Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޅ. ހިންނަވަރު

ހިންނަވަރު ހިއްކި ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަން ފަށައިފި

16 ޖެނުއަރީ 2019 | ބުދަ 07:14

ހިއްކާފައިވާ ބިމުގައި ރޯ ހައުސް ނުވަތަ ފްލެޓް އެޅުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 16 ޖެނުއަރީ 2019 | ބުދަ 07:14
ހިންނަވަރު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ސޯލިހު

ހިންނަވަރު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ސޯލިހު

ހިންނަވަރުގައި ހިއްކާފައިވާ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަމުންދާ ކަމަށާއި، ހަފްތާއެއްގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ހިންނަވަރު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހިންނަވަރަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ރައީސް ނަޝީދުގެ ވެރިކަމުގައި 28 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެ ބިން އަދި ބޭނުންކުރަން ނުފަށައެވެ.

Advertisement - newsAdvertisement

އެރަށުގެ ކައުންސިލްގެ ނައިބު ރައީސް ސޯލިހް ވިދާޅުވީ ހިންނަވަރުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން، އިންވެސްޓަރުން ގެނެސް އެ ބިން ފުރިހަމަ ގޮތުގައި ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވާލައި އެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ހިންނަވަރުގައި ހިއްކާފައިވާ ބިމުގެ ބޭނުންކުރާނީ މުޅި ރާއްޖެ އާއި ބޭރުގެ ފަރަތްތަކަށް ވެސް މަންފާ ލިބޭނެ ގޮތަށް ކަމަށް ސޯލިހް ވިދާޅުވި އެވެ. އެ ބިން ތަރައްގީކުރާނެ ގޮތާއި ބިޑިން ޕްރޮސެސް ކުރިއަށް ގެންދިއުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްބާރުލުން ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާ ކަމަށް ކައުންސިލްގެ ނައިބް ރައީސް ވިދާޅުވިއެވެ.

"މިއީ ފެށުމެއް ކައުންސިލުން ސަރުކާރަށް އެއްބާރުލުންދީ ރައްޔިތުންގެ ހިޔާލްތަކަކީ ކޮބައިތޯ ބަލައި ރައްޔިތުން އެ ބިމުން ބޭނުންވަނީ ކޮންކަންތައްތަކެއްތޯ ބަލައި އެ ކަންތައްތައް ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން މި ދަނީ" ސޯލިހު ވިދާޅުވިއެވެ.

ހިއްކާފައިވާ ސަރަހައްދުން ދޫކުރުމަށް ހުއްދަ ލިބިފައިވަނީ 100 ގޯތި ކަމަށާއި، ނަމަވެސް ގޯއްޗަށް އެދި ކައުންސިލުން ހުޅުވާލާ ކޮންމެ ފަހަރަކު 2000 ނުވަތަ 2500 ފޯމް ގޯއްޗަށް އެދި ކައުންސިލަށް ހުށަހަޅާކަން ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ. އެހެން ކަމުން ހިއްކާފައިވާ ސަރަހައްދުން ގޯތި ދޫކުރި ކަމުގައި ވިޔަސް ހިންނަވަރުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތި ކަމަށް ހައްލެއް އަންނާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ސޯލިހު ވިދާޅުވިއެވެ. އެހެންކަމުން ބިމުން ގޯތި ދޫކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެހެން ޕްލޭނަކަށް ވިސްނަވަމުން ގެންދަވާ ކަމަށް ސޯލިހު ވިދާޅުވިއެވެ. ރޯ ހައުސް ނުވަތަ ފްލެޓް ހެދުމުގެ ވިސްނުމެއް ގެންގުޅުއްވާ އޭނާ ވިދާޅުވި އެވެ.

ހިންނަވަރުގައި ބޮޑު ސަރަހައްދެއްގެ ބިން ހިއްކާފައި އޮވެ އެ ސަރަހައްދުގެ ބޭނުން ނުކުރެވި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްނުދެވި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަން ސޯލިހުވަނީ ފާހަނގަކުރައްވާފައެވެ.

ހިންނަވަރަކީ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ފޯރާފައިވާ ރަށެކެއެވެ. އެ ރަށަކި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ހިންނަވަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި

25 ފެބުރުއަރީ 2017
ހިންނަވަރުގެ ބޮޑު ސަރަހައްދެއް އަނދިރީގައި
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
25 ފެބުރުއަރީ 2017

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
19 ފެބުރުއަރީ 2017

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި
11 ފެބުރުއަރީ 2017

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް