Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮނާލްޑޯގެ މައްޗަށް ކުރެވޭ ރޭޕްގެ ތުހުމަތު

ރޭޕްގެ ތުހުމަތުތަކާ ގުޅިގެން ރޮނާލްޑޯގެ ޑީއެންއޭ ސާމްޕަލް ދޭން އަންގައިފި

ގުޅުން ހިންގީ ގަދަކަމުން ނޫން ކަމަށް ވަކީލު ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖެނުއަރީ 2019 | ހުކުރު 08:25
ކްރިސްޓިއާނޯ ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓީއާނޯ ރޮނާލްޑޯގެ މައްޗަށް ކޮށްފައިވާ ރޭޕްގެ ތުހުމަތާ ގުޅިގެން, އޭނާގެ ޑީއެންއޭ ސާމްޕަލް ނެގުމަށް ފުލުހުން ތައްޔާރުވެއްޖެއެވެ.

ބީބީސީ ސްޕޯރޓަށް މައުލޫމާތު ދެއްވަމުން ރޮނާލްޑޯގެ ޤާނޫނީ ވަކީލު ޕީޓާރ އެސް ކްރިސްޓިއަންސެން ވަނީ ރޮނާލްޑޯގެ ޑީއެންއޭ ސާމްޕަލް ނެގުމަށް އަމުރެއް ނެރިފައިވާ ކަމަށް މައުލޫމާތު ދީފައެވެ.

އޭގެ އިތުރުން، ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖާގެ ގައިން ނެގި ޑީއެންއޭ ރޮނާލްޑޯގެ ޑީއެންއޭ ދިމާވުމަކީ އެކަށީގެންވާ ކަމަށް ކަމަށާއި އޭނާ އެކަން ކުރީ ގަދަކަމުން ނޫން ކަމަށް ދިފާއީ ވަކީލު ވިދާޅުވެފައިވެއެވެ.

މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ރޮނާލްޑޯއަށް ތުހުމަތު ކުރަމުން އަންނަނީ 2009 ވަނަ އަހަރު އެމރިކާގެ އަންހެނަކު ރޭޕް ކުރިކަމުގެ ތުހުމަތެވެ. އުމުރުން 34 އަހަރުގެ ކެތުރީން މަޔޯގާ ނަމަކަށް ކިޔާ އަންހެނަކު ތުހުމަތުކުރާ ގޮތުގައި ރޮނާލްޑޯ އޭނާ ރޭޕްކޮށްފައި ވަނީ އެމެރިކާގެ ލަސް ވޭގަސްގެ ހޮޓަލެއްގައެވެ.

މަޔޯގާ ބުނާ ގޮތުގައި އެކަން ހިނގުމާ އެކު ލަސް ވޭގަސްގެ ފުލުހުންނަށް ހުށަހެޅިއެވެ. ނަމަވެސް އެ ވާހަކަ ނުދެއްކުމަށް ޝަރުތުކޮށް 2010 ވަނަ އަހަރުގެ ތެރޭގައި ރޮނާލްޑޯގެ ފަރާތުން އޭނާ އަށް 375،000 އެމެރިކާ ޑޮލަރު ދިން ކަމަށް ވެސް މަޔޯގާ ބުނެފައިވެއެވެ.

ޖަރުމަނުގެ މެގަޒިނެއްގައި އެ ވާހަކަތައް ޖެހުމުން ރޮނާލްޑޯ ވަނީ އޭނާގެ އިންސްޓަގްރާމް ލައިވްއެއްގައި އެކަން ދޮގުކޮށްފައެވެ. އަދި އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވެސް ބުނެފައެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ

05 އެޕްރީލު 2017
ސީރިޔާގައި ދިން "ކެމިކަލް" " ހަމަލާ އާއި ގުޅިގެން ސެކިޔުރިޓީ ކައުންސިލުން އެއްވަނީ
17 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި

17 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރާއި ގުޅިގެން ހަަތަރު މީހަކު ހޯދުމަށް ރެޑް ނޯޓިސް ނެރެފި
16 މާރިޗު 2017

މަރާލީ ކިމް ޖޮން ނަމް ކަން، ހެދި ޑީއެންއޭ ޓެސްޓުތަކުން ދައްކައިފި: މެލޭޝިއާ

16 މާރިޗު 2017
މަރާލީ ކިމް ޖޮން ނަމް ކަން، ހެދި ޑީއެންއޭ ޓެސްޓުތަކުން ދައްކައިފި: މެލޭޝިއާ
15 މާރިޗު 2017

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު