Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ ރިޔާސީ އިންތިޚާބު

އަފްޣާނިސްތާނުގެ ރިޔާސީ އިންތިޚާބު ފަސްކޮށްފި

އިންތިޚާބު ފަސްކޮށްފައިވަނީ އެމެރިކާ ސިފައިން އެގައުމުން މަދުކުރަން ނިންމާފައިވަނިކޮށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 27 ޑިސެމްބަރު 2018 | ބުރާސްފަތި 17:08
އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ ޖުލައި މަހުގެ މެދުތެރޭ ނުވަތަ އޯގަސްޓް މަހުގެ ކުރީކޮޅު

އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ ޖުލައި މަހުގެ މެދުތެރޭ ނުވަތަ އޯގަސްޓް މަހުގެ ކުރީކޮޅު

އަފްޣާނިސްތާނުގައި އަންނަ އަހަރު ބާއްވަން ހަމަޖެހިފައި އޮތް ރިޔާސީ އިންތިޚާބު ތިން މަސްދުވަސް ފަސްކުރަން ނިންމާފައިވާކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިންތިޚާބު ބޭއްވުމަށް ކުރިން ހަމަޖެހިފައިއޮތީ އޭޕްރީލް މަހުއެވެ. މިހާރު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ މެދުތެރޭ ނުވަތަ އޯގަސްޓް މަހުގެ ކުރީކޮޅުއެވެ. ނަމެވެސް ތާރީޚެއް އިއުލާނެއް ނުކުރެއެވެ.

ބީބީސީއާ ވާހަކަ ދެއްކި އޮފިޝަލަކު ބުނެފައިވަނީ ކުރިމަތިލާ އެތައް ކެނޑިޑޭޓަކަށް ރެޖިސްޓްރޭޝަން ފުރިހަމަ ނުކުރެވޭކަމަށާއި އަދި އިންތިހާއަށް ފިނި ދުވަސްވަރަކަށްވުމުން ސްޕްރިން ފެށެންވާއިރަށް އެ މީހުންގެ ޓީމުތަކަށް ތައްޔާރު ނުވެވޭނެކަމަށެވެ.

އިންތިޚާބު ފަސްކުރުމުގެ ވާހަކަ އައިސްފައިމިވަނީ އެ ގައުމުގައި ތިބޭ އެމެރިކާގެ ސިފައިން މަދުކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވިކަން އިއުލާނުކުރެއްވިތާ ހަފްތާއެއްނުވަނީހެވެ.

މިހާރު އަފްޣާނިސްތާނުގައިތިބި އެމެރިކާގެ 7000 އެއްހާ ސިފައިން ނުވަތަ ދެބައިކުޅަ އެއްބައެއްހާ ސިފައިން އަނބުރާ ގައުމަށް ދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރިޔާސީ އިންތިޚާބު ފަސްކުރުމަށް ނިންމާފައި މިވަނީ އޮކްޓޯބަރ މަހު ބޭއްވި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބަށްވެސް ތާލިބާނުންނާއި އެހެނިހެން ހަނގުރާމަވެރި ޖަމާއަތްތަކުގެ ސަބަބުން ހުރަސްއެޅިފައިވަނިކޮށެވެ.

ކެމްޕެއިނުގައާއި ވޯޓްލުމުގައިވެސް ހަމަނުޖެހުން ހިނގާފައިވާއިރު 10 ކެނޑިޑޭޓަކު މަރާލާފައިވެއެވެ. ވޯޓްލާ މަރުކަޒުތަކުގެ ކައިރީގައިވެސް އެއްޗެތި ގޮއްވާލާފައިވެއެވެ.

ކާބުލްގައި ހުންނަ މިނިސްޓްރީ އޮފް ޕަބްލިކް ވޯކްސްއަށް ޖާނުންފިދާވެގެން ހޯމަ ދުވަހު ދިން ހަމަލާއެއްގައި 43 މީހުން މަރުވެފައިވާކަމަށް އޮފިޝަލުންބުނެއެވެ

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
22 އެޕްރީލު 2017

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު