Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019

ޕާޓީގެ ޕްރައިމަރީ: ޔާމިނުގެ ނަޒަރުގައި ގެއްލުމެއް، ނަޝީދުގެ ނަޒަރުގައި ފަހުރެއް

ޕީޕީއެމް އިން މަޖިލިސް އިންތިހާބުގައި ވާދަކުރަން ޓިކެޓް ދެނީ ޕްރައިމަރީއަކާ ނުލާ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2018 | ހުކުރު 13:07
ކުރީގެ ރައީސް ޔާމިން އަދި ކުރީގެ ރައީސް ނަޝީދު - ޕްރައިމަރީ ބޭއްވުމާމެދު ދެ ބޭފުޅުން ހިޔާލު ވަރަށް ތަފާތު

ކުރީގެ ރައީސް ޔާމިން އަދި ކުރީގެ ރައީސް ނަޝީދު - ޕްރައިމަރީ ބޭއްވުމާމެދު ދެ ބޭފުޅުން ހިޔާލު ވަރަށް ތަފާތު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވާހަކައާއެކު އެންމެ ގަދައަށް ދެކެވެނީ ޕާޓީގެ ޓިކެޓްގައި އާންމު އިންތިހާބަށް ނިކުންނާނެ މީހުން ކަނޑައެޅުމުގެ ވާހަކަ އެވެ. ޑިމޮކްރަސީގެ ވާހަކަ އަޑަށް ބާރުލާފައި އެންމެ ގަދައަށް ދައްކާ މީހުންވެސް ޕްރައިމަރީގެ ވާހަކައާ ހިސާބުން ހިޔާލު ތަފާތުވެ އެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމިންގެ ނަޒަރުގައި މަޖިލިސް އިންތިހާބުގައި ޕާޓީގެ ޓިކެޓްގައި ނިކުންނާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ދާއިރާތަކުގެ ޕްރައިމަރީއެއް ބޭއްވުމަކީ ގެއްލުން ހުރި ކަމެކެވެ. އެހެންވެ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ޕާޓީން ބޭނުންވާ ވަކި ބަޔަކަށް ޓިކެޓް ދިނުމަކީ ޑިމޮކްރަސީއާ ބީރަޓެހި ކަމެއް ވެސް ނޫނެވެ.

Advertisement - newsAdvertisement

ޑިމޮކްރަސީއަކީ އެންމެ ގިނަ ބަޔަކު އެއްބަސްވާ ގޮތަކަށް ކަންކަން ނިމުން ކަމަށް ދައްކާ ވާހަކައާ ފުށުއެރުން ހުރި ނަމަވެސް ރައީސް ޔާމިން ގަބޫލުފުޅު ކުރައްވާ ގޮތުގައި ޕާޓީގެ އެތެރޭގެ ޕްރައިމަރީއެއް ބޭއްވުމަކީ ވަކި މައްސަލަތަކެއްގެ ހައްލަކަށް ވެގެން ނުދެ އެވެ. އަދި ޕްރައިމަރީއާ ހެދި ބައެއް ފަހަރު ޕާޓީގެ ވޯޓުދޭން ތިބި މީހުންގެ ވޯޓުވެސް ބައިބައި ވެގެންދާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

"ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓަށް ވެސް ޔަގީން ކަމެއް ނޯވޭ، އޭނާއާ ވާދަކުރި ކެންޑިޑޭޓް އޭނައަށް ތާއިދުކޮށްފާނެ ކަމަކަށް. އޭނާއަކަށް ގެރެންޓީއެއް ނޯވޭ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ދިރާސާކޮށްފައި ވަރަށް ގިނަ މަސައްކަތްކޮށްފައި މިހާ ލަސްވެގެންވެސް މިދިޔައީ. މި 13 ދައިރާވެސް ލަސްވެގެން މިދިޔައީ ޕްރައިމަރީއަކާ ނުލާ މިކަން ކުރެވޭނީ ކޮން ގޮތަކަށްތޯ ވިސްނައި ޕްރައިމަރީގެ ވިސްނުން ހުރި ފަރާތްތަކާ ވާހަކަ ދައްކައި ވާހަކަ ދައްކައި ހިޔާލު އެއްގޮތްކުރަން،" ޔާމީން ވިދާޅުވިއެވެ.

ޔާމިން ވިދާޅުވާ ފަދަދައިން ޕްރައިމަރީއަށް ފަހު މޮޅުވާ ކެންޑިޑޭޓާއެކު ބަލިވި ކެންޑިޑޭޓް މަސައްކަތް ކުރަން ދެކޮޅު ހެދުމަކީ ވަރަށް ގިނަ ފަހަރު އަންނަ ހާލަތެވެ. އަދި އޭގެ ސަބަބުން ޕާޓީ ތެރޭގައި ތިބި މީހުން ބައިބައިވެ އިދިކޮޅު ޕާޓީގެ ކެންޑީޑޭޓަށް އިންތިހާބު ކާމިޔާބުވެފައި ވެސް އެބަހުއްޓެވެ.

މިގޮތުގެ މައްޗަށް ބަލައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ޕީޕީއެމް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާފައިވަނީ އެ ޕާޓީގެ އޮފީސް ތެރެއިންނެވެ. ޕީޕީއެމްގެ ޓިކެޓަށް ޝައުގުވެރިކަން ހުރީ ކޮންބައެއްތޯ ބަލާނުލިތާ ޕާޓީން ކަނޑައެޅި މީހާއަށް އެ ދާއިރާގައި ތިބި ޕީޕީއެމްގެ މެމްބަރުންގެ ރުހުން އޮތް ވަރެއްވެސް ނުބަލަ އެވެ. ޕާޓީގެ ޕްރައިމަރީއަކީ ޕާޓީއަށް ގެއްލުންހުރި ކަމެއް ގޮތުގައި މީގެކުރިން އެހެން ދެ ޕާޓީއެއްގައި ވެސް އިސްކޮން އުޅުއްވި ޔާމިން ދެކިވަޑައިގަންނަވާއިރު މިއީ ހުދުމުހްތާރު ނިންމުމެއް ގޮތުގައި ބައެއް މީހުން ދެކެ އެވެ. އަދި އެތެރޭގެ ޑިމޮކްރަސީ ބަލިކަށިކަން މިއިން ދޭހަ ކޮށްދޭ ކަމަށް ބައެއް މީހުން ދެކެ އެވެ. ނަމަވެސް މި ފަހަރު މި ނިންމުން ޕީޕީއެމް އިން ނިންމާފައިވަނީ ޔާމިންގެ ސިޔާސީ ތަޖުރިބާގެ މައްޗަށެވެ.

އެހެން ނަމަވެސް ރާއްޖޭގައި ޑިމޮކްރަސީއަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ނަޒަރުގައި ޕާޓީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައަޅަން ޖެހޭނީ އެތެރޭގެ އިންތިހާބަށްފަހު އެވެ. އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ވާދަ ކުރައްވަމުން ގެންދަވާ ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ މެމްބަރުންގެ ބަހަކާއެކު ޕާޓީގެ ޓިކެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަކީ ޕާޓީއަށާއި އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަހުރެވެ.

ނަޝީދު ދެކިވަޑައިގަންނަވާ ގޮތުގައި ޑިމޮކްރަސީއަކީ ޕާޓީގެ މެމްބަރުންގެ ބައިވެރިވުމާއި ބަހެއް އޮވެގެން ކަންކަން ނިންމުމެވެ. ޕްރައިމަރީއާ ދިމާކޮށް ކެންޑިޑޭޓުން މެމްބަރޝިޕް އިތުރުކުރުމަށް ކުރާ މަސައްކަތުގެ ފައިސާ ވެސް ޕާޓީއަށް އިތުރުވެގެންދެ އެވެ. އެމްޑީޕީން ބުނެފައިވާ ގޮތުން 33000 މެމްބަރުން ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް ޕާޓީއަށް އިތުރުވެގެން ގޮސްފައި އެވެ. އަދި ނަޝީދު ވިދާޅުވާ ގޮތުން ނަމަ އޭގެ ތެރެއިން 11000 އަށްވުރެ ގިނަ މެމްބަރުންނަކީ ޕީޕީއެމް އިން ވަކިވެގެން އެމްޑީޕީއާ ގުޅޭ މެމްބަރުންނެވެ.

ދެން އޮތީ ޕްރައިމަރީއަށް ފަހު ބަލިވާ ކެންޑިޑޭޓް މޮޅުވި ކެންޑިޑޭޓްގެ ފަހަތައް ނޭރުމުގެ މައްސަލަ އެވެ. ނަޝީދުގެ ނަޒަރުގައި އެ ޕާޓީގެ ޕްރައިމަރީއަށް ފަހު މޮޅުވާ ކެންޑިޑޭޓްގެ ފަހަތައް އެހެން ކެންޑިޑޭޓް އަރާނެ ކަމާމެދު ޝައްކެތް ނުކުރައްވަ އެވެ

"ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވާ އެއްވެސް ކެންޑިޑޭޓެއް ކަންބޮޑުވެލައްވާނެ ކަމެއް ނެތް، ހުރިހާ މެމްބަރުން އަރާނެ މޮޅުވާ ކެންޑިޑޭޓެއްގެ ފަހަތަށް، އެއީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާނެ ކަމެއް ނޫން، އަޅުގަނޑުމެންގެ ޕާޓީއަށް 13 އަހަރު މިވަނީ. މި ޕާޓީ ނޫނީއްޔާ އެތެރެވަރީގައި ޕްރައިމަރީ ބާއްވާ ޕާޓީއެއް ނޯންނާނެ." ނަޝީދު ވިދާޅުވިއެވެ.

ޕާޓީގެ ޕްރައިމަރީ ބޭއްވުމުގެ ސަބަބުން ތަބަކަށްލާފައި ވަކި މީހަކަށް ޓިކެޓް ދިނުމާ ދެކޮޅަށް ކުރާ ބަހުސް ޕާޓީގެ ތެރެއިން ނެތިގެންދެ އެވެ. އަދި ކޮންމެ މީހަކަށްވެސް ސީދާ އެމީހަކު ކުރި މަސައްކަތުގެ މައްޗަށް ނަތީޖާ އައުމުން ޕާޓީގެ ޑިމޮކްރަސީ ނެތިގެން ޕާޓީއަށް އިނގިލި ދިއްކުރުމުގެ ފުރުސަތު ނުލިބެ އެވެ.

ޕާޓީގެ ޕްރައިމަރީ ކެރިގެން ބާއްވަން ބައެއް ޕާޓީތަކަށް ނުކެރޭ މައިގަނޑު އެއް ސަބަބަކަށް ބައެއް ފަހަރު ވަނީ ޕާޓީގެ އިސް ބޭފުޅުން ވަކި ބަޔަކަށް ޓިކެޓް ދޭން ބޭނުންވުމެވެ. ޕްރައިމަރީގެ ސަބަބުން ޕާޓީ ބަލިކަށިވާނަމަ އެމްޑީޕީއަށްވުރެ ބަލިކަށި ޕާޓީއެއް ނޯންނާނެ އެވެ. ނަމަވެސް ޕާޓީއެއްގެ ގޮތުގައި އެންމެ ވަރުގަދަ ޕާޓީއަކަށް އޮތީ އެމްޑީޕީ ކަމަށްވުމަކީ ޕްރައިމަރީގެ ސަބަބުން ފަހުން މާބޮޑު ގެއްލުމެއް ނާންނަ ކަމެއް ކަން އެނގެ އެވެ. އެހެން ނަމަވެސް އިންތިހާބަށް ޕްރައިމަރީއަށް ފަހު ކުރާ އަސަރުގެ ވާހަކައަކީ ނިމުމެއް ނެތް ބަހުސެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު