Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަފިރުކަމުގެ ފަތްކޮޅު އެރުވުން

ތިން ގައުމެއްގެ ސަފީރުން، ރައީސުލްޖުމްހުރިއްޔާއަށް ސަފިރުކަމުގެ ފަތްކޮޅު އަރުއްފައިފި

ފިންލެންޑުން ފެންވަރު ރަނަގަޅު ތަޢުލީމީ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް އެހީތެރިވެދޭނެ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2019 | އާދީއްތަ 11:37
ސްވިޒަރލެންޑް ސަރުކާރުން ކަނޑައެޅުއްވި އާ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ

ސްވިޒަރލެންޑް ސަރުކާރުން ކަނޑައެޅުއްވި އާ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވަނީ

ތިން ގައުމެއްގެ ސަފީރުން ރައީސުލްޖުމްހުރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުއްވައި ފިއެއެވެ.

އާދިއްތަ ދުވަހު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފަތްކޮޅު އަރުވާފައިވާ އެއްބޭފުޅަކީ ފިންލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ހަރޯ ކަމަރައިންއެވެ.

Advertisement - newsAdvertisement

ފަތްކޮޅު އެރުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ، ފިންލޭންޑްގެ އާ ސަފީރާ ބައްދަލުކުރައްވައި، ސަފީރަށް ‏‏ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ފިންލޭންޑާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، ފިންލޭންޑްގެ ‏‏އާ ސަފީރުގެ ދައުރުގައި ‏‏އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

ސަފީރުވަނީ ކުރިއަށްއޮތް ތާނގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މިބައްދަލުކޮށްލެއްވުމުގައި މިސްޓަރ ހަރޯ ކަމަރައިނެން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ފިންލޭންޑްގެ ތައުލީމީ ނިޒާމަކީ އެންމެންވެސް ބަލައިގަންނަ ފެންވަރު ރަނގަޅު ނިޒާމެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެމަނިކުފާނު ވަނީ އެފަދަ ތަޢުލީމީ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުމަށް އެހީތެރިވެދިނުމަށް ތައްޔާރަށްއޮތްކަން ފާހަގަކުރައްވައިފައެވެ.

މީގެއިތުރުންވެސް އެޤައުމުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވެންހުރި އެހެނިހެން ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ސަފީރުވަނީ ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. ޚާއްސަ ގޮތެއްގައި ތިމާވެއްޓާ ރައްޓެހި ސާފު ޓެކްނޮލޮޖީއާއި ޞިއްޙީ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ތައްޔާރަށް އޮތްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އަޒަރުބައިޖާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޑރ. އަޝްރަފް ފަރްހާދް ޝިޚަލިޔޭވް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު،ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވާފައެވެ.

ފަތްކޮލު އެރުވުމަށްފަހު ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަންމަދު ޞާލިޙަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަޙުނިޔާ ވިދާޅުވެ، ރާއްޖެއަށް ޒިޔާރަތްކުރެއްވިކަމަށްޓަކައި މަރުޙަބާ ވިދާޅުވިއެވެ. އޭގެއިތުރުން އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި އަޒަރުބައިޖާނާއި ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވާނެކަން ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން މިއަހަރުގެ މާރިޗު މަހު ހިންގުމަށް ރާއްވަވާފައިވާ "ޕާޓްނަރޝިޕް ފޯރަމް" ގެތެރެއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި އަޒަރުބައިޖާންގެ ސަފީރު ވަނީ އެޤައުމުން ދެއްވާ ސްކޮލަރޝިޕްގެ ފުރުޞަތުގައި މަތީ ތަޢުލީމު ހާސިލުކުރަމުންގެންދާ ރާއްޖޭގެ ދަރިވަރުންނާ ބެހޭގޮތުން އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އަދި އެމަނިކުފާނު ވަނީ އެޤައުމުން ތައުލީމު ހާސިލުކުރުމަށް ބޭނުންވާ އިތުރު ދަރިވަރުންނަށް ހިތްވަރުދެއްވައި އެގައުމުގެ ސިޔާސީ އެކަޑަމީ އެއްކަމުގައިވާ އޭ.ޑީ.އޭ ޔުނިވަރސިޓީއިން ތައުލީމު ހާސިލްކުރުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސުލްޖުމްހުރިއްޔާއަށް ފަތްކޮޅު އަރުވާފައިވާ ތިންވަނަ ބޭފުޅަކީ ސްވިޓްޒަލޭންޑުން ރާއްޖެއަށް ކަނޑައަލުއްވަފައިވާ ސަފީރު ހޭންސް ޕީޓަރ މޮކް އެވެ.

ސަފީރު ޙޭންސް ޕީޓަރ މޮކްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞޯލިޙް، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ސަފީރުވަނީ ކުރިއަށްއޮތް ތާނގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލު ތަކާއި އިންސާނީ ހައްގުތަކާއި އަދި ޑިމޮރަސީއާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވަފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު