Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް

19 ޖެނުއަރީ 2019 | ހޮނިހިރު 05:48

މަޖިލިސްއަށް ބަޔަކު އިންތިޚާބު ކުރާއިރު އެ މީހެއްގެ ފާއިސާވެރި ކަމަށް ބެލުމުގެ ބަދަލުގައި  އެމީހެއްގެ އިހްލާސްތެރިކަން ހުރި ވަރު ބެލުމަށް އިޔާޒް ވަނީ ގޮވާލައްވާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 19 ޖެނުއަރީ 2019 | ހޮނިހިރު 05:48
ޑރ މުހައްމަދު އިޔާޒު ވަނީ މަޖިލިސްއަށް ބޭނުންވަނީ އިހްލާސްތެރިން ކަމަށް ވިދާޅުވެފައި

ޑރ މުހައްމަދު އިޔާޒު ވަނީ މަޖިލިސްއަށް ބޭނުންވަނީ އިހްލާސްތެރިން ކަމަށް ވިދާޅުވެފައި

ރަައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ރައްޔިތުންގެ މަޖިލިހަށް ހޮވަން ޖެހޭނީ ތަނަވަސް، ފޯރުންތެރި މީހުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ވިދާޅުވި ބަސްފުޅަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒު ހޫނު ރައްދެއް ދެއްވައިފިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި ދަނގެތި ދާއިރާއަށް ވާދަކުރައްވާ ނާޒިމްގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި އޭނާ ވިދާޅުވީ މަޖިލީހަށް ތަނަވަސް މީހުން ހޮވައިގެން ނޫނީ ރައްޔިތުންނަށް ކުރިއެރުމެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

ނާޒިމް ވިދާޅުވި ބަސްފުޅަށް ރައްދުދެއްވާ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރުންކަންވެސް ކުރައްވަމުން ގެންދަވާ ޑރ އިޔާޒު ކުރައްވާފައިވާ ޓުވީޓެއްގައި ގޮވާލައްވާފައިވަނީ މަޖިލިސްއަށް ބަޔަކު އިންތިޚާބު ކުރާއިރު އެ މީހެއްގެ ފާއިސާވެރި ކަމަށް ބެލުމުގެ ބަދަލުގައި އެމީހެއްގެ އިހްލާސްތެރިކަން ހުރި ވަރު ބެލުމަށެވެ. އިޔާޒް ކުރައްވާފައިވާ ޓުވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ތަނަވަސްކަމަކީ މުދާ ގިނަވުން ނޫން ކަމަށާއި، ތަނަވަސް ކަމަކީ ހިތުގެ ތަނަވަސްކަން ކަމަށެވެ.

ނާޒިމްގެ ކެމްޕޭން ލޯންޗިންގައި އޭނާ ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހޮވޭ މީހަކީ ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު އެ މީހެއްގެ އަމިއްލަ ނަފުސަށް ކޮޅަށް ހުރެވޭ މީހަކު ކަމުގައި ވާންޖެހޭ ކަމަށެވެ. އަދި ތެދުވެރިކަމާއި އިހްލާސްތެރިކަން އަންނާނީ އަމިއްލަ މަސައްކަތުން އުޅެވޭ މީހަކަށް ވެގެން ކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާއަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެފައިވާ ރައީސް ނަޝީދުވެސް ގެންދަވަނީ ރައްޔިތުންގެ މަޖިލިސް ފާއިސާވެރިންގެ ވަކިތަކުން ސަލާމަތް ކުރަންޖެހޭ ކަމަށް ގޮވާލައްވަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

24 މާރިޗު 2017

މަހުލޫފް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވައިފި

24 މާރިޗު 2017
މަހުލޫފް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވައިފި
23 މާރިޗު 2017

އިލްހާމްގެ "ހޫނު ފެނުގެ" އިންޒާރަށް މެމްބަރުން ޖެހިލުމެއް ނުވި!

23 މާރިޗު 2017
އިލްހާމްގެ "ހޫނު ފެނުގެ" އިންޒާރަށް މެމްބަރުން ޖެހިލުމެއް ނުވި!
22 މާރިޗު 2017

އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް

22 މާރިޗު 2017
އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް
14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
13 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް

13 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް
12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
12 މާރިޗު 2017

ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި

12 މާރިޗު 2017
ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި
12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް