Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖެއަރ ބޮލްސާނަރޯ

އެއްބައިވަންތަވުމަށް ބްރެޒިލްގެ އާ ރައީސް ގޮވާލައްވައިފި

2 ޖެނުއަރީ 2019 | ބުދަ 05:45

ކަނާތު ފިޔައިގެ ވިސްނުން ގެންގުޅުއްވާ ޓްރަމްޕް ވަނީ ބޮލްސާނައރޯއަށް ތައުރީފްކުރައްވާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 2 ޖެނުއަރީ 2019 | ބުދަ 05:45
ބޮލްސާނަރޯއަކީ ނަސްލީ ތަފާތުކުރުންތައް ގެންގުޅުއްވާތީ ފާޑުކިޔުން އަމާޒުވެފައިވާ ބޭފުޅެއް

ބޮލްސާނަރޯއަކީ ނަސްލީ ތަފާތުކުރުންތައް ގެންގުޅުއްވާތީ ފާޑުކިޔުން އަމާޒުވެފައިވާ ބޭފުޅެއް

ތަފާތު ކުރުމެއް ބައިބައި ވުމެއް ނެތް މުޖުތަމައުއެއް ބިނާކުރައްވާނެކަމަށް، އަންގާރަ ދުވަހު ބްރެޒިލްގެ ރައީސް ކަމުގެ ހުވާކުރެއްވި ކަނާތުފިޔައިގެ ލީޑަރު ޖެއަރ ބޮލްސާނަރޯ ވިދާޅުވެއްޖެއެވެ.

އަސްކަރިއްޔާގެ ކުރީގެ ކެޕްޓަން ހުވާކުރެއްވުމަށްފަހު ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން، ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވަނީ ބްރެޒިލްއަކީ ކޮރަޕްޝަން ނެތް އަދި ކުށް ނުކުރާ ގައުމަކަށް ހެދުން ކަމަށެވެ. އަދި އިގްތިސާދު މިސްމެނޭޖްކުރުން ނައްތާލެއްވިފައިވާ ގައުމަކަށް ހެދުންކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްވަނީ ބޮލްސާނަރޯގެ ތަގުރީރަށް ތައުރީފް ކުރައްވައި އެމެރިކާ އޮތީ އެ މަނިކުފާނާއެކު ކަމަށް ވިދާޅުވެފައެވެ.

ބްރެޒިލްގައި އޮކްޓޯބަރ މަހުގެ 28ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބޮލްސާނަރޯ ކާމިޔާބު ކުރައްވާފައިވަނީ މެދުމިނުގެ ވަރކަރސް ޕާޓީގެ ކެންޑިޑޭޓް، ސައުޕޯލޯގެ ކުރީގެ މޭޔަރ ފެރްނާންޑޯ ހައްދާދްއާ ވާދަކުރައްވާ ބޮޑުތަފާތަކުން އިންތިޚާބު ކާމިޔާބުކުރައްވައިގެންނެނެވެ.

އަސްކަރިއްޔާގައި ކުރިން މަސައްކަތްކުރައްވާފައިވާ ބޮލްސާނަރޯއަކީ ނަސްލީ ތަފާތުކުރުންތައް ގެންގުޅުއްވާތީ ފާޑުކިޔުން އަމާޒުވެފައިވާ ބޭފުޅެކެވެ. ނަމަވެސް އޭނާއަށް ތާއީދުކުރައްވާ ފަރާތްތަކުން ދެކޭ ގޮތުގައި އޭނާއަކީ ކުށް ގިނަ އެ ގައުމު ސަލާމަތްކޮށްދޭނެ މީހާއެވެ.

ގާނޫނުހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ބޮލްސާނަރޯ ހުންނެވިއިރު އަސްކަރިއްޔާގެ މަސްލަހަތަށް މަސައްކަތްކުރައްވާފައިވާއިރު ރައީސް ކަމުގެ މަގާމަށް އިންތިޚާބުވުމަށްފަހުވެސްވަނީ ސަރުކާގެ ހަތް ވުޒާރާއަކަށް އަސްކަރިއްޔާގައި ކުރިން މަސައްކަތްކުރައްވާފައިވާ ފިރެހެނުން އައްޔަން ކުރައްވާފައެވެ.

ނުރައްކާތެރި ވަޅީގެ ހަމަލާއެއްގައި ސެޕްޓެމްބަރު މަހު ޒަޚަމްވެ ވަޑައިގަތުމާއެކު ބޮލްސާނަރޯއަށް ކެމްޕެއިންގައި އަމަލީގޮތުން އުޅުއްވެވުނީ މަދު ދުވަސް ކޮޅެއްގައެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގަައި ބޮލްސާނަރޯ އަށް 46 ޕަސެންޓް ލިބިވަޑައިގެންފައިވާއިރު ހައްދާދަށް ލިބިވަޑައިގެންނެވީ 29 ޕަސެންޓް ވޯޓެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
07 ޖެނުއަރީ 2017

ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި

07 ޖެނުއަރީ 2017
ބްރެޒިލްގެ ޖަލެއްގެ ގައިދީންތަކެއްގެ ބޯކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް