Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

އެސްއޯއެފުން ދޭންޖެހޭ އެއްވެސް ފައިސާއެއް ނެތް، އެއް މިލިއަން ޑޮލަރު ޖަމާކުރިކަމަށް އަދީބު ބުނި: ރައީސް ޔާމީން

8 ޖެނުއަރީ 2019 | އަންގާރަ 17:48

ޖަމާކުރީ އެމަނިކުފާނުގެ އަމިއްލަ ފައިސާ ކަމަށް ވިދާޅުވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 8 ޖެނުއަރީ 2019 | އަންގާރަ 17:48
ކުރީގެ ރައީސް ޔާމީނާއި، ކުރީގެ ނައިބު ރައީސް އަދީބް

ކުރީގެ ރައީސް ޔާމީނާއި، ކުރީގެ ނައިބު ރައީސް އަދީބް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ޚިޔާނާތުގައި ބައިވެރިވާކަމަށް ތުހުމަތު ކުރެވޭ އެސް.އޯ.އެފް ކުންފުނިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންއަށް އެއްވެސް ހައިސިއްޔަތަކުން ދޭންޖެހޭ ފައިސާއެއް ނޯންނާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކްގައި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް، އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް އެމަނިކުފާނު ވަނީ އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ އެސްއޯއެފް ކުންފުންޏަކީ ކޮން ކުންފުންޏެއްކަން އެނގިނުލައްވާ ކަމަށާއި، އެ ކުންފުނިން އެމަނިކުފާނަށް އެއްވެސް ހައިސިއްޔަތަކުން ދޭންޖެހޭ ފައިސާއެއްވެސް ނޯންނާނެ ކަމަށެވެ.

Advertisement - newsAdvertisement
"އެސްއޯއެފުން އަޅުގަނޑަށް އެއްވެސް ލާރިއެއް ދޭންޖެހޭ ސަބަބެއް ނޯންނާނެ. އިނގޭތޯ. އެއީ އެސްއޯއެފުން އަޅުގަނޑަށް ލިބުނު ލާރިއެއްކަން އެނގޭނެ ގޮތެއްވެސް ނެތް"، އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، ފިނިފެންމާ ލޯންޗުގައި ހިނގި ހާދިސާއަށްފަހު އެމަނިކުފާނު ފައިސާއެއް ބޭނުންވެގެން ކުރީގެ ނައިބުރައީސް، އަޙުމަދު އަދީބް ގާތު އެދުމުން، އެމަނިކުފާނުގެ އެކައުންޓަށް، އެމަނިކުފާނުގެ ފައިސާއިން އެއް މިލިއަން ޑޮލަރު ޖަމާކުރިކަމަށް އަދީބް ވިދާޅުވި ކަމަށްވެސް ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެކައުންޓަށް ވަދެފަ ހުރި ފައިސާއެއް ވަދެފަ ހުރީ އެއީ، މީގެ ކުރިގަ، އަޙުމަދު އަދީބް ހައްޔަރުކުރަންދެން އަޅުގަނޑަށް ކެމްޕެއިން ކުރަން ލިބޭ ފައިސާ، އެ ހަމަ ރާއްޖޭގެ އެކި ފަރާތްތަކުން، އަޅުގަނޑުގެ ކެމްޕޭނަށް ލިބޭ ފައިސާ މެނޭޖް ކޮށްދެއްވަނީ އަދީބް. އެހެންވީމަ އަދީބް އަތްޕުޅުގަ ހުރީ އަޅުގަނޑު ކެމްޕޭނަށް ލިބިފަ ހުރި ފައިސާ. އެހެންވީމަ އެ ފައިސާގެ ތެރޭން ފައިސާއެއް ބޭނުންވެގެން އަޅުގަނޑު ދެންނެވިން ޚާއްސަކޮށް ފިނިފެންމާ ލޯންޗްގެ އެކްސިޑެންޓާއި ގުޅިގެން. ދެން ކުއްލިއަކަށް މި އެނގުނީ، ދެން އަދީބް އަޅުގަނޑުކައިރީ ވިދާޅުވި ކޮންމެސް ތާރީހެއްގަ މިޙަރު ރައީސްގެ އެކައުންޓަށް އެއް މިލިއަން ޖަމާކޮށްފީމޭ. ދެން އަޅުގަނޑަށް އޭސީސީން އޭގެ ދުވަސްކޮޅެއް ފަހުން ގުޅާފަ މިބުނީ ރައީސްގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ޖަމާވެފަ އެބަހުއްޓޭ. ދެން އޭރު އެސްއޯއެފަކީ ކޮން ކުންފުންޏެއް ކަމެއް އަޅުގަނޑަކަށް ނުވެސް އެނގޭ. އެހެންމަ ދެން އެއީ އަޅުގަނޑަށް އައީ ހަމަ ސަޕްރައިޒަކަށް. ދެން އޭސީސީން ފުރަތަމަ އަޅުގަނޑުގެ އެޓެންޝަންއަށް، އަޅުގަނޑުގެ އެކައުންޓަށް ޖަމާވެފަހުރީ އެސްއޯއެފްގެ ލާރި ކަމަށް އައީވެސް. އެހެންވީމަދެން އެސްއޯއެފްގެ ޗެކަކީ އަޅުގަނޑުގެ އަތަށް ލިބިގެން އަޅުގަނޑު ޖަމާކުރި ޗެކެއް ނޫން" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ، އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ އަދީބްގެ އަތުގައި ހުރި ރައީސް ޔާމީންގެ ފައިސާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. މި ފައިސާއަކީ އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާކަން އެނގިވަޑައިގަތީ އޭސީސީން އެކަން އެންގެވުމުން ކަމަށާއި، އެކަން އެނގިވަޑައިގަތް ހިސާބުން އެ އެއް މިލިއަން ޑޮލަރު، އިސްލާމިކް ބޭންކްގެ އެހެން އެކައުންޓަކަށް ބަދަލުކުރައްވައި، އެ އެކައުންޓްގައި އެ ފައިސާ އަދިވެސް ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މައްސަލަ އޭސީސީން ބެލީ 2016 ވަނަ އަހަރު ކަމަށްވާއިރު، 2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އެމަނިކުފާނު ކަމަކަށް ބޭނުންފުޅުވެގެން ހޯދި މި ފައިސާ އެހާތަނަށް ބޭނުން ނުކުރައްވައި ބެހެއްޓެވި ސަބަބެއް ރައީސް ޔާމިން ހާމައެއް ނުކުރައްވައެވެ.

އަދި ފަހުން އޭސީސީ އާއި އެމަނިކުފާނާއި ދެމެދު ވެވުނު އެއްބަސްވުމެއްގަ ދަށުން އެކްސްކްރޯ އެކައުންޓެއްގައި އެ އެއް މިލިއަނަށްވާ ފައިސާ ބެހެއްޓި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެ ފައިސާ އަކީ އެސްއޯއެފުން ޖަމާކުރި ފައިސާ ނޫން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ ދެ ފަހަރެއްގެ މަތިންނެވެ. އެގޮތުން އޮކްޓޯބަރު، 13، 2015 ގައި 500،000 ޑޮލަރު ޖަމާކުރުމަށް ފަހު އޮކްޓޯބަރު، 15، 2015 ގައި ވެސް 500،00 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އޭސީސީން ކުރިން އާންމުކުރި ރިޕޯޓެއްގައި ވަނީ ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް