Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުޚީ

ފުލުހުންގެ މުއައްސަސާ ގަޑުބަޑުވުމުގެ ޒިންމާ ރިޔާޒް އަދި ހުސެއިން ވަހީދު ނަންގަވަން ޖެހޭނެ: ނިޝާން

6 ޖެނުއަރީ 2019 | އާދީއްތަ 19:42

އެ ދެ ބޭފުޅުން އެތާނގައި ތިއްބަވައިގެން ކުރެއްވި ކަންތައްތަކެއްގެ ސަބަބުން އެ މުއައްސަސާގެ ތެރޭގައި ވަނީ ގަޑުބަޑު އުފެދިފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ޖެނުއަރީ 2019 | އާދީއްތަ 19:42
ޤާނޫނީ ވަކީލް މުހައްމަދު ނިޝާން

ޤާނޫނީ ވަކީލް މުހައްމަދު ނިޝާން

ފުލުހުންގެ މުއައްސަސާ ގަޑުބަޑުވުމުގެ ޒިންމާ ކުރީގެ ޕޮލިސް ކޮމިޝަނަރުން ކަމަށްވާ އަބްދުﷲ ރިޔާޒް އާއި ހުސެއިން ވަހީދު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޤާނޫނީ ވަކީލް މުހައްމަދު ނިޝާން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ފުލުހެއްގެ ގޮތުގައި ކުރިން މަސައްކަތްވެސް ކޮށްފައިވާ ނިޝާން ވިދާޅުވީ ރިޔާޒް އާއި ހުސެއިން ވަހީދު ފުލުހުންގެ މުއައްސަސާގައި ތިއްބަވައިގެން ކުރެއްވި ކަންތައްތަކުގެ ސަބަބުން ފުލުހުންގެ މުއައްސަސާ 'އަތްނުލެވޭ ވަރަށް ހޫނުވެފައިވާ' ކަމަށާއި އެކަމުގެ ޒިންމާ އެ ދެ ބޭފުޅުން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

Advertisement - newsAdvertisement
"މިކަމުގެ ޒިންމާ ނަގަންޖެހޭނީ ހަމައެކަނި މިހާރު ފުލުހުންގެ މުއައްސަސާގައި ތިބި ފަރާތްތަކުންނެއް ނޫން. ކުރީގެ ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ހުސެއިން ވަހީދު ޒިންމާ ނަގަން ޖެހޭނެ، މޯލްޑިވްސް ޕޮލިސް ސަރވިސް މިއަދު މި ގޮސް އޮތް ހިސާބަށް، އެބޭފުޅުން އެތާނގައި ތިއްބަވައިގެން ކުރެއްވި ކަންތައްތަކެއްގެ ސަބަބުން އެ މުއައްސަސާގެ ތެރޭގައި ބޮޑަށް ގަޑުބަޑު އުފެދިފައިވަނީ، އެބޭފުޅުންނަށް ކޮންޓްރޯލް ނުވީ، އެބޭފުޅުންނަށް އޮންނަ ގޮތަށް ކަންނުކުރެވުނީ، އެބޭފުޅުންގެ އަމިއްލަ މަސްލަހަތު އިސްކުރުމަށް މަސައްކަތް ކުރެވުނީ" ނިޝާން ވިދާޅުވިއެވެ.

ފާއިތުވެ ދިޔަ ދުވަސްތަކުގައި ފުލުހުންނާއި މެދު ރައްޔިތުން ކުރަމުން އައި އިތުބާރު ގެއްލިފައިވާކަން ފާހަގަކުރައްވާ ނިޝާން ވިދާޅުވީ އެ އިތުބާރު އަލުން އަނބުރާ ހޯދަން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތައް ކުރަންޖެހޭނެ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޝާން އިތުރަށް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ވެދެފައިވާ ނުފޫޒު ހުއްޓުވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން އިލްމީ ދިރާސާއެއް ހެދުމަށްފަހު އެކަމަށް ރަނގަޅު ބޭހެއް ހޯދަންޖެހޭ ކަމަށެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށްޓަކައި ރައީސް ކޮމިޝަނެއް އުފެއްދެވީ ފުލުހުންނަށް އިތުބާރު ނުކުރާތީ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކައަށް ރައްދު ދެއްވާ ނިޝާން ވިދާޅުވީ ފުލުހުންނަށް ރައީސް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށެވެ. އެގޮތުން ކުރިން ރައީސްކަން ކުރެއްވި ބޭފުޅެއްގެ ޖިނާއި ތަހުޤީޤު ހިނގުމަށް ފުލުހުންނާއި ރައީސް ހަވާލުކުރައްވާނީވެސް ފުރިހަމައަށް އިތުބާރު އޮންނެވުމުންކަން ނިޝާން ފާހަގަކުރެއްވިއެވެ.

"މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވަރަށް އިތުބާރު ކުރާތީ ނޫންތޯ ރައީސްކަން ކުރައްވާފައި ފައިބައިވަޑައިގެންނެވި ބޭފުޅެއްގެ ޖިނާއި ތަހުޤީޤު ކުރަން ހަވާލުކުރެއްވީ. އެހެންނޫންމަ އެކަމަށް ވެސް ކޮމިޝަނެއް އުފެއްދެވުމުގެ ޤާނޫނީ ބާރު ރައީސް އަށް ލިބިގެންވޭ ނޫންތޯ؟ އެހެންވީމަ ވާހަކަ ދައްކާއިރު އެވާހަކަ ދައްކާ މީހަކު ވެސް އަމިއްލަށް ވިސްނަންވާނެ ޤައުމުގައި މި އުފެއްދެނީ ކިހާ ގަޑުބަޑު ވާހަކައެއްތޯ؟ އެކަން ނުކުރުމަށް އަޅުގަނޑު ގޮވާލަން" ނިޝާން ވިދާޅުވިއެވެ.

ރާއްޖޭގައި އިންޓެލިޖެންސްއާ ބެހޭ ޤާނޫނެއް ނެތް ކަމަށާއި ޝަރުއީ ކޯޓުތަކުން އިންޓެލިޖެންސް ރިޕޯޓުގެ މައްޗަށް އެކަނި ގޮތް ނުނިންމޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށް ނިޝާން ވިދާޅުވިއެވެ. އެހެންކަމުން އިންޓެލިޖެންސްއާ ބެހޭ ޤާނޫނެއް ރާއްޖޭގައި އޮންނަ ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
15 ފެބުރުއަރީ 2017

ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް

15 ފެބުރުއަރީ 2017
ރައީސް ނަޝީދާ ވާދަކުރަން ޖެހިލުން ވުމަކީ އަމިއްލައަށް ބަލި ޤަބޫލު ކުރުން:ރިޔާޒް
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
06 ފެބުރުއަރީ 2017

އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން

06 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް