Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޔަމްލާ ޕަގްލަ ދިވާނާ ޕިރްސޭގެ ފެށުން ހީކުރިވަރެއް ނުވި!

މި ފިލްމަށް ޖުމްލަ މިހާތަނަށް ލިބިފައިވަނީ 3.45 ކްރޯޑް އިންޑިއަން ރުޕީސް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 2 ސެޕްޓެމްބަރު 2018 | އާދީއްތަ 09:51
ދަރްމިންދްރާ، ސަނީ ޑިއޯލް އަދި ބޮބީ ޑިއޯލް

ދަރްމިންދްރާ، ސަނީ ޑިއޯލް އަދި ބޮބީ ޑިއޯލް

މިދޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމް "ޔަމްލާ ޕަގްލަ ދިވާނާ ޕިރްސޭ" އަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ ހީކުރިވަރަށްވުރެ ދަށް ކަމަށް ޚަބަރުތައް ބުނެފިއެވެ.

ލީޑް ރޯލުން ދަރްމެންދްރާ އާއި އޭނާގެ ދެދަރިން ކަމަށްވާ ބޮބީ ޑިއޯލް އަދި ސަނީ ޑިއޯލް ފެނިގެންދާ މި ފިލްމަށް ފިލްމް ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.65 ކްރޯޑް އިންޑިއަން ރުޕީސް އެވެ. އަދި ދެވަނަ ދުވަހު ލިބިފައިވަނީ 1.8 ކްރޯޑް ރުޕީސް އެވެ. މި ފިލްމަށް ޖުމްލަ މިހާތަނަށް ލިބިފައިވަނީ 3.45 ކްރޯޑް އިންޑިއަން ރުޕީސް އެވެ.

މިފިލްމް ރިލީޒް ކުރި ދުވަހު ރިލީޒް ކުރި އަނެއް ފިލްމް "ސްޓްރީ" އަށް ދަނީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ލިބެމުންނެވެ.

ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯ ލީޑް ރޯލުން ފެނިގެންދާ މި ފިލްމަށް ފުރަތަމަ ދުވަހު ވަނީ 6.82 ކްރޯޑް ރުޕީސް ލިބިފައެވެ. ދެދުވަސް ތެރޭގައި މިހާތަނަށް މި ފިލްމަށް ލިބުނު އާމްދަނީ ވަނީ 17 ކްރޯޑަށް ވުރެ މައްޗަށް އަރާފައެވެ.

"އިންޑިއާޓީވީ ނިއުސް" ވެބްސައިޓްގެ މޫވީ ކްރިޓިކް ބުނެފައިވަނީ "ޔަމުލާ ޕަގްލަ ދިވާނާ ޕިރްސޭ" ގައި ލީޑް ރޯލު ކުޅެފައިވާ ތިން އެކްޓަރުންވެސް މި ފިލްމަކީ ބެލުންތެރިންނަށް ކަމުދާ ފިލްމަކަށް ހެދުމަށްޓަކައި ފިލްމުގައި ދައްކުވައިދީފައިވަނީ އެ މީހުން ކުޅެފައިވާ ފިލްމް ތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމްގައި އަދާކޮށްފައިވާ ރޯލް ކަމަށެވެ.

ނަމަވެސް ފިލްމް ބަލަން ސިނަމާއަށް ގޮސް ތިބި މީހުންގެ މޫނުމަތިން ފިލްމް ނިމުނު އިރުވެސް މާބޮޑު ހިނތުންވުމެއް ނެތްކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ފިލްމްގައި ދަރްމެންދްރާ މަސައްކަތް ކޮށްފައިވަނީ އޭނާ ކުރިން ކުޅެފައިވާ ކާމިޔާބު ފިލްމް "ޝޯލޭ"ގެ ހަނދާންތައް އާކޮށްދިނުމަށެވެ. "ޝޯލޭ"ގައި ގެންގުޅޭ ކަހަލަ ބައިކް އަކާއި ހަމަ އެ ކެރެކްޓާ މި ފިލްމްގައިވެސް ފެނިގެންދެއެވެ. ސަނީ ޑިއޯލްވެސް ވެސް ވަނީ އޭނާ ކުޅެފައިވާ ކާމިޔާބު ފިލްމް "ގަދަރް"ގައި ކުޅެފައިވާ ރޯލް ދައްކުވައިދިނުމަށް މަސައްކަތް ކޮށްފައިކަމަށް ކްރިޓިކުން ވަނީ ބުނެފައެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު "ރޭސް3" އިން ފެނިގެންދިޔަ ބޮބީ ޑިއޯލް ވެސް ވަނީ ބެލުންތެރިންނާއި ކްރިޓިކުން ހިތް އުފާކޮށްދިނުމުގައި ނާކާމިޔާބުވެފައެވެ.

ނަވާނިއަތު ސިންގް ޑައިރެކްޓް ކޮށްފައިވާ "ޔަމްލާ ޕަގްލަ ދިވާނާ ޕިރްސޭ" ގައި ލީޑް އެކްޓްރެސް އެއްގެ ރޯލުން ފެނިގެންދަނީ ކްރިތީ ކަރްބަންދާއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2019

މަނިކަރްނިކާ' ފެށުން ހީކުރިވަރެއް ނުވި'

26 ޖެނުއަރީ 2019
މަނިކަރްނިކާ' ފެށުން ހީކުރިވަރެއް ނުވި'
05 ޖެނުއަރީ 2019

2019ގެ ފެށުން ދުނިޔޭގެ މަޝްހޫރު ގިނަ ތަރިންތަކެއް ފާހަގަކުރީ ރާއްޖޭގައި

05 ޖެނުއަރީ 2019
2019ގެ ފެށުން ދުނިޔޭގެ މަޝްހޫރު ގިނަ ތަރިންތަކެއް ފާހަގަކުރީ ރާއްޖޭގައި
23 ޑިސެމްބަރު 2018

ޒީރޯގެ ފެށުން ލަފާކުރިވަރަށް ވުރެން ދަށް

23 ޑިސެމްބަރު 2018
ޒީރޯގެ ފެށުން ލަފާކުރިވަރަށް ވުރެން ދަށް
06 ނޮވެމްބަރު 2018

ކެންސަރު ބައްޔާއި ހަނގުރާމަކުރާ ފަރާތްތަކަށް ތައްޔަރުކުރި 'އާފެށުން' ލަވަޔަށް ބޮޑު ތަރުހީބެއް!

06 ނޮވެމްބަރު 2018
ކެންސަރު ބައްޔާއި ހަނގުރާމަކުރާ ފަރާތްތަކަށް ތައްޔަރުކުރި 'އާފެށުން' ލަވަޔަށް ބޮޑު ތަރުހީބެއް!
15 އޮކްޓޯބަރު 2018

ހެލިކަޕްޓަރ އީލާގެ ފެށުން ހީކުރިވަރެއް ނުވި

15 އޮކްޓޯބަރު 2018
ހެލިކަޕްޓަރ އީލާގެ ފެށުން ހީކުރިވަރެއް ނުވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު