Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެކްސިޓް

ބްރެކްސިޓް އެއްްބަސްވުމަށް މެމްބަރުން ނޫނެކޭ ވިދާޅުވެއްޖެ

މޭގެ ހުށަހަޅުއްވުމާދެކޮޅަށް 230 މެމްމަބަރުން ވޯޓްދެއްވި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 15 ޖެނުއަރީ 2019 | އަންގާރަ 20:25
2019 ޖެނުއަރީ 15 ގައި އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގައި ނެގި ވޯޓަށްފަހު ބޮޑުވަޒީރު ތެރީސާ މޭ ވާހަކަދައްކަވަނީ

2019 ޖެނުއަރީ 15 ގައި އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގައި ނެގި ވޯޓަށްފަހު ބޮޑުވަޒީރު ތެރީސާ މޭ ވާހަކަދައްކަވަނީ

އިނގިރޭސި ވިލާތް, ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ވަކިވުމަށް އެކުލަވާލައި ބޮޑުވަޒީރު ތެރީސާ މޭ ހުށަހެޅުއްވި ހުށަހެޅުއްވުމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ދެކޮޅު ހައްދަވައިފިއެވެ.

ބޮޑުވަޒީރު މޭގެ ހުށަހަޅުއްވުމާދެކޮޅަށް 230 މެމްމަބަރުން ވޯޓްދެއްވާފައިވާއިރު މިއީ އެ ގައުމުގެ ތާރީޚުގައި ބޮޑުވަޒީރު ކަމުގެ މާގާމުގައި ހުންނެވި ބޭފުޅެއްގެ ހުށަހެޅުމާ ދެކޮޅަށް އެންމެ ގިނަ ވޯޓް ލިބުނު ފަހަރެވެ.

މާޗް މަހުގެ 29ން ފެށިގެން އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް އެކުލަވާލާފައިވާ އެއްބަސްވުމާ އެއްކޮޅަށް 202 މެމްބަރަކު ވޯޓް ދެއްްވާފައިވާއިރު ދެކޮޅަށް ވޯޓްދެއްވި މެމްބަރުންގެ ތެރޭގައި ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީައަށް ނިސްބަތްވާ 118 މެމްބަރަކު ހިމެނިވަޑައިގަންނަވައެވެ.

މޭއަށް ވޯޓް ކާމިޔާބު ނުކުރެވުމުން ލޭބަރ ޕާޓީގެ ލީޑަރ ޖެރެމީ ކޯބީން ބޮޑުވަޒީރާ ދެކޮޅަށް ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މިހާރު ވަނީ ތާވަލުކުރެވިފައެވެ.

މޭގެ އިތުބާރު ނެތްކަމަށް ފާސްވެ މެޖޯރިޓީ ލީޑަރަކަށް ވެވަޑައިގަންނަވާ ބޭފުޅަކަށް އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނެގުމަށް 14 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެ ވޯޓް މެޖޯރިޓީ ލީޑަރަށް އިތުބާރު އޮތްކަމަށް ކާމިޔާބުވެވަޑައިނުގެންފި ނަމަ އާއްމު އިންތިޚާބެއް ބާއްވަންޖެހޭނެއެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމާ މެދު 2016 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އީޔޫ އިން ވަކިވުމަށް ފެންނަ ކަމަށް 52 އިންސައްތަ މީހުން ވޯޓް ދީފައިވެއެވެ.

އިތުރަށް ކިޔާލަން

27 އޯގަސްޓު 2017

ތޫފާން ހާވީގައި އިންތިހާއަށް ފެންބޮޑުވުމުގެ ބިރު ބޮޑުކަމަށް ގަވަރނަރ ވިދާޅުވެއްޖެ

27 އޯގަސްޓު 2017
ތޫފާން ހާވީގައި އިންތިހާއަށް ފެންބޮޑުވުމުގެ ބިރު ބޮޑުކަމަށް ގަވަރނަރ ވިދާޅުވެއްޖެ
19 ޖޫން 2017

ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން:"މިއީ އެތައް އަހަރެއްގެ އިހުމާލު" ކަމަށް މޭޔަރ ވިދާޅުވެއްޖެ

19 ޖޫން 2017
ލަންޑަންގެ ފްލެޓް އިމާރާތެއްގައި ރޯވުން:"މިއީ އެތައް އަހަރެއްގެ އިހުމާލު" ކަމަށް މޭޔަރ ވިދާޅުވެއްޖެ
21 މެއި 2017

އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް

21 މެއި 2017
އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް
10 މެއި 2017

މޫނަށް ކޭކް ޖެހި މީހާގެ މައްޗަށް ދައުވާ ކުރާނޭ ކަމަށް ކުއަންޓަސްގެ ސީއީއޯ ވިދާޅުވެއްޖެ

10 މެއި 2017
މޫނަށް ކޭކް ޖެހި މީހާގެ މައްޗަށް ދައުވާ ކުރާނޭ ކަމަށް ކުއަންޓަސްގެ ސީއީއޯ ވިދާޅުވެއްޖެ
02 މެއި 2017

އުތުރު ކޮރެއާގެ ލީޑަރާ ބައްދަލުކުރައްވަން ބޭނުންކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

02 މެއި 2017
އުތުރު ކޮރެއާގެ ލީޑަރާ ބައްދަލުކުރައްވަން ބޭނުންކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
18 އެޕްރީލު 2017

އޮރުދޮޣާން އަށް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ

18 އެޕްރީލު 2017
އޮރުދޮޣާން އަށް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ
25 މާރިޗު 2017

ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ

25 މާރިޗު 2017
ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
31 ޖެނުއަރީ 2017

ޓްރަމްޕަށް އޮބާމާ ފާޑުވިދާޅުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕަށް އޮބާމާ ފާޑުވިދާޅުވެއްޖެ
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު