Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީ ދަތުރުތައް

ޓެކްސީގެ ދަތުރުގެ އަގުތަކާ ޚިދުމަތާ ގުޅޭ ގޮތުން ސާވޭއެއް ފަށައިފި

9 ޖެނުއަރީ 2019 | ބުދަ 18:20

ސާވޭ ކުރިއަށް ގެންދަނީ އޮންލައިންކޮށް

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 9 ޖެނުއަރީ 2019 | ބުދަ 18:20
މާލޭގައި ޓެކްސީގެ ޚިދުމަތް ދޭ ކާރެއް

މާލޭގައި ޓެކްސީގެ ޚިދުމަތް ދޭ ކާރެއް

މާލޭ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދޭ އަގުތަކާއި ޓެކްސީގައި މީޓަރު ހަރުކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ސާވޭއެއް ޓްރާންސްޕޯޓް އޮތޯރިޓީން ބުދަ ދުވަހު ފަށައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ ޓްއީޓެއްގައި ބުނެފައި ވަނީ މާލޭ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދޭ އަގުތަކާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލަށް ހުޅުވާލާފައި ވާ ކަމަށެވެ. ސާވޭ ކުރިއަށް ދާނީ އޮންލައިންކޮށް ކަމަށާއި ޓެކްސީތަކާ ގުޅޭ 14 ކަމެއްގައި އެ ސާވޭގައި އާންމުންގެ ހިޔާލު ހޯދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

Advertisement - newsAdvertisement

މިނިސްޓްރީން އާންމުކޮށްފައިވާ ސާވޭގައި ޓެކްސީގައި މީޓަރު ހަރުކުރަން ފެނޭތޯ ނުވަތަ އަގު ކަނޑައަޅަން މޯބައިލް އެޕްލިކޭޝަނެއް ހަމަޖައްސަން ފެނޭތޯ ކަނޑައަޅަން ހިޔާލަށް ހުޅުވާލާފައިވެއެވެ.

މީގެ އިތުރުން މާލޭގައި ޓެކްސީ ހިދުމަތް ބޭނުން ކުރުމުގެ އަގާއި ހުޅުލެ އަދި ހުޅުމާލެ އަށް ޓެކްސީގައި ދަތުރު ކުރުމަށް ނަގާނެ އަގާމެދު ހިޔާލަށް ހުޅުވާލާފައިވެއެވެ.

ގިނަ ދުވަސްވެފައި ހުންނަ އުޅަނދުތައް ޓެކްސީގެ ގޮތުގައި ބޭނުންކުރާތީ، އެކަން ހުއްޓުވުމަށް ވެހިކަލްތަކުގެ އުމުރު ކަނޑައަޅަން އާންމުންގެ ހިޔާލަށް އެ ސާވޭގައި ހުޅުވާލާފައިވެއެވެ. އަދި އުޅަނދު ރަޖިސްޓަރީ ކުރުން ކޮންޓްރޯލް ކުރުމާއި ގަރާޖު ސިޓީ ދޫކުރުމާ ގުޅޭ ގޮތުން ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ސާވޭގައި ހިޔާލު ހޯދައެވެ.

ޓެކްސީތަކުން ދަތުރުކޮށް ދޭ އަގުތަކާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގާރަ ދުވަހުގެ ރޭ ފޯރަމެއް ބާއްވައިފައިވާއިރު އެ ހިދުމަތްތަކުގެ އަގު ބޮޑު ނޫން ކަމަށް ޓެކްސީތައް ދުއްވާ ފަރާތްތަކުން ބުނެފައި ވެއެވެ.

ނަމަވެސް އެކަމުގައި އާންމު ފާރަތްތަކުގެ ހިޔާލު ތަފާތުވެފައިވާއިރު އެފަރާތްތަކުން ބުނަނީ ޓެކްސީ ދަތުރުގެ އަގު ހެޔޮ ކުރުމަށް އޮތް އެންމެ ބޮޑު ހައްލަކީ ޓެކްސީތަކަށް މީޓަރު ހަރުކުރުން ކަމުގައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް