Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ފޭސްބުކް

ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކެނެޑާގެ ކުންފުންޏެއް ފޭސްބުކްއިން ސަސްޕެންޑްކޮށްފި

ފޭސްބުކްގެ ތުހުމަތުތައް އެގްރިގޭޓް އައިކިއު އިން ދޮގުކުރޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 8 އެޕްރީލު 2018 | އާދީއްތަ 14:13
އެގްރިގޭޓް އައިކިއު އާއި ކެމްބްރިޖް އެނަލިޓިކާ ކުންފުންޏާއި ގުޅުން އެބައޮތް ކަމަށް ފޭސްބުކްއިން ތުހުމަތުކުރޭ

އެގްރިގޭޓް އައިކިއު އާއި ކެމްބްރިޖް އެނަލިޓިކާ ކުންފުންޏާއި ގުޅުން އެބައޮތް ކަމަށް ފޭސްބުކްއިން ތުހުމަތުކުރޭ

ފޭސްބުކް ބޭނުން ކުރާ ބައެއް ފަރާތްތަކުގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ކެނެޑާގެ ޑޭޓާ ކުންފުންޏެއް ފޭސްބުކް ޕްލެޓްފޯމުން ސަސްޕެންޑް ކޮށްފިއެވެ.

ސަސްޕެންޑް ކުރި ކުންފުންޏަކީ އިނގިރޭސިވިލާތް ވިލާތުގެ އިއްތިޙާދުން ވަކިވުމަށް ނެގި ވޯޓުގައި، އީޔޫއިން ވަކިވުމަށް ކެމްޕޭން ކުރި ޓީމަށް މަސައްކަތް ކޮށްދިން ކެނެޑާގެ ޑޭޓާ އެނަލިޓިކްސް ކުންފުންޏެއް ކަމަށްވާ އެގްރިގޭޓް އައިކިއު ކިޔާ ކުންފުންޏެކެވެ. އެކުންފުންޏާއި ކޭމްބްރިޖް އެނަލިޓިކާ ކުންފުންޏާއި ގުޅުމެއް އޮތް ކަމަށް ފޭސްބުކްއިން ތުހުމަތުކުރެއެވެ.

Advertisement - businessAdvertisement

ކޭމްބްރިޖް އެނަލިޓިކާ ކުންފުންޏަކީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ފޭސްބުކް ބޭނުން ކުރާ އެތައް މިލިއަން ބައެއްގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރިކަން ދާދިފަހުން ފަޅާ އަރައި، ހޫނު ފެނަށް ވެއްޓިފައިވާ ކުންފުންޏެކެވެ. އެމައްސަލައިގައި ފޭސްބުކް ކުންފުނިން ދަނީ މިހާރު ވެސް އެމެރިކާގެ ކޮންގްރެސްއަށާއި އިނގިރޭސި ޕާލަމެންޓަށް ޖަވާބުދާރީވަމުންނެވެ.

އިނގިރޭސިވިވިލާތުގެ އިއްތިޙާދުން ވަކިވުމަށް ހިންގި ކެމްޕޭންގެ މައި ހަރަކާތް ކަމަށްވާ ވޯޓް ލީވް އިން އެގްރިގޭޓް އައިކިއު އަށް 3.8 މިލިއަން ޑޮލަރު ދިންކަމަށްވެއެވެ. އަދި އެހަރަކާތާއި ގުޅިފައިވާ އެހެން ބައެއް ފަރާތްތަކުން ވެސް އެތައް ލައްކަ ޑޮލަރެއް އެކުންފުންޏަށް ދިންކަން ވަނީ ހާމަވެފައެވެ.

އެގްރިގޭޓް އައިކިއު އިން ކެމްބްރިޖް އެނަލިޓިކާ މެދުވެރިކޮށް އިނގިރޭސި ގިނަ ރައްޔިތުންތަކެއްގެ މައުލޫމާތު ނަހަގޮތުގައި ހޯދާފައިވާކަމަށް ފޭސްބުކް އިން ތުހުމަތުކުރިނަމަވެސް، އެގްރިގޭޓް އައިކިއު އިން އެކަން ދޮގުކުރެެއެވެ. އަދި އެކުންފުންޏަކީ 100 އިންސައްތަ ކެނެޑާ ކުންފުންޏެއް ކަމަށާއި، އެކުންފުނި އޮޕަރޭޓް ކުރަނީ ކެނެޑާގައި ކަމަށް އެގްރިގޭޓް އައިކިއުއިން ބުންޏެވެ. ފޭސްބުކްއިން ބުނީ އެކުންފުނީގެ އެތެރޭގައި އެމައްސަލަ އަދިވެސް ބަލަމުންދާ ކަމަށާއި، މައްސަލައިގައި ކަމާއި ގުޅުން ހުރި އިދާރާތަކުން ބޭނުންވާ އެއްބާރުލުން އެކުންފުނިން ދޭނެ ކަމަށެވެ.

ފޭސްބުކް ބޭނުން ކުރާ އެތައް މިލިއަން ބައެއްގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުން ކުރާ މައްސަލައިގައި އެކުންފުނީގެ ހިއްސާގެ އަގުތައްވެސް ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފޭސްބުކް އަދި އެޕަލްގެ ވެރިން ބަހުގެ ހޫނު ޙަަމަލާތަކެއް ބަދަލުކޮށްފި

ފޭސްބުކް އަދި އެޕަލްގެ ވެރިން ބަހުގެ ހޫނު ޙަަމަލާތަކެއް ބަދަލުކޮށްފި

04 އެޕްރީލު 2018
ފޭސްބުކް ކުންފުނީގެ އަގު 58 ބިލިއަން ޑޮލަރު ދަށްވެއްޖެ!

ފޭސްބުކް ކުންފުނީގެ އަގު 58 ބިލިއަން ޑޮލަރު ދަށްވެއްޖެ!

25 މާރިޗު 2018
ޓެކްސްއާ ބެހޭ މައުލޫމާތު ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މީރާ ދަތުރެއް ފަށަނީ

ޓެކްސްއާ ބެހޭ މައުލޫމާތު ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މީރާ ދަތުރެއް ފަށަނީ

22 ފެބުރުއަރީ 2018
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި

29 ޖެނުއަރީ 2018
ފޭސްބުކް ނިއުސް ފީޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފި

ފޭސްބުކް ނިއުސް ފީޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފި

12 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު