Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފިލިޕޭ ކުޓީނިއޯ

ކުޓީނިއޯއަށް ޗެލްސީން ފާރަލަނީ!

ކުޓީނިއޯގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 21 ޖެނުއަރީ 2019 | ހޯމަ 12:12
ބާސާއަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ

ބާސާއަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ

ބާސެލޯނާއަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފިލްޑަރު ފިލިޕޭ ކުޓީނިއޯއަށް ޗެލްސީން ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ އެކްސްޕްރެސްއިން ބުނީ ކުޓީނިއޯ ހޯދުމަށް ޗެލްސީން ބޭނުންވާ ކަމަށާއި، އެގޮތުން އޭނާއަށް ފާރަލަމުން އަންނަ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ކުޓީނިއޯގެ އަގު 100 މިލިއަން ޕައުންޑަށްވުރެ ބޮޑުވާއިރު، އެ އަގު ކުޑަކުރުމަށްވެސް ޗެލްސީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުޓީނިއޯ ހޯދުމަށް ޗެލްސީގެ އިތުރުން ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޕީއެސްޖީ އާއި ރެއާލް މެޑްރިޑްވެސް ހިމެނެއެވެ.

ކުޓީނިއޯއާއެކު ބާސާއިން ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ބާސާއިން ކަނޑައަޅާފައިވަނީ 400 މިލިއަން ޔޫރޯއެވެ.

ލިވަޕޫލް އިން ވިދާލި ކުޓީނިއޯ ވަނީ އެ ކްލަބަށް ކުޅުނު 201 މެޗުގައި 54 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އެ ކްލަބާއެކު ފުޓްބޯލް ލީގް ކަޕް އަދި ޔޫރޮޕާ ލީގުގެ ދެވަނަ ހޯދާފައެވެ. އަދި ބާސާ އަށް މިހާތަނަށް ކުޅުނު ދެ ސީޒަނުގައި 49 މެޗުގައި 16 ލަނޑު ކާމިޔާބުކޮށްފައިވާ ކުޓީނިއޯ ވަނީ އެ ކްލަބާއެކު ލަލީގާ އަދި ކޮޕާޑެލްރޭ ވެސް ކާމިޔާބުކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅުނު 45 މެޗުގައި 13 ލަނޑު ކާމިޔާބުކޮށްފައިވާ ކުޓީނިއޯ ވަނީ ބްރެޒިލްގެ 17 އަހަރުން ދަށުގެ ޓީމާއެކު ސައުތް އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕް އަދި 20 އަހަރުން ދަށުގެ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

28 ޖުލައި 2017

ރެނާޓޯ ސަންޗޭޒް އަށް ޗެލްސީން ޝައުގުވެރިވާކަމަށް ބަޔާން އިން ބުނެފި

28 ޖުލައި 2017
ރެނާޓޯ ސަންޗޭޒް އަށް ޗެލްސީން ޝައުގުވެރިވާކަމަށް ބަޔާން އިން ބުނެފި
08 ޖުލައި 2017

އެއްބަސްވުމާ ބެހޭ ގޮތުން ކޯސްޓާއާ އެކު ޗެލްސީން މަޝްވަރާތައް ފަށައިފި

08 ޖުލައި 2017
އެއްބަސްވުމާ ބެހޭ ގޮތުން ކޯސްޓާއާ އެކު ޗެލްސީން މަޝްވަރާތައް ފަށައިފި
09 ޖޫން 2017

ކޯސްޓާ ރިޕްލޭސް ކުރުމަށް ޗެލްސީން ލުކާކޫ ހޯދުމަށް 100 މިލިއަން ޕައުންޑު ހުށަހަޅައިފި

09 ޖޫން 2017
ކޯސްޓާ ރިޕްލޭސް ކުރުމަށް ޗެލްސީން ލުކާކޫ ހޯދުމަށް 100 މިލިއަން ޕައުންޑު ހުށަހަޅައިފި
03 ޖޫން 2017

ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި

03 ޖޫން 2017
ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި
18 މެއި 2017

ވެރާޓީ ހޯދުމަށް އެންމެފަހުން ޗެލްސީން 55 މިލިއަން ޕައުންޑު ހުށަހަޅައިފި

18 މެއި 2017
ވެރާޓީ ހޯދުމަށް އެންމެފަހުން ޗެލްސީން 55 މިލިއަން ޕައުންޑު ހުށަހަޅައިފި
13 މެއި 2017

ޗެލްސީން ލީގު ކަށަވަރު ކޮށްފި

13 މެއި 2017
ޗެލްސީން ލީގު ކަށަވަރު ކޮށްފި
30 މާރިޗު 2017

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

30 މާރިޗު 2017
މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި
16 ފެބުރުއަރީ 2017

ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި

16 ފެބުރުއަރީ 2017
ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު