Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއޭސީއެލް

ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކަށް ހާއްސަ ޑިސްކައުންޓުތަކެއް

29 ޖޫން 2020 | ހޯމަ 03:35

ޑިސްކައުންޓު ދެނީ ތިން ބަޔަކަށް ބަހާލައިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 ޖޫން 2020 | ހޯމަ 03:35
އެމިރޭޓްސްގެ ފްލައިޓެއް: ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 15 ދުވަހު

އެމިރޭޓްސްގެ ފްލައިޓެއް: ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 15 ދުވަހު

ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކަށް ހާއްސަ ޑިސްކައުންޓުތަކެއް ދޭން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.

އެމްއޭސީއެލުން ބުނީ ވީއައިއޭ އަށް ދަތުރު ކުރާ ޝެޑިއުލްޑް ފްލައިޓުތަކުން ނަގާ ގްރައުންޑް ހޭންޑްލިން، ލޭންޑިން، ނެވިގޭޝަން އަދި ޕާކިން ޗާޖުން ޑިސްކައުންޓުތަކެއް ދޭނެ ނިންމާފައިވާ ކަމަށެވެ. އެގޮތުން ޖުލައި 15ން ފެށިގެން އަންނަ މާރޗު މަހުގެ 26ގެ ނިޔަލަށް ތިން ބަޔަކަށް ބަހާލައިގެން ޑިސްކައުންޓު ދޭނެ ކަމަށެވެ.

ޖުލައި 15 އިން އޮގަސްޓު މަހުގެ ނިޔަލަށް އޮޕަރޭޓު ކުރަން ފަށާ އެއަރލައިންތަކަށް، އޮކްޓޯބަރު މަހުގެ 27 ގެ ނިޔަލަށް 100 އިންސައްތަ ޑިސްކައުންޓު ދޭން ނިންމާފައިވާ ކަމަށާއި ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޯބަރު 27ގެ ނިޔަލަށް ދަތުުރު ފަށާ އެއަރލައިންތަކަށް އެ މުއްދަތުގެ ތެރޭގައި 75 އިންސައްތަ ޑިސްކައުންޓް ދޭނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ. އަދި އޮކްޓޯބަރު 28 އިން ފެށިގެން މާރޗު 26 ގެ ނިޔަލަށް 50 އިންސައްތަ ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އެމްއޭސީއެލުން ހާމަކުރެއެވެ.

މިއީ ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކަށް ދޭ ހާއްސަ ފުރުސަތުތަކެއް ކަމަށާއި އެއަރލައިންތަކަށް ދޭ ޑިސްކައުންޓާއެކު ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް ދަތުރު ފަށާ، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން އަންނާނެ ކަމަށް ގަބޫލު ކުރާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 15 ދުވަހުއެވެ. އަދި ބޯޑަރުތައް އަލުން ހުޅުވާލާއިރު، އެއަރލައިންތަކާއި އެއަރޕޯޓުން އަމަލު ކުރަންޖެހޭ އުސޫލުތައް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްއޭސީއޭ) އިން ވަނީ ދާދި ފަހުން އާންމުކޮށްފައެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް

09 އެޕްރީލު 2017
ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
21 މާރިޗު 2017

ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި

21 މާރިޗު 2017
ސްޕޫލްގެ ޚިދުމަތް އުރީދޫ އިން ރާއްޖެއަށް ތައާރަފް ކޮށްފި
13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
11 މާރިޗު 2017

ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން

11 މާރިޗު 2017
ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން
18 ފެބުރުއަރީ 2017

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

18 ފެބުރުއަރީ 2017
ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް