Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީރާ

މީރާ އަކީ ވިޔަފާރީތަކަށް އޮތް ބޮޑު ގެއްލުމެއް: އިކޮނޮމިކް މިނިސްޓަރު

ޓެކްސް ނެގުމަކީ ވިޔަފާރީތައް ފުނޑުފުނޑު ކޮށްލާފައިވާ ޓެކްސް ނެގުމެއް ނޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 24 ޑިސެމްބަރު 2018 | ހޯމަ 03:29
މޯލްޑިވްސް ބޯޓިންގ އެވޯޑްސް ހަފްލާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޢިސްމާއިލް ވާހަކަ ދައްކަވަނީ

މޯލްޑިވްސް ބޯޓިންގ އެވޯޑްސް ހަފްލާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޢިސްމާއިލް ވާހަކަ ދައްކަވަނީ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަކީ މި ވަގުތު ވިޔަފާރީތަކަށް އޮތް ބޮޑު ގެއްލުމެއް ކަމަށާއި ކުރިއަތް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޓެކްސް ރިވިއު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ޢިސްމާއިލް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ދަރުބާރުގޭގައި އޮތް މޯލްޑިވްސް ބޯޓިންގ އެވޯޑްސް ހަފްލާ ޝަރަފުވެރިކޮށް ދެއްވާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ މީރާ އަކީ މިވަގުތު ވިޔަފާރީއަށް އޮތް ގެއްލުމެއް ކަމަށާއި އެހެން ނަމަވެސް މީރާ އުފެދިގެން އައީ އެ މަޤްސަދުގައި ނޫން ކަމަށެވެ.

Advertisement - newsAdvertisement
"މީރާ އަކީ މިވަގުތު ވިޔަފާރީތަކަށް އޮތް ވަރަށް ބޮޑު ގެއްލުމެއް، މީރާ އުފެދިގެން އައީ އެކަމަކު އެ ނިޔަތަކު ނޫން. މީރާ އުފެދިގެން އައީ ވިޔަފާރިވެރިން ލައްވާ ވިޔަފާރި ކުރުވާ އޭގެ މަންފާ ދިވެހި ރައްޔިތުންނަށް ބެހޭނެ ގޮތަކަށް ރޭވުމަށްޓަކައި. ޤައުމެއްގެ ކުރިއެރުން ނުގެނެވޭނެ ޓެކްސް ނުނަގައެއް. އެކަމަކު ޓެކްސް ނެގުމަކީ ވިޔަފާރީތައް ފުނޑުފުނޑު ކޮށްލާފައިވާ ޓެކްސް ނެގުމެއް ނޫން. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ފާއިތުވި ފަސް އަހަރު މީރާ އަމިއްލައަށް ބޭނުންވާ ގޮތަކަށް ޤާނޫނާއި ޤަވާއިދުތައް މާނަކޮށްގެން ވަރަށް ގިނަ ވިޔަފާރީތައް ބަނގުރޫޓު ވެގެންދިޔަތަން. ކުރިއަތް އޮތް މަހެއްހާ ދުވަސް ތެރޭގައި އަޅުގަނޑުމެން ޓެކްސް ރިވިއު ކުރުމުގެ މަސައްކަތް ފަށާނަން" ފައްޔާޒު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިސްނުންފުޅުގައި ހުރީ ވިޔަފާރީތަކަށް ފަސޭހަ ފަހި މާހައުލެއް ޤާއިމްކޮށްދެއްވަންކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުން ވިޔަފާރިތަކާ މެދު އަމަލުކޮށްފައިވަނީ ނުވިސްނާ ކަމަށެވެ. އެގޮތުން ކުއްލި ކުއްލިއަށް ބަދަލު ގެނެސް ވިޔަފާރިތަކަށް ދިމާވެދާނެ ތަކުލީފަކަށް ވިސްނާފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުން ކަންތައް ކުރާނީ އެގޮތަށް ނޫން ކަމަށް ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ އިމްޕޯޓް ލައިސެންސް ބާތިލް ކުރަން ވިސްނާފައިވާނެ ކަމަށާއި އެކި ސަބަބުތަކާ ހެދި 20 ނޫނީ 25 އަހަރުވެ، އުވާނުލެވިވާ 7500 ކުންފުނި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އުވާލާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ވިޔަފާރީތަކަށް ސަރުކާރުގެ ފަރާތުން ފަސޭހަތައް ގެނެސްދޭއިރު އެކަމާއި ގުޅިގެން ޒިންމާތަކެއް އަންނާނެ ކަމަށާއި އެ ފަސޭހަތައް ވިޔަފާރީތަކުން ނުބައި ގޮތުގައި ބޭނުންކުރުމުގެ އެއްވެސް ޖާގައެއް މި ސަރުކާރުން ނުދޭނެ ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމުގެ ދާއިރާއަށާއި އެހެނިހެން ދާއިރާތަކަށް މީހުން ތަމްރީން ކުރާނެ ކަމަށާއި އެ ހުނަރުތައް ހޯދުމުގެ ޕްރޮގްރާމެއް އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ރާއްޖޭގެ ބޯޓިންގ އިންޑަސްޓްރީގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ސަފާރީތައް ރައްކާތެރިކަމާއެކު އަޅާނެ ބަނދަރެއް ނެތުން ކަމަށެވެ. އަދި ކުރިއަތް އޮތް މަސްތަކުގައި ސަފާރީ ބޯޓުތައް އަޅާނެ ބަނދަރެއް މާލެ ކައިރިން ލިބޭނެކަމުގެ ޔަޤީންކަން ފައްޔާޒު ވަނީ ދެއްވާފައެވެ.

ރާއްޖޭގެ ބޯޓިންގް އިންޑަސްޓްރީގެ ޤައުމީ ޖަމިއްޔާއަކަށް މޯލްޑިވްސް ލިވްއަބޯޑް އެސޯސިއޭޝަން ހަމަޖެހިފައިވާ ކަމަށާއި ހޯމް މިނިސްޓްރީން އެ ހުއްދަ ވެސް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު