Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރީޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕު ހޮސްޕިޓަލަށް އަމާނާ ތަކާފުލްގެ އިންޝުއަރެންސް ކާޑު ތައާރަފުކޮށްފި

އެ ހޮސްޕިޓަލުން ކޭޝްލެސް ޚިދުމަތް ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 14 ޖެނުއަރީ 2019 | ހޯމަ 08:05
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން

ޓްރީޓޮޕު ހޮސްޕިޓަލުން، އަމާނާ ތަކާފުލްގެ މެޑިކަލް ކަސްޓަމަރުންނަށް އިންޝުއަރެންސް ކާޑު ތައާރަފުކޮށްފި އެވެ.

އަމާނާ ތަކާފުލްގެ މެޑިކަލް ކަސްޓަމަރުންނަށް ޓްރީޓޮޕް ހޮސްޕިޓަލުން ކޭޝްލެސް ހިދުމަތާއެކު، އެ ކުންފުނީގެ އިންޝުއަރެންސް ކާޑު ބޭނުން ކުރުމުގެ ޚިދުމަތް ތައާރަފްކުރީ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުއެވެ.

މި އެއްބަސްވުމުގައި ޓްރީޓޮޕް ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ އެހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އާދަމް ސަލީމްއެވެ. އަމާނާ ތަކާފުލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާންއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ އަމާޒަކީ ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތްތަކެއް ދިނުން ކަމަށެވެ. އަދި އާސަންދައިގެ އިތުރުން އެހެނިހެން އިންޝުއަރެންސުގެ ޚިދުމަތްތައް ވެސް ދިނުން ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލްއަކީ ރާއްޖޭގައި މިހާތަނަށް ހުޅުވި އެންމެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލެވެ. ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްގެ ގޮތުގައި ހުޅުމާލޭގައި ތަރައްގީ ކުރަމުން ގެންދާ މުޅި ހޮސްޕިޓަލަކީ ފަހުގެ ޓެކްނޮލޮޖީ އާއެކު "ފުލީ އޮޓޯމެޓިކު" ހޮސްޕިޓަލަކަށްވާއިރު މި ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓްކުރުމަށް ތަފާތު ފަސް ކެޓަގަރީގެ ކޮޓަރި ހުރެއެވެ.

އެގޮތުން ދެ މީހަކަށް އެއްފަހަރާ ޚިދުމަތްދެވޭ 30 ކޮޓަރި އާއި އެކަކަށް ޚިދުމަތް ދެވޭ ގޮތަށް ހަދާފައިވާ 57 ކޮޓަރި އާއި ހަތަރު ޖޫނިއަރ ސުއިޓާއި، ހަ ސުޕީރިއާ ސުއިޓް އަދި ދެ ޕްރެޒިޑެންޝަލް ސުއިޓް ހިމެނެއެވެ.

އިތުރަށް ކިޔާލަން

24 ޖުލައި 2017

މެންބަރު ފައިސަލް ނަސީމް އޭޑީކޭ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފި

24 ޖުލައި 2017
މެންބަރު ފައިސަލް ނަސީމް އޭޑީކޭ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފި
09 ޖުލައި 2017

ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ، ފިލަން ދަނިކޮށް އެކްސިޑެންޓްވެ ހޮސްޕިޓަލަށް!

09 ޖުލައި 2017
ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ، ފިލަން ދަނިކޮށް އެކްސިޑެންޓްވެ ހޮސްޕިޓަލަށް!
14 އެޕްރީލު 2017

އދ އަތޮޅު ހޮސްޕިޓަލަށް އިތުރު ކުރި ތިން ބުރީގެ އިމާރާތް ހުޅުވައިފި

14 އެޕްރީލު 2017
އދ އަތޮޅު ހޮސްޕިޓަލަށް އިތުރު ކުރި ތިން ބުރީގެ އިމާރާތް ހުޅުވައިފި
15 މާރިޗު 2017

ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ

15 މާރިޗު 2017
ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
23 ފެބުރުއަރީ 2017

ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

23 ފެބުރުއަރީ 2017
ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
01 ފެބުރުއަރީ 2017

އަމާނާތުގެ ޓިކެޓް ވިއްކަން ފަށައިފި

01 ފެބުރުއަރީ 2017
އަމާނާތުގެ ޓިކެޓް ވިއްކަން ފަށައިފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު