Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ތިމަރަފުއްޓަށް ރޭގަނޑު ފްލައިޓްތައް ފެށުން

ރޭގަނޑު ފްލައިޓްތައް ފެށުމުން ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގެ ވިޔަފާރީ އިތުރަށް ފުޅާވެގެންދާނެ: އައިލެންޑް އޭވިއޭޝަން

މިހާރުވެސް ދުވާލަކު އެއް ދަތުރުކުރޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2019 | އަންގާރަ 20:33
މޯލްޑިވިއަންގެ ރޭގަނޑު ފްލައިޓް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވިއަންގެ ރޭގަނޑު ފްލައިޓް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ތ. ތިމަރަފުއްޓަށް ރޭގަނޑު ފްލައިޓްތައް ފެށުމާއި ގުޅިގެން ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގެ ވިޔަފާރީ އިތުރަށް ފުޅާވެގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގް ޑައިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރޭ ތ. ތިމަރަފުއްޓަށް ރޭގަނޑު ފްލައިޓްތައް ޖެއްސުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރިޒްވީ ވިދާޅުވީ ރޭގަނޑު އޮޕަރޭޝަން ކުރިއަށް ގެންދާއިރު އިތުރު ވަޒީފާތައް އިތުރުވެގެން ގޮސް ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގެ ވިޔަފާރީ ފުޅާވެގެންދާނެ ކަމަށެވެ. އަދި ރޭގަނޑުގެ ފްލައިޓްތައް އިތުރު ފްރީކުއެންސީއަކާއެކު ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު އޮފް ސްޓޭޓް ފޯ ޓްރާންސްޕޮޓޭޝަން އެންޑް ސިވިލް އޭވިއޭޝަން އަހްމަދު ޒުހައިރު ވިދާޅުވީ މޯލްޑިވިއަންގެ ހިދުމަތް އިތުރުވެގެން ދިޔުމަކީ ތިމަރަފުއްޓަށް އަދި ތ އަތޮޅުގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށެވެ.

ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރީތައް ހިންގާ ފަރާތްތަކުން ޒަމާނުއްސުރެ ކުރަމުން އަންނަ ޝަކުވާ އަކީ ފަތުރުވެރިންނަށް އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމުގެ ވާހަކައެވެ. ރައީސް ސޯލިހްގެ ސަރުކާރުގެ އަމާޒަކަށްވެފައިވަނީ ފަތުރުވެރިންނަށް ވެސް އެތެރޭގެ އުދުހުންތަކުގެ އަގު ފަހިގޮތަކަށް ބައްޓަން ކުރުމެވެ.

ރައީސް ސޯލިހްގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމުގެ ވައުދު ފުއްދުމުގެ ގޮތުން ގައުމީ އެއާލައިންތަކުގެ އެތެރޭގެ އުދުހުންތަކުގެ އަގު ދާދިފަހުން ވަނީ ހެޔޮކޮށްފައެވެ.

މި ރަސްމިއްޔާތުގައި އެޑިއެކޭޝަން މިނިސްޓަރު އައިޝަތު އަލީ އާއި ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްއާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވިއަންގެ ފުރަތަމަ ޝެޑިއުލް ފްލައިޓް ޖައްސާފައިވަނީ އަންގާރަ ދުވަހުގެ ރޭ 7:10 އެހާކަންހާއިރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަޢޫދީގެ އަމީރުންނާއި ވިޔަފާރިވެރިން ހައްޔަރުކުރަން ފެށުމުން ތެލުގެ އަގު މައްޗަށް!

ސަޢޫދީގެ އަމީރުންނާއި ވިޔަފާރިވެރިން ހައްޔަރުކުރަން ފެށުމުން ތެލުގެ އަގު މައްޗަށް!

06 ނޮވެމްބަރު 2017
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި

30 އޮކްޓޯބަރު 2017
ގެސްޓްހައުސް އެވޯޑްސް އެޑިޝަންގެ ވޯޓްލުން އޮކްޓޯބަރ 28ގެ ނިޔަލަށް!

ގެސްޓްހައުސް އެވޯޑްސް އެޑިޝަންގެ ވޯޓްލުން އޮކްޓޯބަރ 28ގެ ނިޔަލަށް!

22 އޮކްޓޯބަރު 2017
މޯލްޑިވްސް ޓްރެވެލް ގެސްޓްހައުސް އެވޯޑްސް އެޑިޝަން މިމަހުގެ 30 ގައި!

މޯލްޑިވްސް ޓްރެވެލް ގެސްޓްހައުސް އެވޯޑްސް އެޑިޝަން މިމަހުގެ 30 ގައި!

10 އޮކްޓޯބަރު 2017
ކާމިޔާބުކަމާ އެކު ދެވަނަ ގެސްޓްހައުސް ކޮންފްރެންސް ނިންމާލައިފި

ކާމިޔާބުކަމާ އެކު ދެވަނަ ގެސްޓްހައުސް ކޮންފްރެންސް ނިންމާލައިފި

23 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު