Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްޓީސީސީ

ބްރިޖް ހުޅުވުމާއެކު ފެރީން ދަތުރުކުރާ މީހުންގެ އަދަދު ފަސް ހާހަށް: ބޮޑު ގެއްލުމެއް!

19 ޑިސެމްބަރު 2018 | ބުދަ 13:13

ބްރިޖް ހުޅުވުމުގެ ކުރިން ދުވާލެއްގެ މައްޗަށް 21،000 މީހުން ދަތުރު ކުރަމުންދިޔަ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 ޑިސެމްބަރު 2018 | ބުދަ 13:13
އެމްޓީސީސީ ހުޅުމާލެ ފެރީ

އެމްޓީސީސީ ހުޅުމާލެ ފެރީ

ސިނަމާލެ ބްރިޖް ހުޅުވުމާ އެކު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ފެރީ މެދުވެރިކޮށް ދުވާލެއްގެ މައްޗަށް ދަތުރުކުރާ މީހުންގެ އަދަދު ފަސް ހާހަށް ވެއްޓިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ބުދަ ދުވަހު ރާއްޖެއެމްވީއަށް ދެއްވި ހާއްސަ އިންޓަވިއުގައި އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސަރ މުހައްމަދު ހިލްމީ ވިދާޅުވީ ބްރިޖް ހުޅުވުމުގެ ކުރިން ދުވާލެއްގެ މައްޗަށް 21،000 މީހުން ދަތުރު ކުރަމުންދިޔަ ކަމަށާއި ބްރިޖް ހުޅުވުމާއެކު ތިން މިލިއަން ރުފިޔާގެ ގެއްލުން ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ތިން ވަނަ ކުއާޓަރގައި އެ ކުންފުނީގެ ސާފު ފައިދާ ދަށަށް ގޮސްފައިވާ މައިގަނޑު ސަބަބަކީ ވެސް ޓްރާންސްޕޯޓުން ލިބުނު ގެއްލުންތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް 17.4 މިލިއަން ރުފިޔާ ލިބިފައިވާއިރު މި އަހަރުގެ ތިންވަނަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 327،963 ރުފިޔާއެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ ހުޅުމާލެ އާއި މާލެއާ ދެތެރޭގައި ކުރާ ކަނޑު ދަތުރުތައް ހުއްޓާލަން ކުންފުނިން ވިސްނާފައިނުވާ ކަމަށާއި ކުންފުނިން ހިންގާ އެހެން ޕްރޮޖެކްޓްތަކުން ލިބޭ ފައިދާ ޓްރާންސްޕޯޓަށް ކޮމްޕްރޮމައިޒް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމުގައި ސަބްސިޑީ ލިބޭނެ ގޮތާ މެދު ސަރުކާރާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.

ޓްރާންސްޕޯޓް ޑިޕާޓްމަންޓަށް ގެއްލުން ލިބުނުކަމުގައިވީ ނަމަވެސް މިވަގުތު އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ވިސްނާފައިނުވާކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ ކުންފުނީގެ އެހެން ޝެކްޝަންތަކާއެކު މަޝްވަރާ ކުރުމަށް ފަހު އެ މުވައްޒަފުން ހަރުދަނާ އުސޫލެއްގެ މަތިން ބަދަލު ކުރަން ޖެހޭ ކަމަށެވެ.

ޝާހު އިތުރަށް ވިދާޅުވީ ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރަން ޖެހޭނެ ކަމަށާއި ކުރިއަތް އޮތް އަހަރަށް ކުންފުނީގެ ފަރާތުން ބިޒްނަސް ޕްލޭނެއް ހަދާފައިވާ ކަމަށެވެ. އަދި ޕްލޭންގައި ހަރަދުތައް ކުޑަކުރާނެ ގޮތް ހިމަނާފައިވާނެ ކަމަށާއި ބޯޑުން ފާސްވުމުން އެ ޕްލޭން އާންމުކުރާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

މާލެ އާއި، ހުލުމާލެ އަށް ދަތުރު ކުރާ ބަސްތަކުގެ ހިދުމަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ކުންފުނިން (އެމްޕީއެލް) އިން ފޯރުކޮށްދެމުންދާއިރު އެ ހިދުމަތް އެމްޓީސީސީ ކުންފުނީގެ ދަށަށް ބަދަލު ކުރަން ވިސްނާފައިވޭތޯ ރާއްޖެއެމްވީން ސުވާލުކުރުމުން ޝާހު ވިދާޅުވީ ރައީސް އޮފީހުގައި އޮތް ބަދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށާއި ޕޮލިސީ ސެކްޝަނުން އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށެވެ. އަދި އެމްޓީސީސީއާ އެމްޕީއެލްއާ މަޝްވަރާ ކޮށްގެން ބަހުގެ ހިދުމަތް އެމްޓީސީސީއަށް ބަދަލުކުރުމަށް، ހަރުދަނާ އުސޫލެއްގެ މަތިން ކުރިއަށްދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.

އެމްޓީސީސީން ހުޅުމާލެއަށް މިހާރު ދަތުރުތައް ކުރަމުންދަނީ ޕްރިމިއަމް ލިންކް ފެރީ މެދުވެރިކޮށް ކޮންމެ 20 މިނެޓަކުންނެވެ. މިހާރު ފެރީ މެދުވެރިކޮށް ދަތުރުކުރާ ދިވެހިންގެ އަދަދު މަދުވެފައިވާއިރު ގިނައިން ފެރީ މެދުވެރިކޮށް ދަތުރުކުރަމުން ދަނީ ބިދޭސީންނެވެ.

އެމްޓީސީސީން ދަތުރުފަތުރުގެ ހިދުމަތް މ. އަތޮޅު، ފ. އަތޮޅު، ދ. އަތޮޅު، އަދި ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީ ފިޔަވާ ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދެއެވެ.

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2020

އޮޑިއެޕް އެސިސްޓެންސް: ލޯންޗުދަތުރުކުރާ އޮޑިވެރިންނަށް މުޅިން ހިލޭ ފޯރުކޮށްދޭ އައު ޙިދުމަތެއް!

20 ނޮވެމްބަރު 2020
އޮޑިއެޕް އެސިސްޓެންސް: ލޯންޗުދަތުރުކުރާ އޮޑިވެރިންނަށް މުޅިން ހިލޭ ފޯރުކޮށްދޭ އައު ޙިދުމަތެއް!
01 އޮކްޓޯބަރު 2020

ކޮޗިން ފެރީން ސިމެންތި ގެނެސްގެން އެސްޓީއޯއިން އަގުހެޔޮކޮށް ވިއްކަން ފަށައިފި

01 އޮކްޓޯބަރު 2020
ކޮޗިން ފެރީން ސިމެންތި ގެނެސްގެން އެސްޓީއޯއިން އަގުހެޔޮކޮށް ވިއްކަން ފަށައިފި
20 ސެޕްޓެމްބަރު 2020

ޔޫއޭއީ މީހުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެ، ފްލައި ދުބާއީގެ ދަތުރުތައް ފަށަނީ

20 ސެޕްޓެމްބަރު 2020
ޔޫއޭއީ މީހުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެ، ފްލައި ދުބާއީގެ ދަތުރުތައް ފަށަނީ
17 ސެޕްޓެމްބަރު 2020

ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުވަނީ

17 ސެޕްޓެމްބަރު 2020
ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުވަނީ
29 ޖޫން 2020

ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކަށް ހާއްސަ ޑިސްކައުންޓުތަކެއް

29 ޖޫން 2020
ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކަށް ހާއްސަ ޑިސްކައުންޓުތަކެއް
29 އެޕްރީލު 2019

ރަށު މާރުކޭޓް ގޮޅިތައް ލިބުނު މީހުންގެ ނަންތައް އެޗްޑީސީން އާންމުކޮށްފި

29 އެޕްރީލު 2019
ރަށު މާރުކޭޓް ގޮޅިތައް ލިބުނު މީހުންގެ ނަންތައް އެޗްޑީސީން އާންމުކޮށްފި
02 ޖެނުއަރީ 2019

ދުބާއީގައި އާއްމު ދަތުރު ފަތުރު ބޭނުންކުރި މީހުންގެ އަދަދު ދެ މިލިއަނަށް!

02 ޖެނުއަރީ 2019
ދުބާއީގައި އާއްމު ދަތުރު ފަތުރު ބޭނުންކުރި މީހުންގެ އަދަދު ދެ މިލިއަނަށް!
06 އޮކްޓޯބަރު 2018

އެމެރިކާގައި ވަޒީފާ ނެތް މީހުންގެ އަދަދު 3.7 އިންސައްތައަށް ދަށް ވެއްޖެ

06 އޮކްޓޯބަރު 2018
އެމެރިކާގައި ވަޒީފާ ނެތް މީހުންގެ އަދަދު 3.7 އިންސައްތައަށް ދަށް ވެއްޖެ
08 އެޕްރީލު 2018

ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކެނެޑާގެ ކުންފުންޏެއް ފޭސްބުކްއިން ސަސްޕެންޑްކޮށްފި

08 އެޕްރީލު 2018
ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކެނެޑާގެ ކުންފުންޏެއް ފޭސްބުކްއިން ސަސްޕެންޑްކޮށްފި
25 އޮކްޓޯބަރު 2017

ވިއެމްއިން އެމީހުންގެ އަމިއްލަ އުފެއްދުންތައް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ދައްކާލައިފި

25 އޮކްޓޯބަރު 2017
ވިއެމްއިން އެމީހުންގެ އަމިއްލަ އުފެއްދުންތައް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ދައްކާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް