Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޮންޒާލޯ ހިގުއެން

ހިގުއައިން ޗެލްސީއަށް ވިއްކާލަން ޔުވަންޓަސް އިން ވެސް އެއްބަސްވެއްޖެ

17 ޖެނުއަރީ 2019 | ބުރާސްފަތި 11:08

ހިގުއައިން ވެސް ވަނީ ޗެލްސީއަށް ބަދަލުވާން އެއްބަސްވެފައި

ލީވާން އަލީ
ލީވާން އަލީ | 17 ޖެނުއަރީ 2019 | ބުރާސްފަތި 11:08
ގޮންޒާލޯ ހިގުއައިން

ގޮންޒާލޯ ހިގުއައިން

އޭސީ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ޔުވަންޓަސްއަށް ވިއްކާލަން ޔުވަންޓަސްއިންވެސް އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ގޯލްޑޮޓްކޮމް އިން ބުނީ، ޖެނުއަރީ ޓްރާންސްފާގައި ހިގުއައިން ޗެލްސީއަށް ވިއްކާލަން ޔުވަންޓަސްއިން އެއްބަސްވެފައިވާ ކަމަށާއި، އެގޮތުން މިހާރު އޭނާ ކުޅެމުން އަންނަ އޭސީ މިލާނާ އެކު ހަދާފައިވާ ލޯން އެއްބަސްވުން ވެސް ނިމުމަކަށް ގެންނަން ނިންމާފައިވާ ކަމަށެވެ.

އުމުރުން 31 އަހަރުގެ ހިގުއައިން ގެންނަން ޗެލްސީން 36 މިލިއަން ޕައުންޑު ހަރަދުކުރާނެ ކަމަށް ރިޕޯޓްތައް ބުނާއިރު، ޗެލްސީ އާއި ޔުވަންޓަސް ހަދާ އެއްބަސްވުމުގެ ދަށުން ހިގުއެން ޗެލްސީގައި ދައްކާ ކުޅުމަށް ބަލާފައި ބޯނަސް ފައިސާ ޔުވަންޓަސްއަށް ދޭން ޖެހޭނެއެވެ.

ހިގުއައިން އޭސީ މިލާނަށް ބަދަލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 16 މިލިއަން ޕައުންޑަށް މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ. އޭނާ ކްލަބުގައި ދާއިމީ ގޮތެއްގައި ބަހައްޓަން ބޭނުންވާ ނަމަ އޭސީ މިލާނުން އިތުރަށް 32 މިލިއަން ޕައުންޑު ހަރަދު ކުރަން ޖެހޭނެއެވެ.

ރިވާ ޕްލޭޓުން 2004 ވަނަ އަހަރު ކެރިޔަރު ފެށި ހިގުއައިން ވަނީ އެ ކްލަބަށް 41 މެޗު ކުޅެ، 15 ލަނޑު ކާމިޔާބުކޮށްފައެވެ. އެ އަށް ފަހު އޭނާ ބަދަލުވީ 2006 ވަނަ އަހަރުގެ ސީޒަނުގައި ރެއާލްއަށެވެ.

އޭނާ ވަނީ ރެއާލްއަށް ކުޅުނު 264 މެޗުގައި 121 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ރެއާލްއާ އެކު ހިގުއައިން ވަނީ ތިން ލަލީގާ، އެއް ކޮޕާޑެލްރޭ އަދި ދެ ސްޕެނިޝް ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

ރެއާލް ދޫކޮށް ހިގުއައިން ދެން ގުޅުނީ 2013 ވަނަ އަހަރުގެ ސީޒަނުގައި ނަޕޯލީއާ އެވެ. އޭނާ ވަނީ ނަޕޯލީއަށް ކުޅުނު 146 މެޗުގައި 91 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ކޮޕާ އިޓަލިއާ އަދި އިޓާލިއަން ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

ހިގުއައިން ވަނީ 2016 ވަނަ އަހަރުގެ ސީޒަނުގައި ޔުވަންޓަސްއަށް ބަދަލުވެ އެޓީމަށް ކުޅުނު 105 މެޗުގައި 55 ލަނޑު ކާމިޔާބުކޮށް، ދެ ލީގު ތަށި އަދި ދެ ކޮޕާ އިޓަލިއާ ކާމިޔާބުކޮށްފައެވެ.

އާޖެންޓީނާއާ އެކު 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ދެވަނަ ހޯދި ހިގުއައިން ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 75 މެޗުގައި 31 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

11 މާރިޗު 2017

އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

11 މާރިޗު 2017
އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް
07 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި

07 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްހަމް ބަލިކޮށް ޗެލްސީއަށް 10 ޕޮއިންޓްގެ ލީޑެއް ނަގައިފި
10 ފެބުރުއަރީ 2017

ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

10 ފެބުރުއަރީ 2017
ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ
01 ފެބުރުއަރީ 2017

ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ

01 ފެބުރުއަރީ 2017
ހިލޭޖެހުން ނަގަން ފަރިތަ ނުކުރާކަމަށް ޑޭވިޑް ލުއިޒް އެއްބަސްވެއްޖެ
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
30 ޖެނުއަރީ 2017

މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ

30 ޖެނުއަރީ 2017
މާސޭއަށް ޕަޔެޓް ވިއްކާލުމަށް ވެސްޓްހަމް އިން އެއްބަސްވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
20 ޖެނުއަރީ 2017

ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ

20 ޖެނުއަރީ 2017
ޑިޕޭ ލިއޯން އަށް ވިއްކާލަން ޔުނައިޓެޑުން އެއްބަސްވެއްޖެ
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް