Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް

ނެއިބަރ ހުޑް ސަޕޯރޓް އޮފިސަރސް ތައާރަފްކުރަނީ

17 ޑިސެމްބަރު 2018 | ހޯމަ 12:56

"ނެއިބަރ ހުޑް ސަޕޯޓް އޮފިސަރުން" ފުރަތަމަ ހަމަޖައްސަނީ ގްރޭޓާ މާލެ އޭރިއާ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 17 ޑިސެމްބަރު 2018 | ހޯމަ 12:56
އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

"ނެއިބަރ ހުޑް ސަޕޯރޓް އޮފިސަރސް"ގެ ނަމުގައި އެކި ސަރަހައްދުތަކަށް ހާއްސަ ފުލުހުންގެ ގުރޫޕެއް ހަމަޖައްސަން ނިންމައިފިއެވެ.

މިއީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ވައުދުތަކުގެ ތެރެއިން ފުލުހުންނާ ގުޅުން ހުރި ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދުކެއެވެ. "ނެއިބަރ ހުޑް ސަޕޯރޓްސް އޮފިސަރސް" ގެ މަސައްކަތާއި ގުޅޭ މައުލޫމާތު ދެއްވުމަށް އިސްކަންދަރު ކޮށީގައި ހޯމަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކްޓިން ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވީ "ނެއިބަރ ހުޑް ސަޕޯޓް އޮފިސަރުން" ފުރަތަމަ ހަމަޖައްސާނީ ގްރޭޓާ މާލެ އޭރިއާ އަށް ކަމަށެވެ. އެ ގޮތުން ހުޅުމާލެ، ވިލިމާލެ، މާލެ ތިން ސަރަހައްދަކަށް ބަހާލައިގެން ނެއިބަރ ހުޑް އޮފިސަރުން ހަރަކާތްތެރިވާނެ ކަމަށް އެކްޓިން ކަމިޝަނަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އެގޮތުން މާލެ ސިޓީ ހަތަރު ނެއިބަރ ހުޑްއަކަށް ބަހާލައިގެން، އެގޮތުން މިއިން ކޮންމެ ނެއިބަރ ހުޑް އޮފިސަރަކަށް މި އައްޔަން ކުރަނި އެ ނެއިބަރ ހުޑެއްގެ ސަޕޯޓް އޮފިސަރެއް. ފުލުހުންގެ ތެރޭގައި ފްރޮންޓް ލައިންގައި ތަޖުރިބާ ހުރި ވަކި ރޭންކަކަށް ވުރެ ދަށް ނޫން ރޭންކަކުގެ ފުލުހަކު އަޅުގަނޑުމެން އައްޔަން މި ކުރަނީ،" ހަމީދު ވިދާޅުވިއެވެ.

މީގެ އަމާޒަކީ މިއިން ކޮންމެ ނެއިބަރހުޑެއްގެ ސަޕޯރޓް އޮފިސަރަކީ އެ ސަޕޯރޓް އޮފިސަރެއްގެ ޖުޑިސްޓްރިކްޝަން ކަމުގައި ކަނޑައެޅިފައިވާ ސަރަހައްދު ރަނގަޅަށް ބެލެހެއްޓިގެން ދިއުން ކަމަށް ހަމީދު ވިދާޅުވިއެވެ.

އެކްޓިން ކަމިޝަނަރ ވިދާޅުވީ މި އާ އިންތިޒާމްގެ ބޭނުމަކީ ފުލުހުންނަކީ ހަމައެކަނި ކަމެއް ހިނގުމުން ފިޔަވަޅު އަޅާ ބަޔަކަށް ވުމުގެ އިތުރުން ދުރާލާ ފިޔަވަޅު އަޅާ ބަޔަކަށް ވުމުގެ ސަގާފަތް އަށަގެންނެވުން ކަމަށެވެ. އެންމެ މުހިއްމު ކަމަކީ ނެއިބަރހުޑްގެ ގޮތުގައި ކަނޑައެޅޭ އޮފިސަރުންނާއި އެ ސަރަހައްދަށް ނިސްބަތްވާ ނުވަތަ ދިރިއުޅޭ ރައްޔިތުންނާއި ވީހާ ވެސް ގާތް ގުޅުމެއް އޮވެމެ މިކަން ފުރިހަމަވެގެން ދިއުން ކަމަށް ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ ނެއިބަރ ހުޑް ސަޕޯރޓް އޮފިސަރުންގެ މަގްސަދަކީ އެ އޮފަސަރަކާ ހަވާލުކުރެވޭ ނެއިބަރހުޑެއް ރަނގަޅަށް ބެލެހެއްޓުމާއި ފެޓްރޯލްކުރުން ކަމަށެވެ. ނެއިބަރހުޑް ސަޕޯޓްސް އޮފިސަރުންގެ ގޮތުގައި އޮފިސަރުންތަކެއް ހަރަކާތްތެރިވެގެން ދިއުމުން ރައްޔިތުންނާއި ވީހާ ވެސް ގާތުން މަސައްކަތް ކުރުމުގެ ސަގާފަތެއް ދިރުވާ އާލާވެގެންދާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

"އެއީ ހަގީގަތުގައި ފުލުހުންގެ މަސައްކަތް ބިނާވާ އަސާސަކީ ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލްކޮށްގެން ހިދްމަތްތަށް ކާރިން ދިނުން. އަދި ރައްޔިތުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަށް ރައްޔިތުންގެ ހިމާޔަތަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ރައްޔިތުން ބުނާ ބަސް އަހައިގެން ކަންބޮޑުވުންތަށް ދަނެގަނެގެން އޭގެ އިތުރަށް ފެންނަން ހުރި އެވިޑެންސާއި ކަންކަން ބޭނުންކޮށްގެން މަސައްކަތް ކުރުން،" ހަމީދު ވިދާޅުވިއެވެ.

މީގެ ނަތީޖާއަކަށް ވެގެންދާނީ ވީހާ ވެސް ބޮޑަކަށް ފުލުހުންގެ ފްރަންޓްލައިންގެ މަސައްކަތް ޑީސެންޓްރަލައިޒް ވެގެން ދިއުން ކަމަށް ހަމީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

02 ޖުލައި 2022

އޮފިސަރސް ރޭންޖު ޑޭގެ ހަރަކާތްތައް ރައީސް ބައްލަވާލައްވައިފި

02 ޖުލައި 2022
އޮފިސަރސް ރޭންޖު ޑޭގެ ހަރަކާތްތައް ރައީސް ބައްލަވާލައްވައިފި
10 ނޮވެމްބަރު 2020

އިންޑިއާގެ ނެއިބަރހޫޑް ފަސްޓް ސިޔާސަތުގެ ދަށުންވެސް އެންމެ އިސްކަމެއް ދެނީ ރާއްޖެއަށް

10 ނޮވެމްބަރު 2020
އިންޑިއާގެ ނެއިބަރހޫޑް ފަސްޓް ސިޔާސަތުގެ ދަށުންވެސް އެންމެ އިސްކަމެއް ދެނީ ރާއްޖެއަށް
14 ސެޕްޓެމްބަރު 2020

ގެސްޓްހައުސް ވިޔަފާރަވެރިންނަށް ހާއްސަ ސްޓިމިއުލަސް ޕެކޭޖެއް ތައާރަފްކުރަނީ

14 ސެޕްޓެމްބަރު 2020
ގެސްޓްހައުސް ވިޔަފާރަވެރިންނަށް ހާއްސަ ސްޓިމިއުލަސް ޕެކޭޖެއް ތައާރަފްކުރަނީ
18 އެޕްރީލު 2020

ކޮންޓެކްޓް ޓްރޭސިންގ އެޕެއް ތައާރަފްކުރަނީ

18 އެޕްރީލު 2020
ކޮންޓެކްޓް ޓްރޭސިންގ އެޕެއް ތައާރަފްކުރަނީ
08 ނޮވެމްބަރު 2019

ފުލުހުންގެ ނެއިބަރހުޑް ސަޕޯރޓް އޮފިސަރުންގެ ޚިދުމަތް އައްޑޫ ސިޓީގައި ދޭން ފަށައިފި

08 ނޮވެމްބަރު 2019
ފުލުހުންގެ ނެއިބަރހުޑް ސަޕޯރޓް އޮފިސަރުންގެ ޚިދުމަތް އައްޑޫ ސިޓީގައި ދޭން ފަށައިފި
27 ޖުލައި 2019

ބިޒްނަސް ސަޕޯރޓް ސިސްޓަމް އަޕްގްރޭޑް މަސައްކަތުގެ ބޮޑުބައި ނިމިއްޖެ: ދިރާގު

27 ޖުލައި 2019
ބިޒްނަސް ސަޕޯރޓް ސިސްޓަމް އަޕްގްރޭޑް މަސައްކަތުގެ ބޮޑުބައި ނިމިއްޖެ: ދިރާގު
28 އެޕްރީލު 2019

ނޭޝަނަލް އެމްބިއުލާންސް ހިދުމަތް އަންނަ މަހުގައި ތައާރަފްކުރަނީ

28 އެޕްރީލު 2019
ނޭޝަނަލް އެމްބިއުލާންސް ހިދުމަތް އަންނަ މަހުގައި ތައާރަފްކުރަނީ
12 މާރިޗު 2019

ފުލުހުންގެ ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

12 މާރިޗު 2019
ފުލުހުންގެ ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި
19 ޑިސެމްބަރު 2018

ނެއިބަރހުޑު ސަޕޯރޓް އޮފިސަރުންގެ މަސައްކަތް ފަށައިފި

19 ޑިސެމްބަރު 2018
ނެއިބަރހުޑު ސަޕޯރޓް އޮފިސަރުންގެ މަސައްކަތް ފަށައިފި
02 ޖުލައި 2017

ޕޮލިސް އޮފިސަރސް ކޮންފަރެންސް ފަށައިފި

02 ޖުލައި 2017
 ޕޮލިސް އޮފިސަރސް ކޮންފަރެންސް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް