Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމިސް ޔުނިވަރސް

މި ފަހަރުގެ މިސް ޔުނިވަރސް ފިލިޕީންސްސަށް

މަގާމު ހޯދާފައި ވަނީ 93 ގައުމެއްގެ ބައިވެރިންނާ ވާދަކޮށް

އަލީ ސަމާޚް
އަލީ ސަމާޚް | 18 ޑިސެމްބަރު 2018 | އަންގާރަ 06:00
ކެޓްރިއޯނާ ގްރޭ

ކެޓްރިއޯނާ ގްރޭ

ދުނިޔޭގެ އެންމެ ރީތި އަންހެނުން ހޮވަން ބާއްވަ މުބާރަތް "މިސް ޔުނިވަރސް" ޕިލިޕީންސްއިން ހޯދައިފިއެވެ.

ހޯމަ ދުވަހު ތައިލެންޑްގެ ބެންކޮކްގައި ބޭއްވި "މިސް ޔުނިވަރސް 2018'' ކާމިޔާބުކޮށްފައިވަނީ ޕިލިޕީންސްގެ މޮޑެލް ކެޓްރިއޯނާ ގްރޭއެވެ. މޮޑެލްކުރުމުގެ އިތުރުން ލަވަ ކިޔާ ކެޓްރިއޯނާ، 67 ވަނަ މިސް ޔުނިވަރސްގެ މަގާމު ހޯދާފައި ވަނީ 93 ގައުމެއްގެ ބައިވެރިންނާ ވާދަކޮށެވެ.

މި ފަހަރުގެ މިސް ޔުނިވަރސް ޝޯ ހުށައަޅާ ދީފައިވަނީ ސްޓީވް ހާވީއެވެ.

އުމުރުން 24 އަހަރުގެ ކެޓްރިއޯނާއަށް އެ މަގާމު ލިބުމުން އޭނާ ބުނީ ''އަހަރެން އުމުރުން 13 އަހަރުގައި މަންމަ ބުނީ މަންމައަށް ހުވަފެނަކުން ފެނުނީ އަހަރެން ރަތް ކުލައިގެ ހެދުމެއް ލައިގެން މިސް ޔުނިވާސް ލިބޭ މަންޒަރު" ކެޓްރިއޯނާ ބުންޏެވެ.

އިއްތިފާގުން އޭނާ މިފަހަރުގެ ހަފްލާގައި ލައިގެން ހުރީވެސް ރަތް ކުލައިގެ ހެދުމެކެވެ. ފިލިޕީންސްގެ މެކް ޓުމަންގް ޑިޒައިން ކޮށްފައިވާ އެ ހެދުމަށް ވަނީ އެތައް ބައެއްގެ ސަމާލުކަމަށް ލިބިފައިއެވެ. އޭނާ ލައިގެން ހުރީ ފިލިޕީންސްގެ މެޔެން ފަރުބަދަ ސިފަ ކޮށްދޭ ހެދުމެކެވެ.

އޮސްޓްރޭލިޔާއަށް އުފަން ކެޓްރިއޯނާގެ ބައްޕައަކީ އޮސްޓްރޭލިއާ މީހެކެވެ. އަދި އޭނާގެ މަންމަ ނޮރްމިތާ އަކީ ފިލިޕީންސް މީހެކެވެ.

ކެޓްރިއޯނާ ކިޔަވާފައި ވަނީ އެމެރިކާގެ ބޮސްޓަންގެ ބާކްލީ ކޮލެޖް އޮފް މިއުޒިކް އިންނެވެ.

އެނާއަށް މިސް ޔުނިވަރސް ލިބުމުގެ އުފާ ފިލިޕީންސްގެ އެކި ކަންކޮޅުތަކުގައި ދަނީ ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރަމުންނެވެ. ފިލިޕީންގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވަނީ ކަޓްރިއޯނާއަށް މަރުހަބާ ވިދާޅުވެފައެވެ.

ކެޓްރިއޯނާ އަކީ ފިލިޕީންސްއަށް މިސް ޔުނިވަރސް ހޯދައިދިން ހަތަރުވަނަ ފަރާތެވެ. އެންމެ ފަހުން ފިލިޕީންސްއަށް މިސް ޔުނިވަރސް ލިބިފައިވަނީ 2015 ވަނަ އަހަރުއެވެ. އެ ފަހަރު އެ އެ މަގާމު ލިބިފައިވަނީ ޕިއާ އެލޮންޒޯ ވާޓްސް ބަޗްއަށެވެ.

ކެޓްރިއޯނާ އާއި ވާދަކޮށް މިސް ޔުނިވަރސްގެ ދެ ވަނަ މަގާމު ލިބުނީ ސައުތު އެފްރިކާގެ ތަމަރިން ގްރީންއަށެވެ. ވެނުޒުއާލާގެ ސްޓެފަނީ ގުޓިއަރޭޒަށް ލިބުނީ ތިންވަނައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2018

ހަމަ އެކަނި އަންހެނުން ދިރިއުޅޭ ވިލެޖެއް މިސްރުގައި!

30 ޖެނުއަރީ 2018
ހަމަ އެކަނި އަންހެނުން ދިރިއުޅޭ ވިލެޖެއް މިސްރުގައި!
29 ނޮވެމްބަރު 2017

މިސްވޯލްޑް ފިލްމެއް ކުޅެން އެންމެ ފުރަތަމަ ބޭނުންވަނީ އާމިރު ޚާނާއި އެކީ

29 ނޮވެމްބަރު 2017
މިސްވޯލްޑް ފިލްމެއް ކުޅެން އެންމެ ފުރަތަމަ ބޭނުންވަނީ އާމިރު ޚާނާއި އެކީ
27 ނޮވެމްބަރު 2017

މިފަހަރުގެ މިސް ޔުނިވާސްއަކަށް ސައުތު އެފްރިކާގެ ޑެމީ ލީ

27 ނޮވެމްބަރު 2017
މިފަހަރުގެ މިސް ޔުނިވާސްއަކަށް ސައުތު އެފްރިކާގެ ޑެމީ ލީ
26 ނޮވެމްބަރު 2017

މިފަހަރުގެ ސާކްގެ އެންމެ މޮޅު ބަތަލާއަކީ ރިޝްމީ

26 ނޮވެމްބަރު 2017
 މިފަހަރުގެ ސާކްގެ އެންމެ މޮޅު ބަތަލާއަކީ ރިޝްމީ
19 ނޮވެމްބަރު 2017

މިސް ވޯލްޑަކަށް އިންޑިއާގެ މަނޫޝީ ޗައްލާ

19 ނޮވެމްބަރު 2017
މިސް ވޯލްޑަކަށް އިންޑިއާގެ މަނޫޝީ ޗައްލާ
06 ނޮވެމްބަރު 2017

މިސް އާތަކަށް ފިލިޕީންސްގެ ކަރެން އިބަސްކޯ

06 ނޮވެމްބަރު 2017
މިސް އާތަކަށް ފިލިޕީންސްގެ ކަރެން އިބަސްކޯ
18 އޮކްޓޯބަރު 2017

މިސްރުގެ ލަވަކިޔުންތެރިޔާ ޝެރީންގެ ކޮންސަރޓް ސައުދީން ކެންސަލްކޮށްފި

18 އޮކްޓޯބަރު 2017
މިސްރުގެ ލަވަކިޔުންތެރިޔާ ޝެރީންގެ ކޮންސަރޓް ސައުދީން ކެންސަލްކޮށްފި
05 އޮކްޓޯބަރު 2017

ޖަބް ހެރީ މެޓް ސޭޖަލް މިސްރުގައި ރިލީޒް ކުރަނީ

05 އޮކްޓޯބަރު 2017
ޖަބް ހެރީ މެޓް ސޭޖަލް މިސްރުގައި ރިލީޒް ކުރަނީ
24 އެޕްރީލު 2017

މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ

24 އެޕްރީލު 2017
މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ
20 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

20 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު