Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ޗައިނާ

އެެމެރިކާއާއި ޗައިނާއިން އަންނަ ހަފްތާފައި ވިޔަފާރީގެ ބައްދަލުވުމެއް ބާއްވަނީ

4 ޖެނުއަރީ 2019 | ހުކުރު 07:28

އެމެރިކާއާއި ޗައިނާއިން ނަގަންފެށި ޓެރިފްތައްވަނީ މެދުކަނޑާލާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 4 ޖެނުއަރީ 2019 | ހުކުރު 07:28
ބައްދަލުވުން އޮންނާނި ޖެނުއަރީ މަހުގެ 7ން 8އަށް ބެއިޖިންގައި

ބައްދަލުވުން އޮންނާނި ޖެނުއަރީ މަހުގެ 7ން 8އަށް ބެއިޖިންގައި

ދުނިޔޭގެ އެންމެބޮޑޮ ދެ އިގްތިސާދުގެ މެދުގައި އުފެދިފައިވާ ވިޔަފާރީގެ ކޯޅުން ނިމުމަކަށް ގެނައުމުގެ އަޒުމުގައި ބާއްވާ ބައްދަލުވުމަކަށް އެމެރިކާގެ ވަފުދެއް އަންނަ ހަފްތާގައި ޗައިނާއަށް ޒިޔާރަތްކުރުމަށް ނިންމައިފިއެވެ.

މިދިޔަ އަހަރު އެއް ގައުމު އަނެއްގަމުންވަނީ ދެގައުމަށް އެތެރެކުރެވޭ އަނެއް ގައުމުގެ މުދަލުގެ ތެރެއިން 300 ބިލިއަން އެމެރިކާ ޑޮލަރުގެ މުދަލުން ޓެރިފެއް ނަގަން ފަށާފައެވެ.

މިއީ އެމެރިކާ އާއި ޗައިނާއިން އެއްގައުމު އަނެއް ގައުމެއްގެ މުދަލުން ނަގަންފެށި ބޮޑެތި ޑިއުޓީތައް ކަނޑާލުމުގެ މަޝްވަރާކުރުމަށް 90 ދުވަހުގެ މުއްދަތައް އެ ޑިއުޓީތައް ނެގުން ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ޗައިނާގެ ރައީސް ޝީ ޖިން ޕިން އެއްބަސްވެ ވަޑައިގެންނެވި ފަހުން ދެ ގައުމުން އެއްމޭޒުދޮށުގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

ޑިއުޓީ ނެގުން މެދުކަނޑާލަށް ދެ ގައުމުން އެއްބަސްވީ މިދިއަ ޑިސެމްބަރ މަހު އާޖެންޓީނާގެ ވެރިރަށް ބޮއިނިސް އައިރިސްގައި ބޭއްވި ޖީ 20 ސަމިޓަށްފަހު ދެ ބޭފުޅުން ބޭއްވި ބައްދަލުވުމުގަ އެވެ. މިއީ ދެ ގައުމުގެ މެދުގައި މި އަހަރު ވިޔަފާރީގެ ހަނގުރާމަ ފެށުނުފަހުން ދެ ބޭފުޅުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ޗައިނާގެ ކޮމާސް މިނިސްޓްރީގެ ވެބްސައިޓްގައި ބުނެފައިވަނީ މި ބައްދަލުވުން އޮންނާނި ޖެނުއަރީ މަހުގެ ހަތަކުން 8 އަށް ބެއިޖިންގައި ކަމަށެވެ. އަދި ދެ ގައުމުގެ ލީޑަރުން އެއްބަސްވެ ވަޑައިގެންފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް މަޝްވަރާ ކުރެވޭނެކަމަށެވެ.

އެމެރިކާގެ ވަފްދުގެ އިސް ވެރިޔަކަށް ހުންނަވާނީ ޑެޕއިޓީ ޓްރޭޑް ރެޕްރެޒެންޓޭޓިވް ޖެފްރީ ގެރިޝްކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

އެެމެރިކާއިން ޗައިނާގެ 200 ބިލިއަން ޑޮލަރަށްވާ މުދަލަށް 10 އިންސައްތައިގެ ޓެރިފެއް ތައާރަފްކުރީ ސެޕްޓެމްބަރު މަހުއެވެ. ރައީސް ޓްރަމްޕް ރާއްވަވާފައި އޮތީ ޖެނުއަރީ މަހުން ފެށިގެން އެ ޓެރިފް 25 އިންސައްތައަށް ބޮޑުކުރުމަށެވެ.

ނަމަވެސް މިހާރު އެ ޓެރިފް މަޑުޖައްސާލާފައިވާއިރު ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އެ 90 ދުވަހުގެ ތެރޭގައި ދެ ގައުމުން އެއްބަސްވުމަކަށް ދިއުމަށް ނުކުޅެދިއްޖެނަމަ 10 އިންސައްތައިގެ ބަދަލުގައި 25 އިންސައްތައަށް ޓެރިފް ބޮޑުކުރައްވާނެކަމަށެވެ.

ޓެކްސް މަޑު ޖައްސާލުމުގެ ބަދަލެއްގެ ގޮތުން ދަނޑުވެރިކަމުގެ ސާމާނާއި، ހަކަތައިގެ ދާއިރާއަށް ބޭނުންވާ ސާމާނާއި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ އެެހެނިހެން ބައެއް ސާމާނު ކުޑަ މިންވަރެއް އެމެރިކާއިން ގަތުމަށް އެއްބަސްވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

25 ޖުލައި 2017

ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން އިންޑިއާ ސިފައިން ފަހަތަށް ޖެހުމަށް ޗައިނާއިން ގޮވާލައިފި

25 ޖުލައި 2017
ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން އިންޑިއާ ސިފައިން ފަހަތަށް ޖެހުމަށް ޗައިނާއިން ގޮވާލައިފި
30 ޖޫން 2017

އެމެރިކާއިން ތައިވާނަށް ހަތިޔާރު ވިއްކާތީ ޗައިނާއިން ކަންބޮޑުވެއްޖެ

30 ޖޫން 2017
އެމެރިކާއިން ތައިވާނަށް ހަތިޔާރު ވިއްކާތީ ޗައިނާއިން ކަންބޮޑުވެއްޖެ
12 ޖޫން 2017

އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ

12 ޖޫން 2017
އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ
01 ޖޫން 2017

ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާތީ ޔޫރަޕާއި ޗައިނާއިން އެކަމާ ދެކޮޅަށް ތެދުވެއްޖެ

01 ޖޫން 2017
ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާތީ ޔޫރަޕާއި ޗައިނާއިން އެކަމާ ދެކޮޅަށް ތެދުވެއްޖެ
25 މެއި 2017

ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި

25 މެއި 2017
ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އުފައްދާފައިވާ ރަށްތަކުގެ ކައިރިއަށް އެމެރިކާ މަނަވަރެއް ދަތުރުކޮށްފި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
03 މެއި 2017

އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި

03 މެއި 2017
އެއްބަޔަކު އަނެއް ބަޔަކު "ރުޅިނޭރުވުމަށް" ޗައިނާއިން ގޮވާލައިފި
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
09 މާރިޗު 2017

ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި

09 މާރިޗު 2017
ދެ ކޮރެއާ ސަރަހައްދުގެ ހަލަބޮލިކަން ފިނިކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ދެކުނު ކޮޮރެއާ އާއި އެމެރިކާ އިން އިންކާރުކޮށްފި
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް