Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ވަރުން ދަވަން އަނެއްކާ ވެސް ބައްޕަ ޑޭވިޑް ދަވަންގެ ފިލްމަކުން

މި ފިލްމަކީ "ކޫލީ ނަމްބަރު 1" ގެ ރީމޭކެއް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 7 ޖެނުއަރީ 2019 | ހޯމަ 12:05
ވަރުން ދަވަން އާއި އާލިއާ ބަޓް

ވަރުން ދަވަން އާއި އާލިއާ ބަޓް

ބޮލީވުޑްގެ ތަރި ވަރުން ދަވަން އަނެއްކާ ވެސް އޭނާގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރާ ފިލްމެއްގައި މަސައްކަތް ކުރުމަށް ނިންމައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަކީ "ކޫލީ ނަމްބަރު 1" ގެ ރީމޭކް އެކެވެ.

މި ފިލްމްގެ ޕްރޮޑިއުސަރަކީ ވަރުންގެ ބޭބެ ރޯހިތު ދަވަން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން ވަރުން ވަނީ އޭނާގެ ބައްޕަ ޑައިރެކްޓް ކޮށްފައިވާ "ޖުޅުވާ 2" އަދި "މޭ ތެރޭ ހީރޯ" އިން ފެނިގެން ގޮސްފައެވެ.

މި ފިލްމްގައި ވަރުންއާއެކު ފެނިގެންދާނީ މިދިޔަ ޑިސެމްބަރު މަހު ބޮލީވުޑަށް އަލަށް ތަޢާރަފްވި ސާރާ އަލީ ޚާން ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް ފަހުން އެ ރޯލަށް ހަމަޖައްސާފައި ވަނީ ވަރުންއާ އެކު "ސްޓޫޑެންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތަޢާރަފްވި އާލިއާ ބަޓް ކަމަށް ޙަބަރުތައް ބުނެއެވެ.

ވަރުން އާއި އާލިއާ ވަނީ މީގެ ކުރިން އެކުގައި ތިން ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި "ސްޓޫޑެންޓް އޮފް ދަ އިޔާ" ގެ އިތުރުން "ބަދްރިނާތުކީ ދުލްހަނިޔާ" އާއި "ހަމްޓީ ޝަރްމާކީ ދުލްހަނިޔާ" ހިމެނެއެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި

18 މާރިޗު 2017
ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި
13 މާރިޗު 2017

ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

13 މާރިޗު 2017
ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި
13 މާރިޗު 2017

ޝާހުރުކް ޚާންގެ ކޮނޑުހުޅަށް އަނިޔާވެ އަނެއްކާ ވެސް ސާޖަރީއެއް ހަދައިފި

13 މާރިޗު 2017
ޝާހުރުކް ޚާންގެ ކޮނޑުހުޅަށް އަނިޔާވެ އަނެއްކާ ވެސް ސާޖަރީއެއް ހަދައިފި
10 މާރިޗު 2017

އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ

10 މާރިޗު 2017
އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ
02 މާރިޗު 2017

އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު

02 މާރިޗު 2017
އާލިއާ ބަޓާއި އޭނާގެ ބައްޕައަށް މަރުގެ އިންޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު