Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޒީރޯގެ ފެށުން ލަފާކުރިވަރަށް ވުރެން ދަށް

ފިލްމް ރިލީޒް ކުރި ދުވަހު ފިލްމަށް ލިބިފައިވަނީ 20 ކްރޯޑް އިންޑިއަން ރުޕީސް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 23 ޑިސެމްބަރު 2018 | އާދީއްތަ 03:40
ޒީރޯގެ ޕޯސްޓަރު

ޒީރޯގެ ޕޯސްޓަރު

ޝާހުރުކް ޚާން އާއި ކެޓްރީނާ ކެއިފް އަދި އަނުޝްކާ ޝަރްމާ ލީޑް ރޯލުން ފެނިގެންދާ ފިލްމް "ޒީރޯ"ގެ ފެށުން ފިލްމް ދިރާސާކުރާ ފަރާތްތަކުން އަންދާޒާކުރި ވަރަށް ވުރެ ދަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި މަހުގެ 21 ވަނަ ދުވަހު ރިލީޒް ކުރި މި ފިލްމަށް ފިލްމް ރިލީޒް ކުރުމުގެ ކުރިން ފުރަތަމަ ދުވަހު 30 ކްރޯޑަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފިލްމް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ބޮކްސް އޮފީސް އިންޑިއާ ޑޮޓްކޮމްގައި ރިޕޯޓްކޮށްފައިވާ ގޮތުން މި ފިލްމް ރިލީޒް ކުރި ދުވަހު ފިލްމަށް ލިބިފައިވަނީ 20 ކްރޯޑް އިންޑިއަން ރުޕީސް އެވެ. މި އަދަދު ހަފްތާ ބަންދާއި ކްރިސްމަސް ހޮލިޑޭ އާއި އެކު އިތުރުވެގެން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވަނީ ބުނެފައެވެ.

މި ފިލްމަށް ލިބުނު އާމްދަނީ އެންމެ ފަހުން ރިލީޒް ކުރި ފިލްމް 2.0 އާއި މާބޮޑު ތަފާތެއް ނެތެވެ. އެ ފިލްމަށް ލިބިފައިވަނީ ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި 21 ކްރޯޑް އިންޑިއަން ރުޕީސް އެވެ.

އާނަންދް އެލް ރާއީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ޝާހުރުކް ޚާން ފެނިގެން ދަނީ ބައުއާ ސިންގް ގެ ރޯލުންނެވެ. އަދި ކެޓްރީނާ ފެނިގެން ދަނީ ބޮލީވުޑް ސުޕަރ ސްޓާއެއް ގެ ރޯލުން ނެވެ. އަނުޝްކާ ފެނިގެން ދަނީ ނުކުޅެދުންތެރިކަން ހުންނަ ސައިންޓިސްޓެއްގެ ރޯލުންނެވެ.

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2018

ޔަމްލާ ޕަގްލަ ދިވާނާ ޕިރްސޭގެ ފެށުން ހީކުރިވަރެއް ނުވި!

02 ސެޕްޓެމްބަރު 2018
ޔަމްލާ ޕަގްލަ ދިވާނާ ޕިރްސޭގެ ފެށުން ހީކުރިވަރެއް ނުވި!
28 އޯގަސްޓު 2018

ސަރަކާތް ޖަހާ ކޯމަހެއްގެ ސަބަބުން މޫދަށް އެރުން އެންމެނަށް މަނާކޮށްފި

28 އޯގަސްޓު 2018
ސަރަކާތް ޖަހާ ކޯމަހެއްގެ ސަބަބުން މޫދަށް އެރުން އެންމެނަށް މަނާކޮށްފި
06 އޯގަސްޓު 2018

ފަންނޭ ޚާންގެ ފެށުން ރަނގަޅެއް ނުވި

06 އޯގަސްޓު 2018
ފަންނޭ ޚާންގެ ފެށުން ރަނގަޅެއް ނުވި
15 މެއި 2018

ޒީރޯގެ ޝޫޓިންއަށް ޝާހު ނިއުޔޯކްއަށް

15 މެއި 2018
ޒީރޯގެ ޝޫޓިންއަށް ޝާހު ނިއުޔޯކްއަށް
21 ޖެނުއަރީ 2018

މުދިމު ފަތިސް ނަމާދަށް ދިޔަ ދަނޑިވަޅު ބަލާފައި މުދިމުގެ އަނބިމީހާ ގާތައް ވަދެއްޖެ!

21 ޖެނުއަރީ 2018
މުދިމު ފަތިސް ނަމާދަށް ދިޔަ ދަނޑިވަޅު ބަލާފައި މުދިމުގެ އަނބިމީހާ ގާތައް ވަދެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު