Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސަކަރާތް ޖަހާ ކޯމަސް

ސަރަކާތް ޖަހާ ކޯމަހެއްގެ ސަބަބުން މޫދަށް އެރުން އެންމެނަށް މަނާކޮށްފި

މޫދަށް އެރުން މަނާ ކުރީ މޭޔަރު ރޯޖާ ލާސް

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 28 އޯގަސްޓު 2018 | އަންގާރަ 14:35
އިންސާނުން ހިމާޔަތް ކުރާ މަހެއްގެ ގޮތުގައި ކޯމަސް ވަނީ މަޝްހޫރުވެފައި

އިންސާނުން ހިމާޔަތް ކުރާ މަހެއްގެ ގޮތުގައި ކޯމަސް ވަނީ މަޝްހޫރުވެފައި

ސަކަރާތް ޖަހާ ކޯމަހެއްގެ ސަބަބުން ފްރާންސްގެ ހުޅަނގު އައްސޭރިއަށް މޫދަށް އެރުން އެންމެނަށް މަނާކޮށްފިއެވެ.

ފްރާންސްގެ ހުޅަނގު އައްސޭރި ފަށުގައި އޮންނަ ބްރިޓަނީ ކޯސްޓަލް އަވަށުގެ ރައްޔިތުންނަށް މޫދަށް އެރުން މަނާ ކުރީ މޭޔަރު ރޯޖާ ލާސްއެވެ. މޭޔަރު ވިދާޅުވީ މީހުންގެ ސަމާލުކަން އަތުލައި ގަނެ، އެންމެންނާ އެކުވެރިކަން ބަހައްޓާ އެ ކޯމަސް، އެ ސަރަހައްދުގައި އުޅޭ ވަގުތު އެއްވެސް މީހަކަށް މޫދުގައި ނޫޅެވޭނެ ކަމަށެވެ. އަދި ފަތަމުންދާ ވަގުތު ކޯމަސް ފެނިއްޖެނަމަ އެޔާ 50 މީޓަރު ދުރުން އުޅުމަށް ވަނީ އަންގާފައެވެ.

ޒެކްގެ ނަމުން މަޝްހޫރުވެފައިވާ 10 ފޫޓުގެ އެ ކޯމަސްވެފައި ވަނީ އެ ސަރަހައްދަށް ޒިޔާރަތް ޓޫރިސްޓުންގެ އަމާޒަކަށެވެ. ގިނަ މަސްތަކެއް ވަންދެން އެ ކޯމަސް ބެލެވިފައިވަނީ ވަރަށް ރަހްމަތްތެރި، ކުޑަކުދިންނާއެކު ސަކަރާތް ޖަހާ، ޓޫސްރިސްޓުންގެ ކައިރިއަށް ގޮސް އެ މީހުންނާއެކު ފަތަން ފޯރި ހުންނަ މަހެއްގެ ގޮތުގައެވެ. ނަމަވެސް ދެތިން މަސް ކުރިން ކަމާބެހޭފަރާތްތަކުން ވަނީ އެ ކޯމަސް މާބޮޑަށް ގައިގޯޅި ވާކަން ފާހަގަ ކޮށްފައެވެ.

ދުވަސް ކޮޅެއް ކުރިން ފަތަން ދިޔަ މީހަކު އެ ކޯމަހުގެ ކައިރިން ވަނީ ސަލާމަތް ކޮށްފައެވެ. އެ ކޯމަސް ވަނީ އޭނާއާއެކު ސަކަރާތް ޖެހުމުގެ ޝައުގުވެރިކަން ހުރިލެއް ބޮޑުކަމުން އޭނާ އެއްގަމަށް ދިއުމަށް ހުރަސް އަޅާފައެވެ. އެހެން ހާދިސާއެއްގައި އެ ކޯމަސް ވަނީ މީހުންގެ ސަމާލުކަން އަތުލުމަށް ކަދުފަތިއެއްގެ މަތިން ނުރައްކާތެރި ފުންމުމެއް ފުންމާފައެވެ. އަދި މޫދުގައި އޮތް ކުޑަ ކުއްޖެއް އޭނާގެ ނޭފަތު މަތިން ބޯޅައެއް ކުޅޭ ގޮތަށް ގެންގުޅެފައެވެ. މޭޔަރު މޫދަށް އެރުން އެންމެނަށް މަނާ ކުރީ އެ ހާދިސާއަށް ރިއާޔަށް ކޮށްފައެވެ.

މެރިން ބައޮލޮޖިސްޓުން ވަނީ އެ ކޯމަސްގެ ސަބަބުން މީހުންނަށް ނުރައްކާތެރި އަނިޔާތައް ލިބިދާނެކަމަށް ބުނެފައެވެ. އެ ކޯމަހަކީ ބާރުގަދަ މަހެއް ކަމަށާއި ކިތަންމެ އޯގާތެރިކޮށް އަމަލުތައް ހުރި ކަމުގައި ވީނަމަވެސް އެޔަށް އޮޅިގެން ގެއްލުމެއް ދެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ތަޖްރިބާކާރުން ވަނީ ވިދާޅުވެފައެވެ.

އެ ސަރަހައްދުގެ ލޯކަލް ޚަބަރު ގެނެސްދޭ އައުސްޓް ފްރާންސްއިން ބުނީ އެ ކޯމަސް އެކަނޑު ދޫކޮށްފައި ހިގައްޖެ ކަމަށާއި އެއާ ގުޅިގެން މީހުން މޫދަށް އެރުން މަނާކޮށްފައި އޮތް އޮތުން ވަނީ ނިމުމަކަށް ގެނެސްފައި ކަމަށެވެ. ނަމަވެސް އެ ކޯމަސް އެ ކަނޑުތެރެއިން ފެނިއްޖެނަމަ ކުރިން އޮތް ގަވާއިދު ތަންފީޒުވާނެކަމަށް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2019

ވިއްސާރަވުމުގެ ސަބަބުން ދަބަންގް ޓުއާ ކެންސަލް ކޮށްފި

16 މާރިޗު 2019
ވިއްސާރަވުމުގެ ސަބަބުން ދަބަންގް ޓުއާ ކެންސަލް ކޮށްފި
05 ނޮވެމްބަރު 2018

ކީމޯތަރަޕީގެ ސަބަބުން ސޮނާލީގެ ލޮލުގެ ފެނުމަށް ގެއްލުން ވަނީ

05 ނޮވެމްބަރު 2018
ކީމޯތަރަޕީގެ ސަބަބުން ސޮނާލީގެ ލޮލުގެ ފެނުމަށް ގެއްލުން ވަނީ
01 ޖުލައި 2018

އެސްޕިޔަ ޖަހާނުލާ ޕްރިޔަންކާ ނިކް އަށް ބަލަނީ

01 ޖުލައި 2018
އެސްޕިޔަ ޖަހާނުލާ ޕްރިޔަންކާ ނިކް އަށް ބަލަނީ
16 މެއި 2018

ރާއްޖެޓީވީގެ ޕްރޮގްރާމް ދަންބައި މިރޭ 11 ޖަހާއިރު

16 މެއި 2018
ރާއްޖެޓީވީގެ ޕްރޮގްރާމް ދަންބައި މިރޭ 11 ޖަހާއިރު
01 ޖެނުއަރީ 2018

މީހުންނަށް އަހަރެން އެނގެން ފެށީ ބާހޫބަލީ ފިލްމުގެ ސަބަބުން: ޕްރަބާސް

01 ޖެނުއަރީ 2018
މީހުންނަށް އަހަރެން އެނގެން ފެށީ ބާހޫބަލީ ފިލްމުގެ ސަބަބުން: ޕްރަބާސް
08 ނޮވެމްބަރު 2017

އަންހެނުންގެ އެމްއާރުއައި ހެދުމުގެ ކުރިން ވަނީ ވިހަ އިންޖެކްޝަނެއް ޖަހާފައި: ޗަކް ނޯރިސް

08 ނޮވެމްބަރު 2017
އަންހެނުންގެ އެމްއާރުއައި ހެދުމުގެ ކުރިން ވަނީ ވިހަ އިންޖެކްޝަނެއް ޖަހާފައި: ޗަކް ނޯރިސް
02 ނޮވެމްބަރު 2017

ސެލީނާއާއި ދަ ވީކްއެންޑް ވަކިވީ ޖަސްޓިން ބީބަރގެ ސަބަބުންތަ؟

02 ނޮވެމްބަރު 2017
ސެލީނާއާއި ދަ ވީކްއެންޑް ވަކިވީ ޖަސްޓިން ބީބަރގެ ސަބަބުންތަ؟
08 އޮކްޓޯބަރު 2017

ޑިޕްރެޝަންގެ ސަބަބުން ކުރިމަތިވީ ބިރުވެރި ތަޖުރިބާއެއް، އަލުން ދިމާވެދާނެތީ ބިރުގަނޭ: ދީޕިކާ

08 އޮކްޓޯބަރު 2017
ޑިޕްރެޝަންގެ ސަބަބުން ކުރިމަތިވީ ބިރުވެރި ތަޖުރިބާއެއް، އަލުން ދިމާވެދާނެތީ ބިރުގަނޭ: ދީޕިކާ
12 މާރިޗު 2017

ކެޓްރީނާއަށް އަނިޔާ ވުމުގެ ސަބަބުން ބަދަލުގައި ކަރީނާ ނަށައިފި

12 މާރިޗު 2017
ކެޓްރީނާއަށް އަނިޔާ ވުމުގެ ސަބަބުން ބަދަލުގައި ކަރީނާ ނަށައިފި
08 ޖެނުއަރީ 2017

ފޮޓޯގްރާފަރުންގެ ކެމެރާތަކުގެ ފްލޭޝްގެ ސަބަބުން ދަރިފުޅުގެ ލޮލަށް އަސަރުކުރި: ޝާހިދް ކަޕޫރު

08 ޖެނުއަރީ 2017
ފޮޓޯގްރާފަރުންގެ ކެމެރާތަކުގެ ފްލޭޝްގެ ސަބަބުން ދަރިފުޅުގެ ލޮލަށް އަސަރުކުރި: ޝާހިދް ކަޕޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު