Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީން ދުވަހަކުވެސް ޔާމީންގެ ފައި ބުޑަށް ނުދާނެ: އަލީ ސޯލިހު

ކޯލިޝަން ބުރޫ އެރުވުމަށް އަދި ކަންކަން ފިތުނަކުރެއްވުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވާ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 20 ޑިސެމްބަރު 2018 | ބުރާސްފަތި 08:12
ޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީ

ޖުމްހޫރީ ޕާޓީން ދުވަހަކު ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފައި ބުޑަކަށް ނުދާނެ ކަމަށާއި ކޯލިޝަންތެރޭގައި ބައިބައިވުން އުފެއްދެވުމަށް އެ މަނިކުފާނު މަސައްކަތް ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން ރައީސް ޔާމީނާއިއެކު "ޑީލެއް" ހަދަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އަލީ ސޯލިހު ރާއްޖެއެމްވީއަށް ވިދާޅުވީ އެޕާޓީން ރައްޔިތުންނަށް އޮޅުވާލައިގެން ރައީސް ޔާމީނާއި ބައްދަލު ނުކުރައްވާކަމަށެވެ. އަދި އެގޮތަށް ދޮގު ޚަބަރުތައް ފަތުރަނީ ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކަމަށްވުމާއެކު އިންތިޚާބުގައި އެކި ގޮނޑިތަކަށް އެކި ޕާޓީތަކުން ވާދަކުރާއިރު ކޯލިޝަން ޕާޓީގެ އާންމު މެމްބަރުންގެ ވިސްނުން ބަދަލުކޮށްލުމަށް ކަމަށް ދެކި ލައްވާ ކަމަށް ވިދާޅުވިއެވެ.

"މިއަދު ހަތަރު ލީޑަރުން މަޝްވަރާ ކުރައްވާނެ ކޯލިޝަނުން މަޖިލީސް އިންތިޚާބާއިމެދު ދެކެލައްވާގޮތާއިމެދު. ކޯލިޝަން ދެމެހެއްޓުމަށް ހަތަރު ލީޑަރުން އަބަދު ވެސް މަޝްވަރާ ކުރައްވާނެ ކަމަށް އަބަދު ވެސް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވަމުން ގެންދަވަނީ. ކޯލިޝަން ބުރޫ އެރުވުމަށް އަދި ކަންކަން ފިތުނަކުރެއްވުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވާ،" އަލީ ސޯލިހު ވިދާޅުވިއެވެ.

މީގެ ދެ ދުވަސް ކުރިން ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ ގާސިމްއަކީ ކުރިންވެސް އެކުގައި މަސައްކަތް ކޮށްފައިވާ ބޭފުޅެއް ކަމަށާއި ޖޭޕީގެ ރައީސް ގާސިމް ވަޑައިގަންނަވައިފި ނަމަ މަރުހަބާ ދަންނަވާނެކަމަށެވެ. ރައީސް ޔާމީންގެ ވެރިަކުގައި ގާސިމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި ބާރަ ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެއެވެ. އެހެން ނަމަވެސް އެ ހުކުމް ހައިކޯޓުން ވަނީ އޮކްޓޯބަރު 22 ގައި ބާތިލްކޮށްފައެވެ.

އަލީ ސޯލިހު ވިދާޅުވީ ގާސިމް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ސާބިތުކަމާއެކީގައި ކަމަށެވެ. އަދި އެ ޕާޓީގެ އެއްވެސް މެމްބަރަކު ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހެއްގެ ފަހަތުގައި ނުހުނާންނެ ކަމަށާއި ރައީސް އިބްރާހިމް ސޯލިހުގެ ވެރިކަން ދިފާއުކުރެއްވުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ޕާޓީގެ ލީޑަރު ކުރައްވާނެކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު