Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން ހަނގުރާމަ

ޔަމަންގައި ހަނގުރާމައިގައި ބޭނުންކުރުމަށް ސައުދީއިން ދާރުފޫރުން ކުދިން ގަތް: ރިޕޯޓް

ކުދިންގެ އާއިލާތަކަށް 10،000 ޑޮލަރުދޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 30 ޑިސެމްބަރު 2018 | އާދީއްތަ 07:13
ޔުނިޓް ތަކުގެ 20 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ އަދަދަކީ ކުޑަކުދިންކަމަށް ރިޕޯޓްކޮށްފައިވޭ

ޔުނިޓް ތަކުގެ 20 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ އަދަދަކީ ކުޑަކުދިންކަމަށް ރިޕޯޓްކޮށްފައިވޭ

ޔަމަމަނުގެ ހަނގުރާމައިގެ ކުރީސަފުގައި މަސައްކަތްކުރުމަށް ސައުދީ އަރަބިއާއިން ދާރުފޫރުގެ ކުދިން ހޯދާފައިވާ ކަމަށް ނިއުޔޯކް ޓައިމްސްގައި ރިޕޯޓްކޮށްފިއެވެ.

ނިއުޔޯކް ޓައިމްސްގައި ހުކުރު ދުވަހު ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ދާރުފޫރުގެ ނިކަމެތި އާއިލާތަކުގެ ތެރެއިން ކުދިން ފޮނުވަން އެއްބަސްވާ އާއިލާތަކަށް 10،000 އެމެރިކާ ޑޮލަރު ހުށަހަޅާފައިވާކަމަށެވެ.

ސައުދީިއާއި ޔޫއޭއީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ގެންދަނީ ޔަމަނުގެ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީގެ ސަރުކާރުގެ ދިފާއުގައި ޔަމަނުގެ ހޫސީންނާ ދެކޮށް 2015 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ހަނގުރާމަކުރަމުންނެވެ.

ސޫދާނުންވެސް ވަނީ ސައުދީ ކޯލިޝަނާ ގުޅި އެއްގަމު މަގުން ހަނގުރާމަ ކުރުމަށް ސިފައިން ފޮނުވާފައެވެ.

ޔަމަނުގެ ހަނގުރާމައިގައި ބައިވެރިވުމަށްފަހު އެނބުރި ގައުމަށްދިޔަ ސިފައިންގެ ފަސް މީހަކު ނިއުޔޯކް ޓައިމްސްއަށް ބުނެފައިވަނީ އެމީހުންގެ ޔުނިޓް ތަކުގެ 20 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ އަދަދަކީ ކުޑަކުދިންކަމަށެވެ.

ހަނގުރާމައިގައި ބައިވެރިވަމުންދާ ކުދިންގެ އެވްރެޖް އުމުރަކީ 14 އަހަރާއި 17 އަހަރާ ދެމެދެވެ. ހަނގުރާމައަށް ކުދިން ފޮނުވި އާއިލާތަކުން އެކަން ކޮށްފައިވަނީ ހަނގުރާމައިގައި އުޅެމުންދާ ސޫދާނުގެ އޮފިސަރުން ރިޝްވަތުގެ ގޮތުގައި އެ އާއިލާތަކަށް ފައިސާ ދިނުމުން ފައިސާގެ ދަހިވެތިކަމުގައެވެ.

އިތުރަށް ކިޔާލަން

07 މެއި 2018

ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރަށް ދިން ހަމަލާ ސައުދީއިން ކުށްވެރިކޮށްފި

07 މެއި 2018
ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރަށް ދިން ހަމަލާ ސައުދީއިން ކުށްވެރިކޮށްފި
02 މެއި 2018

އިރާނާ ގުޅުން ކަނޑާލުމުން ސައުދީއިން މޮރޮކޯގެ ދިފާއުގައި

02 މެއި 2018
އިރާނާ ގުޅުން ކަނޑާލުމުން ސައުދީއިން މޮރޮކޯގެ ދިފާއުގައި
20 ޖެނުއަރީ 2018

ޔަމަނުގެ ހަނގުރާމައިގައި ބައިވެރިވާ ގައުމުތަކަށް ޖަރުމަނުން ހަތިޔާރު ވިއްކުން ހުއްޓާލައިފި

20 ޖެނުއަރީ 2018
ޔަމަނުގެ ހަނގުރާމައިގައި ބައިވެރިވާ ގައުމުތަކަށް ޖަރުމަނުން ހަތިޔާރު ވިއްކުން ހުއްޓާލައިފި
06 ޖެނުއަރީ 2018

ސީރިޔާ ހަނގުރާމައިގައި ހޮސްޕިޓަލްތަކަށް ހަމަލާތައް ދަނީ އަމާޒުވަމުން: އެހީދޭ ފަރާތްތައް

06 ޖެނުއަރީ 2018
ސީރިޔާ ހަނގުރާމައިގައި ހޮސްޕިޓަލްތަކަށް ހަމަލާތައް ދަނީ އަމާޒުވަމުން: އެހީދޭ ފަރާތްތައް
04 ޖެނުއަރީ 2018

ޔަމަނުގެ ހަނގުރާމައިގައި ބޭނުންކުރާތީ ނޯވޭ އަށް ހަތިޔާރު ވިއްކުން ހުއްޓާލައިފި

04 ޖެނުއަރީ 2018
ޔަމަނުގެ ހަނގުރާމައިގައި ބޭނުންކުރާތީ ނޯވޭ އަށް ހަތިޔާރު ވިއްކުން ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު