Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކުއީންސް ބޭންޑު

20 ވަނަ ގަރުނުގެ އެންމެ ގިނަ ބަޔަކު ސްޓްރީމްކުރި ލަވަޔަކަށް ކުއީންގެ ބޮހިމިން ރާޕްސަޑީ!

މި ލަވަ 1.6 ބިލިއަން ފަހަރު ވަނީ ސްޓްރީމްކޮށްފައި

އަލީ ސަމާޚް
އަލީ ސަމާޚް | 13 ޑިސެމްބަރު 2018 | ބުރާސްފަތި 04:57
ކުއީން ބޭންޑުގެ މެމްބަރުން

ކުއީން ބޭންޑުގެ މެމްބަރުން

އެންމެ ގިނައިން 20 ވަނަ ގަރުނުގެ ލަވަތަކުގެ ތެރެއިން މީހުން ސްޓްރީމް ކޮށްފައިވާ ލަވަޔަކަށް 1975 ވަނަ އަހަރު އިނގިރޭސިވިލާތުގެ ރޮކް ބޭންޑު ކުއީން އިން ކިޔާފައިވާ "ބޮހީމިއަން ރެޕްސޮޑީ" ހިމެނިއްޖެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ފްރެޑީ މާކިއުރީ ލިޔެފައިވާ މި ލަވަ 1.6 ބިލިއަން ފަހަރު ސްޓްރީމް ކޮށްފައިވާ ކަމަށް އެމެރިކާގެ ޔުނިވާސަލް ރިކޯޑުން ވަނީ އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިއެވެ.

އެގޮތުން މިލަވަ ވަނީ ނިރްވާނާ ބޭންޑުގެ "ސްމެލްސް ލައިކް ޓީން ސްޕިރިޓް" ގެ އިތުރުން ގަންސް އެންޑް ރޯ ސެސްގެ "ސްވީޓް ޗައިލްޑް އޯ މައިން" ފަދަ އެންމެ ވަރުގަދަ ރޮކް ލަވަތައް ފަހަތައް ޖައްސާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިއަހަރު އޮކްޓޫބަރު މަހު ކުއީން ބޭންޑު މެމްބަރުންގެ މައްޗަށް ބިނާކޮށް ހޮލީވުޑްއިން ވަނީ ބައޮޕިކް ފިލްމެއް ހަދާފައިއެވެ. އެ ފިލްމުގައި ފްރެޑީ މާކިއުރީގެ ރޯލް ކުޅެފައިވަނީ މިސްރުގެ ދަރިފަސްކޮޅަށް ނިސްބަތްވާ ރަމީ މަލިކްއެވެ.

މި ފިލްމު ވަނީ 600 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިއެވެ. މި އަދަދަކީ ހޮލީވުޑް އިން ހެދި މިއުޒިކަލް ބައޮގްރަފީ ފިލްމަކަށް ލިބުނު އެންމެ ބޮޑު އާމްދަނީއެވެ.

މި ފިލްމުން ރަމީ ވަނީ ގޯލްޑަން ގްލޯބް އެވޯޑަށް މިދިޔަ ހަފްތާގައި ނޮމިނޭޓް ވެފައެވެ. މި ލަވަ ޕްރޮމޯޓް ކުރަން އިންޓަނެޓްގެ އެކި ޕްލެޓްފޯމްގައި މިލަވަ ސްޓްރީމް ކޮށްފައިވާ ކަމަށް ޔުނިވާސަލްއިން ބުނެއެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ

17 މާރިޗު 2017
ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ
22 ފެބުރުއަރީ 2017

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި
13 ފެބުރުއަރީ 2017

ގްރެމީ އެވޯޑް 2017: އެންމެ ގިނަ އެވޯޑް އަޑެލް އަށް

13 ފެބުރުއަރީ 2017
ގްރެމީ އެވޯޑް 2017: އެންމެ ގިނަ އެވޯޑް އަޑެލް އަށް
12 ފެބުރުއަރީ 2017

ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

12 ފެބުރުއަރީ 2017
ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ
02 ފެބުރުއަރީ 2017

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު