Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރިހާނާ

ރިހާނާގެ ފޭނުންގެ އިންތިޒާރުތަކަށް ނިމުމެއް: އަންނަ އަހަރު އަލްބަމެއް ރިލީޒްކުރަނީ

ރިހާނާގެ އަލްބަމެއް އެންމެ ފަހުން ރިލީޒްކޮށްފައިވަނީ 2016 ވަނަ އަހަރު

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 25 ޑިސެމްބަރު 2018 | އަންގާރަ 08:26
ރިހާނާ

ރިހާނާ

ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާގެ ފޭނުން އޭނާގެ އާ އަލްމަބަމަކަށް ކުރަމުންދާ އިންތިޒާރު އަންނަ އަހަރު ނިމިގެންދާނެއެވެ.

ބާބެޑޯސްއަށް ނިސްބަތްވާ 30 އަހަރުގެ ރިހާނާގެ އަލްބަމެއް ނިކުންނާނެ ދުވަހަކާ މެދު އޭނާގެ ފޭނުން ސުވާލު ކުރަމުންދާތާ އެތައް މަހެއް ވެފައިވާއިރު، އޭނާ މިހާރު ވަނީ 2019 ވަނަ އަހަރު އަލްބަމެއް ރިލީޒްކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ރިހާނާގެ އަލްބަމެއް އެންމެ ފަހުން ރިލީޒްކޮށްފައި ވަނީ 2016 ވަނަ އަހަރެވެ. އެއީ އޭނާގެ އަށް ވަނަ ސްޓޫޑިއޯ އަލްބަމް ކަމަށްވާ 'އެންޓި' އެވެ.

އެ އަށް ފަހު ރިހާނާ ބޮޑަށް ކުރަމުން އަންނަނީ އޭނާގެ 'ފެންޓީ ބިއުޓީ ލައިން' އާއި 'ސެވޭޖް' ލޯންޖްރޭ ލައިންތަކުގެ މަސައްކަތެވެ. މީގެ އިތުރުން، 2018 ވަނަ އަހަރު ވެގެން ދިޔައީ ރިހާނާއަށް ފިލްމީ ދުނިޔޭގައި ކާމިޔާބު އަހަރަކަށެވެ. ގިނަ އަންހެން ތަރިންތަކާ އެކު 'އޯޝަންސް 8' ފިލްމުން އޭނާ ފެނިގެންދިޔައެވެ.

ލައިންތަކުގެ ޕްރޮމޯޝަން މަސަައްކަތުގައި އޭނާ އުޅޭ އިރު އެންމެ ގިނައިން މީހުން ކުރާ ސުވާލަކީ އޭނާގެ އާ ލަވަތަކެއް އަޑު އިވޭނެ ދުވަހެއްގެ ވާހަކައެވެ.

އެގޮތުން، ނިމިގެންދިޔަ ހަފްތާ ބަންދުގައި 'ފެންޓީ'ގެ ޕްރޮމޯޝަނެއް އިންސްޓަގްރާމްގައި ޕޯސްޓް ކުރުމުން އަލްބަމްގެ ރިލީޒް ޑޭޓް ބުނެދޭން ފޭނެއް އެހުމުން ރިހާނާ ބުނެފައި ވަނީ، "2019ގައި" ކަމަށެވެ. ނަމަވެސް، މި އަލްބަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އޭނާ ހާމަކޮށްފައެެއް ނުވެއެވެ.

އަންނަ އަހަރު އަލްބަމެއް ރިލީޒް ކުރާނެކަން ރިހާނާ ހާމަކޮށްފައިވާއިރު، އަލުން ސްޓޫޑިއޯގައި މަސައްކަތް ކުރަމުންދާކަމުގެ އިޝާރާތެއް އޭނާވަނީ މި އަހަރުކޮށްފައެވެ.

ހޮލީވުޑްގެ މަޝްހޫރު ރެޕް އާޓިސްޓް އަދި މިއުޒިކް ޕްރޮޑިއުސަރ ޖޭ-ޒީގެ އެހީއާކު 2005 ވަނަ އަހަރު ދުނިޔެއަށް ތައާރަފްވެގެންދިޔަ ރިހާނާއަކީ މިހާރު 'ޕޮޕް އައިކަން' އެކެވެ.

އޭނާގެ އެންމެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި 'ޕޮން ޑި ރިޕްލޭ،' 'އަމްބްރެއްލާ،' 'އަންފެއިތުފުލް،' 'ވީ ފައުންޑް ލަވް،' އަދި 'ޑައަމަންޑްސް' ހިމެނެއެވެ.

އޭނާ ވަނީ މިހާތަނަށް ނުވަ ގްރެމީ އެވޯޑާއި 13 އެމެރިކަން މިއުޒިކް އެވޯޑާއު 12 ބިލްބޯޑް މިއުޒިކް އެވޯޑް ހާސިލްކޮށްފައެވެ.

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

"ވީރޭ ދި ވެޑިން" ގެ ޝޫޓިން އަންނަ މަހު ފަށަނީ

22 އޯގަސްޓު 2017
"ވީރޭ ދި ވެޑިން" ގެ ޝޫޓިން އަންނަ މަހު ފަށަނީ
16 އޯގަސްޓު 2017

އަޖޭގެ "ރެއިޑް" އަންނަ މަހު ފަށަނީ

16 އޯގަސްޓު 2017
އަޖޭގެ "ރެއިޑް" އަންނަ މަހު ފަށަނީ
03 އޯގަސްޓު 2017

ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެ

03 އޯގަސްޓު 2017
ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެ
26 ޖޫން 2017

"ބަދްޝާހޯ" ނެރޭނީ އަންނަ ސެޕްޓެމްބަރު 1 ގައި

26 ޖޫން 2017
"ބަދްޝާހޯ" ނެރޭނީ އަންނަ ސެޕްޓެމްބަރު 1 ގައި
18 މެއި 2017

އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ

18 މެއި 2017
އަނެއްކާވެސް ސައުތު އިންޑިއާގެ ވަރުގަދަ ފިލްމެއް އަންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު