Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓު ކެނޑުމުގެ މައްސަލަ

ރަށްރަށުގެ ޖަނަރޭޓަރުތަކަށް ފަސޭހައިން ސްޕެއަރ ލިބޭނެ ގޮތް ހަދާނަން: ސައީދު

ރާއްޖޭގެ 152 ރަށެއްގައި 148 އިންޖީނުގެ ހުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ޑިސެމްބަރު 2018 | އާދީއްތަ 09:51
ބައެއް ރަށްތަކަށް ޖަނަރޭޓަރ ފޮނުވަނީ

ބައެއް ރަށްތަކަށް ޖަނަރޭޓަރ ފޮނުވަނީ

ރަށްރަށުގެ ކަރަންޓަށް ދިމާވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދެއްވުމަށްޓަކައި ޖަނަރޭޓަރުތަކުގެ ސްޕެއަރ ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ހައިސިއްޔަތުން ފުރަތަމަ ފަހަރަށް މީޑީއާއަކާ ވާހަކަ ދައްކަވަމުން، ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ސައީދު ވިދާޅުވީ، ކުއްލިއަކަށް ޖަނަރޭޓަރެއް ހަލާކުވެއްޖެ ނަމަ އެއަށް ބޭނުންވާނެ ސްޕެއަރ ޖެންސެޓް ނިޒާމެއް ޤާއިމުކުރައްވާނެ ކަމަށާއި، މިހާރު ޚިދުމަތްދޭ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

"ކަމެއް ދިމާވާ ހާލަތެއްގައި އެވަގުތެއްގައި ހައްލު ކުރެވޭނެ ރަނގަޅު މެކޭނިޒަމެއް އަޅުގަނޑުމެންނަށް ޤާއިމުކުރެވިދާނެ. މިހާރު މި ރީޖަންތަކަށް ސާރވިސް ސެންޓަރުތަކެއް ހެދި އެ ސެންޓަރުތަކުން ޚިދުމަތްތައް ދޭން ފެށީމަ ކަރަންޓު ކެނޑޭ ހާލަތްތަކުގައި އެ ސެންޓަރުތަކުގައި ސްޕެއަރ ޖެންސެޓްތައް ހުރީމަ އަޅުގަނޑުމެންނަށް ވަގުތުން މޮބިލައިޒް ކުރެވޭނެ،" ސްޕެއަރ ޖެންސެޓް ރަށްރަށަށް ފަސޭހައިން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ 152 ރަށެއްގައި 148 އިންޖީނުގެ ހުރިއިރު، އޭގެ ތެރޭގައި 505 ޖެންސެޓް މިވަގުތަށް ހުރި ކަމަށާއި، ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެއްޖެ ނަމަ ވަގުތުން ހައްލު ކުރުމަށް އެ ނިޒާމުގެ ތެރެއިން ފަސޭހަ ވެގެން ދާނެ ކަމަށެވެ.

ރާއްޖޭގެ ރަށްރަށުން ކަރަންޓް ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާ ކަމުގެ ޝަކުވާ ގިނަވެފައިވާއިރު، ކަރަންޓުގެ ދަތިކަން ހައްލުކޮށްދިނުން އެދި ރާއްޖޭގެ އެކި ރަށްރަށުގައި މުޒާހަރާތައް ވެސް ވަނީ ކޮށްފައެވެ. އޭގެ އިތުރުން ޖަނަރޭޓަރުތަކަށް ދިމާވާ މައްސަލަތައް ގިނަ ދުވަސްވާއިރު ވެސް ހައްލު ނުކުރެވޭ ކަމުގެ ޝަކުވާތައް ވެސް ވަނީ ގިނަވެފައެވެ.

އިތުރަށް ކިޔާލަން

07 ޖޫން 2017

ސިޔާސީ ގުޅުން ކަނޑާލައިގެން ލިބޭނެ އިގްތިސާދީ ފައިދާއެއް ނޯންނާނެ: ސައުދުﷲ

07 ޖޫން 2017
ސިޔާސީ ގުޅުން ކަނޑާލައިގެން ލިބޭނެ އިގްތިސާދީ ފައިދާއެއް ނޯންނާނެ: ސައުދުﷲ
01 ޖޫން 2017

މޫސުމަށް އަންނަ ކުޑަ ބަދަލަކުން ވެސް ބޮޑު ގެއްލުމެއް ރާއްޖެއަށް ލިބޭނެ: ރައީސް ނަޝީދު

01 ޖޫން 2017
މޫސުމަށް އަންނަ ކުޑަ ބަދަލަކުން ވެސް ބޮޑު ގެއްލުމެއް ރާއްޖެއަށް ލިބޭނެ: ރައީސް ނަޝީދު
14 މެއި 2017

ޚިޔާލު ތަފާތުވުންނެތި ޑިމޮކްރެސީއެއް ނުލިބޭނެ: އަލީ ނިޒާރު

14 މެއި 2017
ޚިޔާލު ތަފާތުވުންނެތި ޑިމޮކްރެސީއެއް ނުލިބޭނެ: އަލީ ނިޒާރު
25 އެޕްރީލު 2017

ދިރިހުއްޓައި ހިމާޔަތް ނުދެވުނަސް، ޔާމީންގެ މަރަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރަން: އާއިލާ

25 އެޕްރީލު 2017
ދިރިހުއްޓައި ހިމާޔަތް ނުދެވުނަސް، ޔާމީންގެ މަރަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރަން: އާއިލާ
15 އެޕްރީލު 2017

ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ

15 އެޕްރީލު 2017
ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު