Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ މަޖިލިސް ޕްރައިމަރީ

އެމްޑީޕީގެ ޕްރައިމަރީއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ސިޔާސީ ހަރަކާތް: ރައީސް ނަޝީދު

15 ޖެނުއަރީ 2019 | އަންގާރަ 19:39

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއަކީ، ގައުމެއްގެ ވޯޓުލެވޭ އާބާދީގެ ނިސްބަތުން ދެވަނައަށް އެންމެ ގިނަ ބަޔަކު ވޯޓުލާނެ، ޕާޓީއެއްގެ އެތެރޭގެ އިންތިހާބުކަމަށް

އަމަން ހަލީމް
އަމަން ހަލީމް | 15 ޖެނުއަރީ 2019 | އަންގާރަ 19:39
މި ހަފުލާގައި ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ

މި ހަފުލާގައި ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ | ރާއްޖެއެމްވީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީއަކީ ރާއްޖޭގައި އިންތިޒާމް ވެގެން ހިންގާ އެންމެ ބޮޑު ސިޔާސި ހަރަކާތް ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އެމްޑީޕީގެ މީދޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ ހުސައިން ޝާހިދުގެ ކެމްޕެއިން ހަފުލާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގައި ޕާޓީގެ ހުރިހާ މެމްބަރުންނަށް ބައިވެރިވެވޭނެ ކަމަށެވެ.

Advertisement - newsAdvertisement
"އެ ހަރަކާތުގައި އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ބައިވެރިވުމަކީ މުޅި ޕާޓީއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. ޕާޓީގެ ހައިބަތާއި، ޕާޓީގެ ކުރިއެރުމަށް އަދި ޕާޓީގެ ކާމިޔާބަށް މިއަށް ވުރެ ބޮޑު އެހީތެރިކަމެއް ނޯންނާނެ." ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއަކީ، ގައުމެއްގެ ވޯޓުލެވޭ އާބާދީގެ ނިސްބަތުން ދެވަނައަށް އެންމެ ގިނަ ބަޔަކު ވޯޓުލާނެ، ޕާޓީއެއްގެ އެތެރޭގެ އިންތިހާބުކަމަށެވެ. ނަޝީދު ވިދާޅުވީ މި ފަހަރުގެ ޕްރައިމަރީގައި 269 ވޯޓުފޮށްޓަށް 86091 މީހަކު ވޯޓުލާން ހަމަޖެހިފައިވާ އިރު، ވޯޓުލުމުގެ ކަންކަން ބަލަހައްޓަން 600 އޮފިޝަލުންނާއި 1192 އޮބްސާވަރުން ބައިވެރިވާނެ ކަމަށެވެ.

"އެމްޑީޕީ މި އަންނަ ހުކުރު ދުވަހު ނުކުމެ މި ވޯޓުދޭ އިރު ގަބޫލުފުޅުކުރައްވާ، މިއީ ނިސްބަތުން ދުނިޔޭގައި އޮތް އެއްމެ ބޮޑު، ޕާޓީއެއްގެ އެތެރޭގެ ވޯޓު ލާނެ ޕާޓީ" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލައްވާ ހުރިހާ މެމްބަރުންގެ ކިބައިން ވެސް ސުލްހަވެރިކަމާއި އެކީ ވޯޓުލުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް އެދިވަޑައިގަންފައެވެ.

މިފަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި 87 ދާއިރާއަށް ވާދަކުރަން ހުޅުވާލުމުން 86 ދާއިރާއަކަށް 286 މީހަކުވަނީ ކުރިމަތިލާފައެވެ. އޭގެ ތެރެއިން އެއްމެ މީހަކު ކުރިމަތިލީ 9 ދާއިރާ ފިޔަވައި ބާކީ ހުރި 77 ދާއިރާއަށް މިމަހުގެ އަށާރަވަނަ ދުވަހު ވޯޓްލުން އޮންނާނެއެވެ. އެމްޑީޕީން ކުރިމަތި ނުލަނީ ފ.ނިލަންދޫ ދާއިރާއަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް