Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއޮޑިއެޕް އެސިސްޓެންސް

އޮޑިއެޕް އެސިސްޓެންސް: ލޯންޗުދަތުރުކުރާ އޮޑިވެރިންނަށް މުޅިން ހިލޭ ފޯރުކޮށްދޭ އައު ޙިދުމަތެއް!

އޮޑިއެޕް އެސިސްޓެންސް އަކީ އޮޑިވެރިޔާއަށް މުޅިން ހިލޭ ދޫކޮށްލެވޭ ޕްލެޓްފޯމެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 20 ނޮވެމްބަރު 2020 | ހުކުރު 15:32
އޮޑިއެޕް އެސިސްޓެންސް

އޮޑިއެޕް އެސިސްޓެންސް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޯންޗްދަތުރުކުރާ އޮޑިވެރިންނަށް ހާއްސަކޮށްގެން، އޮޑިމެނޭޖްކުރާނެ ހާއްސަ ނިޒާމެއް ތަޢާރަފްކޮށްފި އެވެ.

އޮޑިއެޕްޕްލެޓްފޯމް މެދުވެރިކޮށް ދިވެހިރާއްޖޭގައި ކަނޑުދަތުރުފަތުރު ކުރާ ސްޕީޑްބޯޓްތަށް ފަސޭހަކަމާއިއެކު މެނޭޖް ކުރެވޭނެ އެވެ. އޮޑިއެޕް އިން ރާއްޖެއަށް ތައާރަފްކުރި އޮޑިއެޕް އެސިސްޓެންސް މެދުވެރިކޮށް ލޯންޗްތަކުގެ ބުކިންގެ އިތުރުން ޕޭމެންޓާއި، އަދި ފަސޭހަކަމާއިއެކު އީޓިކެޓް ޕަސެންޖަރުންނަށް އޮޑިވެރިޔާއަށް ފޯރުކޮށްދެވޭނެއެވެ.

ރާއްޖޭގައި ކަނޑު ދަތުރުކުރުމަށް އޮތް ހުރަހަކީ ދަތުރު ފަތުރު ރޭވިފައި އޮންނަ ހަރުދަނާ ވިއުގައެއް ގާއިމްވެފައި ނެތުން ކަމަށްވާއިރު، އޮޑިއެޕުން ވަނީ އޮޑިއެޕް އެސިސްޓެންސް ޕޯޓަލްގެ އިތުރުން އޮޑިއެޕް އެސިސްޓެން މޯބައިލް އެޕްލިކޭޝަންވެސް ތައާރަފު ކޮށްފައެވެ.

އެކުންފުނީގެ ސީއޯއޯ ސިޔާޙް ޚަލީލް ވިދާޅުވީ އޮޑިއެޕްގެ މަޤުސަދަކީ އޮޑިވެރިޔާއަށް ފަސޭހަކަމާއިއެކު ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ ތަނެއްގައި ހުންނަވައިގެން ވެސް އޮޑި މެނޭޖްކުރެވޭނެ އުސޫލްތަކެއް ޤާއިމްކޮށް ރާއްޖޭގެ އެތެރޭގެ ޓްރާންސްޕޯޓަށް ޙަރުދަނާ ބަދަލުތަކެއް ގެނައުން ކަމަށެވެ.

އޮޑިއެޕް އެސިސްޓެންސް މެދުވެރިކޮށް ސްޕީޑް ބޯޓްތަށް މެނޭޖްކުރެވުމާއި، ދަތުރުކުރާ މަންޒިލްތަށް އިތުރުކުރުމާއި ބުކިންގް ހެދުމާއި ބުކިންގްތަށް މެނޭޖްކުރުމާއި، އަދި ކޮންމެ ބުުކިންއަކާއެކު އީ ޓިކެޓެއް ޕަސެންޖަރަށް ފޮނުވާލުމުގެ އިތުރުން ޓިކެޓްތަކުގެ ފައިސާ ސީދާ އޮޑި އެސިސްޓެންސް އިން މެނޭޖްކޮށްލުން ހިމެނެ އެވެ. މީގެ އިތުރުން ބޯޓްތަކުން ދަތުރުކޮށްފައިވާ ގޮތުގެ ތަފާސް ޙިސާބު ފަސޭހައިން ބަލާލުމާއި، ޕްރައިވަޓް ހަޔަރތަށް މެނޭޖްކުރުމާއި، ފަސޭހަކަމާއެކު ދަތުރު ފަތުރުގެ އެޖެންޓުންގެ މުއާމަލާތްތައް މެނޭޖްކުރުމުގެ އިތުރުން އީ-ބޯޑިން ހެދޭނެހެން ޕަސެންޖަރ މެނިފެސްޓް ކޮންމެ ދަތުރުކަށް ވަކިން ތައްޔާރުކުރުމުގެ ޚިދުމަތް ހިމެނެ އެވެ.

އޮޑިއެޕްގައި ރަޖިސްޓްރީވެލުމަށް ވެބްސައިޓަށް ނުވަތަ ހޮޓްލައިން 9920022 އަށް މެދުވެރިކޮށްކުރެވޭނެ ކަމަށާއި މިޕްލެޓްފޯމުގައި ރެޖިސްޓްރީވާ ވިޔަފާރިތަކަށް ހާއްސަ މާކެޓިން އަދި ސޭލްސް ޕިޗްތަކެއްވެސް މިކުންފުނީގެ ފަރާތުން ފޯރުކޮށްދޭން ވަނީ ނިންމާފައެވެ.

އޮޑިއެޕް އެސިސްޓެންސް އަކީ އޮޑިވެރިޔާއަށް މުޅިން ހިލޭ ދޫކޮށްލެވޭ ޕްލެޓްފޯމެކެވެ.

އޮޑިއެޕް އެސިސްޓެންސްގެ ނަމުގައި މުޅިން ހިލޭ ފޯރުކޮށްދޭ މި ޚިދުމަތާއި އެކު ކުރިއަށް އޮތް ތަނުގައި އެއްރަށުން އަނެއް ރަށަށް، އެއް އަތޮޅުން އަނެއް އަތޮޅަށް ދެވޭނެ ފަސޭހަ ގޮތްތަކެއް ނެތުމާއި، ފެރީތަކާއި ސްޕީޑްބޯޑްތަކުގެ ދަތުރުގެ ތާވަލް ފެންނާނެ އެކަށީގެންވާ ފަސޭހަ ވަޞީލަތެއް ނެތުމުން އެ ހުރިހާ ކަމަކަށް ހައްލު ހޯދައިދިނުމުގެ ގޮތުންވެސް އިތުެރު ޕްލެޓްފޯމެއް ތަޢާރަފްކުރުމަށް ނިންމާފައިވާ ކަމަށް ސިޔާހް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

09 މެއި 2019

އެކްސިޑެންޓް އިންޝުއަރަންސް ކަވަރ މުޅިން ހިލޭ ލިބޭ ޕްރޮމޯޝަނެއް އަމާނާ ތަކާފުލް އިން ފަށައިފި

09 މެއި 2019
އެކްސިޑެންޓް އިންޝުއަރަންސް ކަވަރ މުޅިން ހިލޭ ލިބޭ ޕްރޮމޯޝަނެއް އަމާނާ ތަކާފުލް އިން ފަށައިފި
01 އެޕްރީލު 2019

ރާއްޖެއަށް މުޅިން އަލަށް އެޗް.ޑީ ވޮއިސްގެ ޚިދުމަތް އުރީދޫއިން ތަޢާރަފް ކޮށްފި

01 އެޕްރީލު 2019
ރާއްޖެއަށް މުޅިން އަލަށް އެޗް.ޑީ ވޮއިސްގެ ޚިދުމަތް އުރީދޫއިން ތަޢާރަފް ކޮށްފި
21 މާރިޗު 2019

އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި

21 މާރިޗު 2019
އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
31 ޖެނުއަރީ 2019

ޕިކްލްސް ރެސްޓޯރަންޓް އިން މުޅިން އައު ވައްތަރެއްގެ ޝަވަރުމާއެއް ތަޢާރަފްކޮށްފި

31 ޖެނުއަރީ 2019
ޕިކްލްސް ރެސްޓޯރަންޓް އިން މުޅިން އައު ވައްތަރެއްގެ ޝަވަރުމާއެއް ތަޢާރަފްކޮށްފި
27 ނޮވެމްބަރު 2018

މާރކިއުރީ ބްރޭންޑްގެ މުޅިން އައު އިންޖީނުތަކެއް ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފި

27 ނޮވެމްބަރު 2018
މާރކިއުރީ ބްރޭންޑްގެ މުޅިން އައު އިންޖީނުތަކެއް ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު