯމަ 13:47
ރައްޔިތުންގެ މަޖިލިސް - ކޯލިޝަންގައި ރެނދުލާފައި ވަނީ މަޖިލީހަށް ވާދަކުރުމާ ގުޅޭ ގޮތުން ދެބަސްވެގެން

ރައްޔިތުންގެ މަޖިލިސް - ކޯލިޝަންގައި ރެނދުލާފައި ވަނީ މަޖިލީހަށް ވާދަކުރުމާ ގުޅޭ ގޮތުން ދެބަސްވެގެން

ރައްޔިތުން ނުކުމެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރީ ޤައުމުގެ އަޣުލަބިއްޔަތު ރައްޔިތުންނަށް އެ ވެރިކަން ކަމުނުގޮސްގެންނެވެ. އެ ސަރުކާރުން ރައްޔިތުންނަށް ޚިޔާނާތްތެރިވި ކަމަށް ޤަބޫލުކޮށްގެންނެވެ. މިނިވަން ކަމަށް ހުރަސް އެޅިއެޅުން ތަޖުރިބާކޮށްގެންނެވެ. އެ ސަރުކާރުން ކުރި އަނިޔާގެ ވޭނުގައެވެ.

ތެދެކެވެ. ނުފޫޒުގަދަ ސިޔާސީ ހަތަރު ބޭފުޅަކު އެއްގަލަކަށް އަރާވަޑައިގަތުން ވެގެންދިޔައީ އެ ބަދަލު ގެނައުމަށް ރައްޔިތުންނަށް ލިބުނު ހިތްވަރަކަށެވެ. އިތުރު ބާރަކަށެވެ. ނަމަވެސް ސިޔާސީ ފަރާތްތައް ޤަބޫލުކުރަންޖެހޭ އެއް ހަޤީޤަތަކީ، ސިޔާސީ މައިދާނުގައި އެކި ވަރަށް ސިޔާސީ ވެފައި ތިބި ދެތިން ސަތޭކަ ސިޔާސީ މީހުންނަށް އެކަނިމާއެކަނި ވެރިކަމެއް ފުރޮޅާ ނުލެވޭނެ ކަމެވެ. އަނެއް ހަޤީޤަތަކީ ރައްޔިތުން ނުރުހިއްޖެ ނަމަ އެއްވެސް ސިޔާސީ މީހަކީ އަގެއް ހުރި މީހެއް ނޫން ކަމެވެ.

ހަޤީޤަތަކީ ވެރިކަން ބަދަލުކުރީ ރައްޔިތުން ކަމެވެ. އެ މަރުހަލާތެރޭގައި ސިޔާސީ ކޭކު ފަޅަން ކޮންމެ ގޮތަކަށް ހުވަފެން ބެލިޔަސް ރައްޔިތުން ނުކުމެ ވޯޓު ނުލި ނަމަ ވެރިކަމަށް ކަހެރުވަކޭ ވެސް ހީ ނުވީހެވެ.

ވެރިކަން ބަދަލުކުރުމަށް ކުރި މަސައްކަތް ނިމި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވީއެވެ. ސަރުކާރު ބަދަލުކުރަން އޭރު ނުކުތް ރައްޔިތުން އަދިވެސް ތިބީ ކުރިން ތަހައްމަލުކުރަން ޖެހުނު ކަންކަން އިއާދަ ވިޔަ ނުދިނުމަށް ނިޔަތްގަނެގެންނެވެ. ރައްޔިތުންނަށް މުހިއްމީ އަނިޔާވެރިކަމާއި ކޮރަޕްޝަން ނައްތާލުމެވެ. އިންސާފާއި ހަމަ ޤާއިމްވުމެވެ. އާމާން، އެކުވެރި މުޖުތަމައުއެއް ބިނާވުމެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާނެ ފޯމިއުލާއަކާ މެދު ދެބަސްވެ، ކޯލިޝަނެކޭ ހެލޭ ދަތެކޭ ތަފާތެއް ނެތް ފަދައިން ރައްޔިތުންނަށް މަންޒަރު ފެންނަން ފަށާފައިވާއިރު، ރައްޔިތުންނަށް އަދިވެސް މުހިއްމީ ގެނައި އައު ވެރިކަމާ އެކު ކުރެވުނު އުއްމީދުތައް ހަޤީޤަތަކަށް ވުމެވެ. މަޖިލީހުގެ މެޖޯރިޓީ ކޮންމެ ބަޔަކަށް ލިބުނަސް ރައްޔިތުން އެ މެންބަރުންގެ ފަރާތުން އެދޭ ހަމައެކަނި ކަމަކީ އިޚުލާސްތެރިކަމެވެ. ރައްޔިތުންނަށް ހަރާންކޯރު ނުވުމެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަންވާނީ އެމްޑީޕީއަށް ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން އެއަކީ މައްސަލައެއް ނޫނެވެ. މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރަންވާނީ ޖުމްހޫރީ ޕާޓީއަށް ވެސް ގިނަ ގޮނޑިތަކެއް ލިބޭ ގޮތަށް ކޯލިޝަން އެކުގައޭ ޤާސިމް އިބްރާހިމް ވިދާޅުވުމުން އެއަކީ ވެސް މައްސަލައެއް ނޫނެވެ. ދެ ބޭފުޅުންގެ މަޤުސަދަކީ ވެސް އެ ބޭފުޅެއްގެ ޕާޓީއަށް މަޖިލީހުގައި ބާރު ގަދަ ކުރުމެވެ. އެއީ ސިޔާސީ ކަންކަން ހިނގާނެ ގޮތެވެ. ހިނގަން ވާނެ ވެސް ގޮތެވެ.

އެމްޑީޕީން މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރަން ނިންމައި 86 ދާއިރާއަށް ކެންޑިޑޭޓުން ނެރުމަކީ ކޯލިޝަންގައި ތިބި އެހެން ޕާޓީތައް ހާސްވާންޖެހޭ ކަމެއް ނޫނެވެ. އެހެން ޕާޓީތަކުން ވެސް މުޅި މަޖިލީހަށް ކެންޑިޑޭޓުން ނެރެންވީއެވެ. އެއަކު ހަމަ އެއްވެސް މައްސަލައެއް ނެތެވެ.

ހުރިހާ ދާއިރާއަކަށް ހުރިހާ ޕާޓީއަކުން ކެންޑިޑޭޓުން ނެރުމުން ގޮތް ނިންމާނީ ރައްޔިތުންނެވެ. އެމްޑީޕީން ނެރޭ މީހާ އަށް ވުރެ ޤާބިލުކަމަށް ފެންނަ މީހަކު އެހެން ޕާޓީއަކުން އިންތިޚާބަށް ނެރެފި ނަމަ އެމްޑީޕީގެ މެންބަރުން ވެސް ހިމެނޭ ގޮތަށް ރައްޔިތުން ވޯޓު ލާނީ އެ މީހަކަށެވެ. އަދި ޖުމްހޫރީ ޕާޓީން ނެރޭ ކެނޑިޑޭޓަށް ވުރެ ޤާބިލު އެހެން ކެންޑިޑޭޓެއް ހުރި ނަމަ ޖުމްހޫރީ ޕާޓީގެ މެންބަރުން ވެސް ހިމެނޭ ގޮތަށް، ވޯޓު ލާނީ އެ މީހަކަށެވެ. ސިޔާސީ ވަކި މީހަކު ބުނީތީ ވޯޓުލާ ވަރަށް ވުރެ ދިވެހި ރައްޔިތުންގެ ސިކުނޑި މިޙާރު ވަނީ ތަނަވަސްވެ، ދުނިޔޭގެ ކަންހިނގާ ގޮތަށް ހުޅުވިފައެވެ.

ޕާޓީތަކުން ބޮޑާނުހާކައި މި ވިސްނުން ގެންގުޅެފި ނަމަ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ކޯލިޝަންގެ ޕްރައިމަރީއަކަށެވެ. އޭރުން މަޖިލީހުގެ ގޮނޑިއާ ހަމައަށް ރައްޔިތުން ފޮނުވާނީ ކޯލިޝަންގެ ޕާޓީތަކުން ނުކުތް އެންމެ ޤާބިލު މީހާއެވެ.

މި ގޮތަށް ކޯލިޝަން ތެރެއިން ފުރޭނިގެންދާ މެންބަރުންނާ އެކު 19 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވައިލުމާ އެކު ކޯލިޝަންގެ ޕާޓީތައް ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކުރީމައި ނިމުނީއެވެ. އޭރުން ފައިދާ ވާނީ ރައްޔިތުންނަށެވެ.

އަނެއް ކަމަކީ ވަކި ބަޔަކަށް ސުޕަރ މެޖޯރިޓި ލިބިގެން މެނުވީ ވައުދު ނުފުއްދޭނެ ވާހަކައެވެ. ދަންނަންވީ ވައުދު ފުއްދަނީ މެޖޯރިޓީން ނޫން ކަމެވެ. އިޚުލާސްތެރިކަމުން ކަމެވެ. މަޖިލީހުގައި މުޅި ކޯލިޝަނަށް މެޖޯރިޓީ ލިބިފައި އިޚުލާސްތެރިކަމެއް ހުރެ، ބޮޑާ ހޭކުން ދޫކޮށްލައިފި ނަމަ ވައުދު ނުފުއްދެންވީ އެއްވެސް ސަބަބެއް ނެތެވެ. ހަޤީޤަތަކީ އެއްވެސް ޕާޓީއަކަށް މަޖިލީހުގެ ތިންބައިކުޅާ ދެބައި ހަމަވާވަރަށް، ނުވަތަ އެކަނިމާއެކަނި ޤާނޫނު އަސާސީއަށް ބަދަލު ގެނެވޭވަރަށް މެޖޯރިޓީ އެތައް ކަމެއް ބަދަލުކޮށް، ޤައުމު ހިންގުމުގެ މުޅި ނިޒާމަށް ބޯދެތި ބަދަލުތަކެއް އަންނާނެ ކަމެވެ. އެހެންކަމުން، މަޖިލީހުގެ ސުޕަރ މެޖޯރިޓި ވަކި ބަޔަކަށް ދިނުމަށް ވުރެ، އެއްބަޔަކު އަނެއް ބަޔަކަށް ފާރަވެރި ވެވޭނޭ ގޮތަށް މަޖިލިސް އެކުލެވިގެން ދިއުމަކީ ރައްޔިތުންނަށް މާބޮޑަށް ފައިދާ ވާނެ ކަމެކެވެ.

މެޖޯރިޓީއާއިގެން ބޮޑާހާކައި، ހުރިހާ ފަރާތްތައް ދަންނަން ޖެހޭނެ އެހެން ކަމެއް ވެސް އެބަ އޮތެވެ. މަޖިލިސް އިންތިޚާބުގައި ވާދަކުރާނީ މިހާރު ކޯލިޝަންގައި ތިބި ފަރާތްތަކާއި ރައީސް ޔާމީންގެ ފަރާތުން ނުކުންނަ ކެންޑިޑޭޓުންނާއި، މި ސަރުކާރުގައި މިހާތަނަށް ވަކި ކޮޅަކަށް ނުޖެހި އޮތް އެމްޑީއޭ އެކަންޏެއް ނޫނެވެ. ވޯޓުލާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭ އެމްޓީޑީ އާއި ގިނަ އަދަދެއްގެ މަސައްކަތްތެރިން ހިމެނޭ ލޭބަރ ޕާޓީ ވެސް އިންތިޚާބުގައި ވާދަކުރާނެއެވެ. އެހެންކަމުން ކޮންމެ ގޮނޑިއެއް ލިބޭނީ ކޯލިޝަނަށް ނުވަތަ ރައީސް ޔާމީނަށް ކަމަށް ވެސް ބަލައިގެން ނުވާނެއެވެ.

ކޮންމެ ގޮތަކަށް މަޖިލިސް ބެހިގެން ދިޔަސް ކޯލިޝަންއަށް ގެއްލުމެއް ދިނުމަކީ ކުރެވޭ މޮޔަ ކަމަކަށް ނޫނީ ނުވާނެއެވެ.

އިތުރަށް ކިޔާލަން

31 އޯގަސްޓު 2017

އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟

31 އޯގަސްޓު 2017
އަދީބާއި ފާރިސްގެ މައްސަލަ: ނާޖާއިޒް ފައިދާ ލިބުނު މީހާ އާއި ރިޝްވަތުގައި ހިފި މީހާ ކޮބާ؟
03 އޯގަސްޓު 2017

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

03 އޯގަސްޓު 2017
މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟
10 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

10 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!
05 ޖޫން 2017

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ
31 މެއި 2017

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.
26 މެއި 2017

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!
15 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!
03 އެޕްރީލު 2017

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް