Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރަށު މާރުކޭޓް

ރަށު މާރުކޭޓް ގޮޅިތައް ލިބުނު މީހުންގެ ނަންތައް އެޗްޑީސީން އާންމުކޮށްފި

ރަށު މާރުކޭޓުގެ ސްޓޯލްތަށް ފޯމް ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 871 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 އެޕްރީލު 2019 | ހޯމަ 13:29
ރަށު މާރުކޭޓުގެ ގޮޅިތަކުގެ ތެރެއިން ގޮޅިއެއް

ރަށު މާރުކޭޓުގެ ގޮޅިތަކުގެ ތެރެއިން ގޮޅިއެއް

ރަށު މާރުކޭޓް ގޮޅިތަކަށް ފޯމް ހުށަހަޅައިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތްތަކުގެ ނަންތައް ހުޅުމާލެ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އާންމުކޮށްފިއެވެ.

އެޗްޑީސީގެ ފަރާތުން ހޯމަ ދުވަހު ކުރި ޓުވީޓެއްގައި ވަނީ އެ ފަރާތްތަކުގެ ނަންތައް އާންމުކޮށް މަރުހަބާ ކިޔާފައެވެ.

ރަށު މާރުކޭޓުގެ ސްޓޯލްތަށް ފޯމް ހުށަހަޅަން ހުޅުވާލި ފުރުސަތުގައި 871 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ. ގުރުއަތުލުމުގެ ތެރެއިން 18 ފަރާތަކަށް ޑްރައިސްޓޯލް ލިބިފައިވާއިރު ވެއިޓިންގް ލިސްޓުގައި ނުވަ ފަރާތެއްގެ ނަން އެޗްޑީސީން ވަނީ ހިމަނާފައެވެ. އަދި ވެޓްސްޓޯލަށް ގުރުއަތުން 10 ފަރާތެއް ހޮވިފައިވާއިރު ވެޓިންގް ލިސްޓުގައި ފަސް ފަރާތެއްގެ ނަން އެޗްޑީސީން ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމަށް އެދި ވިޔަފާރީތަކުން ހުށަހަޅާފައިވާއިރު އެ ފަރާތްތަކުގެ ނަންތައް ވެސް އެޗްޑީސީން ވަނީ އާންމުކޮށްފައެވެ. އެގޮތުން ޑްރައިސްޓޯލަށް 19 ވިޔަފާރި ގުރުއަތުން ހޮވިފައިވާއިރު ވެއިޓިންގް ލިސްޓުގައި ވަނީ އެންމެ ވިޔަފާރީއެއްގެ ނަން ހިމަނާފައެވެ. އަދި ވެޓް ސްޓޯލަށް ހަ ވިޔަފާރި ހޮވިފައިވާއިރު ވެޓިންގް ލިސްޓުގައި އެއްވެސް ވިޔަފާރީއެއްގެ ނަން އެޗްޑީސީން ހިމަނާފައެއް ނުވެއެވެ.

ރަށު މާރުކޭޓުގެ މަސައްކަތް ކުރިއަތް އޮތް މަހެއްހާ ދުވަސްތެރޭގައި ފެށޭނެ ކަމަށާއި ރަށު މާރުކޭޓަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، ހުޅުމާލެއަށް ޒިޔާރަތްކުރާ އެންމެހާ ފަރާތްތަކަށް ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކާއި، ރޯމަހުގެ ބާވަތްތައް ފަސޭހަކަމާ އެކު ހެޔޮއަގުގައި އެއް ތަނަކުން ލިބޭނެ މަގުފަހިކޮށްދިނުމަށް ހުޅުމާލެ ފެރީ ޓަރމިނަލްގެ ހުޅަނގު ފަރާތު ސަރަހައްދުގައި ގާއިމްކޮށްފައިވާ ތަނެއް ކަމަށެވެ.

މޭވާ އާއި ތަރުކާރީ އަދި ކާބޯތަކެތީގެ ދިވެހި އުފެއްދުންތައް (ޑްރައި ސްޓޯލް)ތަކަށް ބޮޑުމިނުގައި 69.45 އަކަފޫޓުގެ 37 ގޮޅި ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި 69.45 އަކަފޫޓުގެ 20 ގޮޅި ޚާއްސަކޮށްފައިވަނީ ރޯމަހުގެ ބާވަތްތައް (ވެޓް ސްޓޯލް) ތަކަށެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2018

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ 19 ޕަސެންޓް އިތުރުވެއްޖެ

12 މާރިޗު 2018
މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ 19 ޕަސެންޓް އިތުރުވެއްޖެ
22 ފެބުރުއަރީ 2018

ޓެކްސްއާ ބެހޭ މައުލޫމާތު ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މީރާ ދަތުރެއް ފަށަނީ

22 ފެބުރުއަރީ 2018
ޓެކްސްއާ ބެހޭ މައުލޫމާތު ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މީރާ ދަތުރެއް ފަށަނީ
24 ޖެނުއަރީ 2018

މިދިޔަ އަހަރަކީ ކުންފުންޏަށް ރަނގަޅު ކާމިޔާބީތަކެއް ލިބުނު އަހަރެއް: މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް

24 ޖެނުއަރީ 2018
މިދިޔަ އަހަރަކީ ކުންފުންޏަށް ރަނގަޅު ކާމިޔާބީތަކެއް ލިބުނު އަހަރެއް: މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް
23 ނޮވެމްބަރު 2017

37 ޒުވާނަކަށް ގެޓްސެޓް ލޯނު ލިބުނުކަން ހާމަކޮށްފި

23 ނޮވެމްބަރު 2017
37 ޒުވާނަކަށް ގެޓްސެޓް ލޯނު ލިބުނުކަން ހާމަކޮށްފި
03 ނޮވެމްބަރު 2017

ގެޓްސެޓް ލޯން ލިބުނު ފަރާތްތައް މިމަހު އިއުލާން ކުރާނެ: އިކޮނަމިކް މިނިސްޓްރީ

03 ނޮވެމްބަރު 2017
ގެޓްސެޓް ލޯން ލިބުނު ފަރާތްތައް މިމަހު އިއުލާން ކުރާނެ: އިކޮނަމިކް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު