Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިރާސީ އަހަރު ފެށުން

ކުރިން ނުކުރާވަރުގެ ހޭދައެއް ތަޢުލީމަށް ކުރާނަން: ނައިބު ރައީސް

13 ޖެނުއަރީ 2019 | އާދީއްތަ 05:58

ރަނގަޅު ޖީލެއް ބިނާވެގެން ނޫނީ އަމާންކަމެއް ދެމިގެނެއް ނުދާނެ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 13 ޖެނުއަރީ 2019 | އާދީއްތަ 05:58
ރައީސުލްޖުމްހޫރިއްޔާގެ ނައިބު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު

ސަރުކާރަކުން މީގެ ކުރިން ނުކުރާވަރުގެ ހޭދައެއް މި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާދިނުމުގެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އަމީނިއްޔާ ސްކޫލްގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރަނގަޅު ޖީލެއް ބިނާކުރުމަށް ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިޔަތެއް ދެއްވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އިލްމު އުނގެނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އެމަނިކުފާނު ވަނީ މުދައްރިސުންގެ އަޑުއަހައި، މައިން ބަފައިންގެ ބަސްއަހައި، ފިލާވަޅުތަކަށް ޝައުޤުވެރިން ބަހައްޓައި ފަސްވަގުތު ނަމާދުކޮށް ރަނގަޅު ނަތީޖާއެއް ހާސިލުކުރާ ކުދިންތަކަކަށް ވުމަށް ހުރިހާ ދަރިވަރުންނަށް ނަޞޭހަތްތެރިވެވަޑައިގެންފައެވެ.

ނާސްތާ ޕްރޮގްރާމް އިފްތިތާހު ކުރުމަށް އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކޮންމެ ކަމެއް ވެސް އަލަށް ފެށާއިރު ކޮންމެ ވެސް ކަހަލަ އުނދަގޫތަކެއް ދިމާވާނެ ކަމަށެވެ. އެގޮތުން ނާސްތާ ޕްރޮގްރާމް ފުރަތަމަކޮޅުގައި ދިމާވާ ކަންތައްތަކާ ގުޅިގެން، ދަރިވަރުން ކެތްތެރިވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކޮންމެ ކަމެއް ވެސް އަލަށް ފެށޭއިރު ކޮންމެ ވެސް ކަހަލަ އުނދަގޫތަކެއް ދިމާވާނެ. ނާސްތާ ދިނުން ފެށޭއިރު، ކޮންމެ ވެސް ދަތިތަކެއް ފުރަތަމަކޮޅުގައި މެދުވެރިވެދާނެ. މިކަމުގައި ޖެހޭ ރޫތައް ފިލުވައި އަމާން ކުރެވޭނީ ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ ތަޖުތިބާ ލިބިގެން. އެހެންކަމުން ފުރަތަމަ ކޮޅުގައި ދިމާވާ ދަތިތަކަށް ތިޔަ ކުދިން، ކެތްތެރިވާނެ ކަމަށް ޔަގީން ކުރަން،" ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ދިރާސީ އާ އަހަރާ ގުޅިގެން، މިނިސްޓަރު ވިދާޅުވިއެވެ.

އަލަަށް ފެށުނު ދިރާސީ އާ އަހަރާ ގުޅިގެން ދަރިވަރުންނަށް އިލްތިމާސް ކުރައްވައި މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރަށް ވުރެ މި އަހަރު ކިޔެވުމަށް ބޮޑަށް ރަނގަޅުކޮށް، އުޅުން ވެސް ރަނގަޅު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ދިރާސީ އާ އަހަރު ރާއްޖޭގެ 213 ސްކޫލެއްގައި ކިޔަވައިދޭން ފަށާފައިވާއިރު، މިއަހަރު އެއް ދަންފަޅިއަށް ބަދަލުކޮށްގެން ކިޔަވައި ދެނީ 144 ސްކޫލެއްގައެވެ. ރާއްޖެގެ ހުރިހާ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލު ކުރުމަށް ބޭނުންވާ ވަސީލްތައް ދެނެގަތުމުގެ އޮޑިޓެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހަދާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ
08 ފެބުރުއަރީ 2017

ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން

08 ފެބުރުއަރީ 2017
ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް