Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޯލިޝަން ސަރުކާރު

ސަރުކާރު 'ސްލޯ'! މި ވަނީ ކިހިނެއް؟

މަގާމުތަކަށް މީހުން އައްޔަންކުރުން ލަސްވާތީ ޝަކުވާ ބޮޑު

ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2018 | ބުދަ 14:20
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެބިނެޓް ބައްދަލުވުން ކުރިއަށް ދަނީ: ރައްޔިތުން ތިބީ ވަރަށް ބޮޑު އުންމީދެއްގައި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެބިނެޓް ބައްދަލުވުން ކުރިއަށް ދަނީ: ރައްޔިތުން ތިބީ ވަރަށް ބޮޑު އުންމީދެއްގައި

ފާއިތުވި ފަސް އަހަރުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން އެތައް ބަޔަކު ތިބީ މާޔޫސް ކަމެއްގެ ތެރޭގައެވެ. އިންސާފު ނުލިބުމާއި އަނިޔާ އާއި ކޮރަޕްޝަނާއި މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އެހެންވެ، ރައްޔިތުން އިންތިޒާރުކުރަމުން ދިޔައީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމެނޭ ދުވަހަކަށެވެ. އުންމީދުކުރީ ރަނގަޅު ބަދަލުތަކަކަށެވެ. ހަރާބުވެފައިވާ ދައުލަތް ރަނގަޅަށް މީޒާންކުރުމަށެވެ. ޝަރުއީ ނިޒާމުގެ ތަރާދު ހަމަހަމަ ކުރެވޭނެ ގޮތަކަށެވެ. މިނިވަންކަން ގެއްލިފައިވާ ކޮމިޝަންތައް ބަދަލުވެ ސަރުކާރު ޖަވާބުދާރީކުރުމަށް ހުރި މަގުތައް ހުޅުވިގެންދާނެ ވަގުތަކަށެވެ. އިޖުތިމާއީ އަދާލަތު ވެސް ގާއިމުކުރެވޭނެ ގޮތަކަށް ކަންކަން ތަންފީޒުވެގެން ދިއުމަށެވެ. ބޮޑެތި މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ދުވަހަކަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވިތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ކަންކަން ހަލުއި ވެގެން ނުދާތީ އާއި ބައެއް ކަންކަން ހުރި ގޮތުން ކަންބޮޑުވުން އެބަ ހުއްޓެވެ.

ސަރުކާރުގެ ފުރަތަމަ ދުވަހު ވެސް ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ކެބިނެޓް އެކުލަވައިލި ގޮތާ މެދުއެވެ. ނިމިގެންދިޔަ ސަރުކަރުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވާ ފަރާތްތަކާއި ތައުލީމީ ގޮތުން މަގާމާ އެކަށީގެން ނުވާ ފަރާތްތަކަށް ކެބިނެޓުން ޖާގަ ލިބިގެން ދިއުމުން ފާޑުކިޔުން އަމާޒުވި އެވެ. އެ މާޔޫސްކަމުގެ ތެރޭގައި ސޯޝަލް މީޑިއާގައި ބޮޑެތި ބަހުސްތައް ކުރެވެމުން ދަނިކޮށް ދެން ވެސް ފެންނަން ފެށީ ހަމަ އެފަދަ މަންޒަރުތަކެވެ. ކޯލިޝަން އެއްބަސްވުމެއް ދަށުން ސަރުކާރު އެކުލަވައިލަމުން ދިޔައިރު ސިޔާސީ މަގާމުތައް ބެހިގެންދާން ފެށީ ސިޔާސީ އެކްޓިވިސްޓުންނަށެވެ. ނިމިގެންދިޔަ ސަރުކާރުގައި ވެސް މޮޅު ގޮތްތައް ލިބުނު ފަރާތްތައް މި ސަރުކާރުގައި ވެސް މޮޅު ގޮތްތައް މެދުވެރިވަނީ ކަމަށް ބުނެ ހިޔާލުފާޅުކަމުން ދިޔައެވެ. ސިޔާސީ މަގާމުތައް އައްޔަންކުރުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިންގަނޑުތަކެއް ގެންގުޅޭނެ ކަމަށް ބުނެ އިއުލާނުކުރި ކަމުގައި ވިޔަސް އެ މަންޒަރެއް ފެނިގެން ނުދިޔައެވެ.

މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ޕްރޮސެސް ދިގުލައިގެން ދިޔުމަކީ ވެސް ޝަކުވާ ބޮޑުވެފައިވަ ކަމެކެވެ. ބައެއް ކުންފުނިތަކަށް ވެރިންނާއި ބޯޑުތަކަށް އަދިވެސް މެންބަރުން އައްޔަންކުރެވިފައިނުވާ އިރު އެތަންތަން ހިންގަން އަދިވެސް ތިބީ ކުރީ ސަރުކާރުގައި ބޮޑެތި ޖަރީމާތައް ހިންގި ކަމުގެ ތުހުމަތުތައް ކުރެވިފައިވާ ފަރާތްތަކެވެ. އެހެންކަމުން އެ ޖަރީމާތައް ފޮރުވައި ފަސް އެޅުމަށް އެ ފަރާތްތަކަށް އެކަށީގެންވާ ފުރުސަތު ލިބިގެން ހިނގައްޖެ ކަމަށް ބައެއް މީހުން ދެކެއެވެ.

ޝަރުއީ ދާއިރާ އަށް ވެސް ރައްޔިތުން ބޭނުން ވަނީ އަވަސް ހައްލެކެވެ. އިންސާފަށް ފެންބޮވައިގެންފައިވާ މިންވަރު ބޮޑުކަމުންނެވެ. އެހެންކަމުން އެ ދާއިރާ އަށް ވެސް ބަދަލެއް ނައިސް ހަމަ ކުރިން ބޭއިންސާފުން ހުކުމްކުރި ފަނޑިޔާރުގެ އަތްމަތީގައި ހަމަ އެ އުސޫލުތަކުގެ ދަށުގައި ހުކުމްތައް ނެރެވިގެންދާތީ ރައްޔިތުން ތިބީ އެކަމާ މެދު ވެސް ކަންބޮޑުވެފައެވެ. ކަންބޮޑުވުންތައް ހުއްޓަސް، އެ ބަދަލު އެންމެ ފުރިހަމައަށް ގެނެވެން އޮތީ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ލިބިގެންނެވެ.

މި ސަރުކާރުގައި އިސްކޮށް ތިބި ފަރާތްތަކުން އަދި ބަދަލަކަށް ބޭނުންވެ ވޯޓުލީ ފަރާތްތަކުން ވެސް އެންމެ ބޮޑަށް ދެއްކި އަނެއް ވާހަކައަކީ މިނިވަން މުއައްސަސާތަކުގެ ވާހަކައެކެވެ. އެތަންތަނުގައި ތިބީ ގިނަ ފަރާތްތަކުގެ އިތުބާރު ނެތް ބައެކެވެ. ނަމަވެސް އާ ސަރުކާރު އެކުލަވާލެވި ހިނގައިގަންނަން ފަށާފައިވީ ނަމަވެސް ޖަވާބުދާރީކުރުވަން އޮތް މިނިވަން މުއައްސަސާތަކަށް ބަދަލެއް އަންނާނެ ދުވަހެއް ލޮލު ކޮޅަށް އަދި ފެންނާކަށް ނެތެވެ. ކައިރި މުސްތަގުބަލެއްގައި ބަދަލެއް އަތުވެދާނެތޯ ވެސް ސުވާލު އުފެދެއެވެ. މިނިވަން ކޮމިޝަންތަކާމެދު މި ސަރުކާރު ވިސްނުމަކީ ކޮބައިކަން ވެސް ހާމައެއް ނުކުރެއެވެ. އެއްބަޔަކު ދެކޭ ގޮތުގައި އެތަންތަން މިހާރު ވެސް އޮތް ގޮތަށް އެޅުވެތިވެފައި ނުވަތަ ވައިޖެހޭ ކޮޅަކަށް ލެނބޭ މެންބަރުންނާއެކު އޮތުމަކީ މި ސަރުކާރަށް ވެސް އަދި ހާއްސަކޮށް ސަރުކަރު ރަނގަޅަށް އެކުލަވާލައި ހިނގައިގަންނަންދެން އެންމެ ފައިދާ ބޮޑު ގޮތެވެ. އެކަމަށް ވެސް ގިނަ ބަޔެއްގެ ހިތްހަމަނުޖެހުން އެބަ އޮތެވެ.

ވެރިކަމަށް އައުމަށް ކީ ލަވަޔާއި މިހާރު ކިޔާ ލަވަ ދިމާނުވާނަމަ އެއީ މައްސަލައެކެވެ. އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ބްރޯޑްކާސްޓިން ކޮމިޝަން ފަދަ މިނިވަން މުއައްސަސާތަކުގެ އިތުބާރު ނެތް ކަމަށް ބުނެ ވެރިކަމަށް އައި ސަރުކާރުގައި ވެސް އެ ފަރާތްތައް ހަމަ އެ ގޮތުގައި ދެމިތިބޭތީއެވެ.

އިތުބާރު ނެތް އަދި މިނިވަންކަމެއް ވެސް ނެތް "މިނިވަން މުއައްސަސާތަކަށް" ބަދަލުތައް ގެނައުމަކީ އުސޫލެއްގެ ގޮތުން ރައީސްއަށް ކުރެއްވޭނެ ކަމެއް ނޫނެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަމެވެ. ކޯލީޝަންގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން އިތުބާރު ނެތް ކޮމިޝަންތައް ދޮވެ ސާފުކުރުމަކީ އެހާ އުނދަގޫ ކަމެއް ވެސް ނޫނެވެ.

މި ސަރުކާރު ކަންކަން ލަސްވުމުގައި ސަބަބުތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު އެއް ސަބަބަކީ ކޯލިޝަނަކަށް ވުމެވެ. ކޮންމެ ކަމެއް ނިންމުމުގައި ޕާޓީތަކުގެ ހިޔާލާއި މަޝްވަރާ ބޭނުންވުމެވެ. ހިޔާލު އެއްގޮތް ކުރުމެވެ. އެކަމަށް ގިނަ ދުވަސްތަކެއް ހޭދަވުމަކީ އެކަށީގެންވާ ކަމެވެ. ނަމަވެސް ރައްޔިތުން އެދުނު ބަދަލު ގެންނަން ބޭނުން ނަމަ ސަރުކާރުން ވެސް ފަހަތު ފަޔަށް ބުރަވުން ކަންކަން ހަލުއިކުރަން ޖެހެ އެވެ. ރައްޔިތުންކުރާ އުންމީދާ އެއްވަރަށް ބަދަލުތައް ގެނައުމަށް މަގުފަހިކުރަންޖެހެއެވެ. ނޫން ނަމަ ރައްޔިތުން މާޔޫސްވާން މާގިނަ ދުވަހެއް ނުނަގާނެއެވެ. ބަދަލުތައް އައުން ލަސްވާ ކޮންމެ ވަގުތަކީ ހިތްހަމަނުޖެހުމާއި ޝަކުވާ އިތުރުވާނެ ވަގުތެކެވެ. އެހެންކަމުން ވަގުތު ނެގި ވަރަކަށް ޝަކުވާ އިތުރުވެ ޝަކުވާތަކުގެ އަޑުގަދަ ވެސް ވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރު މަރަށް ތެޅެނީތަ؟

ސަރުކާރު މަރަށް ތެޅެނީތަ؟

23 މާރިޗު 2017
ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

21 މާރިޗު 2017
ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

25 ފެބުރުއަރީ 2017
މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު