Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުތުރު ކޮރެއާގެ މައްސަލަ

ދިވެހިންނަށް ބޭރު ޤައުމުތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އިސްކަންދޭނަން: ފޮރިން މިނިސްޓަރ

1 ޖެނުއަރީ 2019 | އަންގާރަ 08:09

ޑިޕްލޮމޭޓުންނަށް މިނިސްޓަރ ޝާހިދު ފޮނުއްވީ އީ ކާޑު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 1 ޖެނުއަރީ 2019 | އަންގާރަ 08:09
މިނިސްޓަރ ޝާހިދު ގެންދަވަނީ ގައުމުތަކާއެކު ހީނަރުވެފައި އޮތް ގުޅުންތައް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން

މިނިސްޓަރ ޝާހިދު ގެންދަވަނީ ގައުމުތަކާއެކު ހީނަރުވެފައި އޮތް ގުޅުންތައް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން

ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށް ދިމާވާ މައްސަލަތަލަށް ޙައްލެއް ހޯދައިދިނުމަށް މިއަހަރު އިތުރު މަސައްކަތްތަކެއް ކުރައްވާނެކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އައު އަހަރުގެ މުނާސަބަތުގައި ދިވެހި ބަހާއި އިނގިރޭސި ބަހުން ދެއްވި މެސެޖްތަކެއްގައި މިނިސްޓަރ ޝާހިދު ވިދާޅުވީ އިންސާނީ ހައްޤުތަކާއި ޑިމޮކްރަސީއާއި ތިމާވެށީގެ މައްސަލަތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ޚާރިޖީ ސިޔާސަތުގެ އެންމެ މައިގަނޑު ތަނބުތައްކަމަށެވެ. އަދި އެތަނބުތަކުގެ މައްޗަށް ބިނާކޮށް ރާއްޖެއާއި ރަހުމަތްތެރިކަން އޮތް ޤައުމުތަކާއި، ޒަމާންވީ ރަހުމަތްތެރިންނާއި ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އާ ރަހުމަތްތެރި ޤައުމުތައް ހޯދުމުގައިވެސް ދެމިތިބޭނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. ޝާހިދު އިތުރަށް ވިދާޅުވީ މިއީ އުއްމީދުން ފުރިގެންވާ ދުވަސްތަކެއްކަމަށެވެ.

"2018 ވަނަ އަހަރު ދިވެހިން އިހްތިފާލްކުރީ އުއްމީދުން ފުރިގެންވާ ފަތިހެއް އަޅުގަނޑުމެންނަށް މަރުޙަބާ ކިޔުން. 2019 ވަނަ އަހަރު އަޅުގަނޑުމެން ދިވެހިން އެކުރި އުއްމީދުތައް ޙާސިލްކުރުމަށް އިތުރު މަސައްކަތްތައް ކުރުމުގައި ދެމިތިބޭނަން،" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ގުޅިފައިވާ ޕާޓީތަކުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް މިނިސްޓަރ ޝާހިދު އާ އަހަރުގެ ތަހުނިޔާގެ މެސެޖް ފޮނުއްވިއިރު، އެހެން އަހަރުތަކުގައި ޚާރިޖީ ވަޒީރުން އަމަލުކުރައްވާ ގޮތާއި ޚިލާފަށް ބޭރުގެ ސަފީރުންނާއި ޚާރިޖީ ވަޒީރުންނަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ކަރުދާހުގައި ޕްރިންޓްކޮށްފައިވާ ތަހުނިޔާ ކާޑު ފޮނުއްވާފައެއް ނުވެއެވެ.

މިނިސްޓަރ ޝާހިދު މިފަހަރު ފޮނުއްވާފައިވަނީ އީކާޑެކެވެ. އެކާޑުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ތަހުނިޔާގެ ކާޑުތައް ހެދުމަށް ކޮންމެ އަހަރަކުވެސް އެތައް ލައްކަ ގަހެއް ކަނޑަމުންދާކަމަށާއި، ތިމާވެއްޓާއި ރައްޓެހި ގޮތްތަކެއް ޚިޔާރުކުރުމަށް ޑިޖިޓަލް ކާޑު ބޭނުންކުރުމަށް ގޮވާލައްވާކަމަށެވެ. އަދި އެކާޑުގައި ދާދިފަހުން ޙިމާޔަތްކުރެވުނު ހދ. ކޭލަކުނުގެ ބަރުގަހުގެ ޖަންގަލީގެ ފޮޓޯއެއް ހިމަނުއްވާފައިވެއެވެ. މިވެރިކަމުގެ ކުރީކޮޅު ރައީސް އޮފީހާއި ފޮރިން މިނިސްޓްރީއިން ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ފެން ފުޅި ބޭނުންކުރުން ހުއްޓާލާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
14 ޖެނުއަރީ 2017

ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ

14 ޖެނުއަރީ 2017
ޖަންކްޝަންތައް މައްސަލަޖެހި، ނަޖިސް ބޭރުވަނީ
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް